Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސްކިތްތައް ބެލެހެއްޓުން

މާލޭ ސިޓީގެ މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކޮށްފި

ގަބުރުސްތާނު ތަކާއި މޯރޗަރީތައްވެސް ބެލެހެއްޓުމަށް ހަވާލުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2019 | ހޯމަ 07:18
މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކުރަނީ

މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކުރަނީ

މާލޭ ސިޓީގެ މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މާލޭ ސިޓީ ކައުންސިލު މެދުގައި ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުންނެވެ.

Advertisement - newsAdvertisement

މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަޙްމަދުﷲ ޖަމީލެވެ. އަދި ސިޓީކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލޭ ސިޓީކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަޙްމަދުﷲ ވިދާޅުވީ، މި އެމްއޯޔޫގެ ދަށުން މިސްކިތްތަކުގެ އިތުރުން، މާލޭ ސިޓީގެ ގަބުރުސްތާނު ތަކާއި މޯރޗަރީތައް މަރާމާތުކުރުމާއި، އާބާތުރަ ފިލުވައި ސާފުކޮށް ބެލެހެއްޓުންވެސް މާލޭ ސިޓީ ކައުންސިލާއި ހަވާލުކުރެވިގެންދާނެ ކަމަށެވެ.

މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެވުނު ކަމަށް ވިޔަސް، އިމާމުންގެ ކަންކަން ބެލެހެއްޓުމާއި، އަލަށް އަޅާ މިސްކިތްތަކުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ކުރައްވާނީ މިނިސްޓްރީން ކަމަށް އަޙްމަދުﷲ ވިދާޅުވިއެވެ.

" ދީނީ އެއްބައިވަންތަ ކަމުގެ ޤާނޫނުގެ ދަށުން މިސްކިތެއް އަލަށް އަޅާ ކަމަށްވާނަމަ އެއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ބެލުމުގެ ދަށުން ކުރަންޖެހޭ ކަމެއް. ކުރިންވެސް އަމަލުކުރަމުން އަންނަ ގޮތުން މިސްކިތް އަޅާ ނިމުމަށްފަހު އެފަރާތަކުން މިނިސްޓްރީއާ ހަވާލުކުރާ ހިސާބުން އަޅުގަނޑުުމެން އެ ހަވާލުވެގެން ކުރިއަށްގެންދަނީ. ދެން މިހާރު މި އައި ބަދަލާއެކީގައި އަޅުގަނޑުމެން ކައުންސިލުތަކާ މިސްކިތްތައް ހަވާލުކުރާނަން. އެކަމަކު މިސްކިތެއް އެޅުމަށް މަސައްކަތް ކުރައްވާއިރު ފުރަތަމަ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދަން ޖެހޭނީ" އަޙްމަދުﷲ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ވިދާޅުވީ، މި ގެނެވުނު ބަދަލުގެ ސަބަބުން ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ.

"ރައްޔިިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ލާމަރުކަޒީ އުސޫލުން އެކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ސިޓީ ކައުންސިލުތަކާ މިސްކިތްތައް ހަވާލުވެގެންދާއިރު އަޅުގަނޑުމެން މި ހަވާލުވަނީ މާލޭ ސިޓީއާ. ފާހަގަކޮށްލަން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކައުންސިލުތަކުން މި މަސައްކަތް ނެގުމުގެ ސަބަބުން ބައިވަރު ގޮންޖެހުންތައް ކުރިމަތިވި " ޝަމާއު ވިދާޅުވިއެވެ.

މާލޭ ސިިޓީގެ މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާއިރު، ފުވައްމުލަކާއި އައްޑޫ ސިޓީގެ މިސްކިތްތައްވެސް އެ މިސްކިތްތައް ނިސްބަތްވާ ސިޓީ ކައުންސިލަކާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު