Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝެއިހް އިލްޔާސް ހުސައިން

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ކައިވެނި ކުރާ ކުއްޖަކީ ރަނގަޅު ކުއްޖެއްތޯ މައިންބަފައިންގާތު އަހަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖެނުއަރީ 2019 | ހުކުރު 19:37
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން

އާއިލާތައް ބަނގުރޫޓްވުމުގެ އެންމެ ބޮޑު އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

''ބާއްޖަވެރި އާއިލާ'' މި މައުޟޫއަށް ހުކުރު ދުވަހު ރޭ ދެއްވި ދީނީ ދަރުސްގައި ވިދާޅުވީ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައި ޒަވާޖީ ހަޔާތެއް ފަށާއިރު، މައިންބަފައިންގެ ރުހުން ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކައިވެނި ކުރާ ކުއްޖަކީ ރަނގަޅު ކުއްޖެއްތޯ މައިންބަފައިންގާތު އަހައި، މައިންބަފައިންގެ ރުހުން ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާރުގެ މިމުޖުތަމައުއިން މިމަންޒަރު ވަރަށް ނުފެންނަ ކަމަށް ޝެއިހް ވިދާޅުވިއެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ މައިންބަފައިންގެ ރުހުމާއި ނުލާ ޒަވާޖީ ހަޔާތެއް ފެށި ނަމަވެސް ދިރިއުޅުން ބާއްޖަވެރިނުވާނެ ކަމަށެވެ.

"އެއްފަހަރު ވެސް ސުވާލު ކުރިންތޯ އޭ މަންމައޭ. މޭރީ ކުރާށޭ މި އުޅެނީ. މިވެނި ކުއްޖަކު ރަނގަޅުތޯ؟ މަންމަ ކީކޭތޯ ބުނަނީ. އަޅުގަނޑުމެންގެ ތެރެއިން ކިތައް ޒުވާނުންތޯ އެހީ. ކީއްވެގެންތޯ އަޅުގަނޑުމެން ނިކަމެތި ކުރަނީ. ބާއްޖަވެރި ނުވާނެ ހަޔާތް. އާއިލާތައް ބަގުރޫޓް ވެގެންދަނީ," ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް ދިނީ ގޮތުން މައިންބަފައިންގެ ރުހުން ހޯދުމަކީ ވާޖިބެއް ކަމަށާއި، ޒަވާޖީ ހަޔާތެއް ފަށާއިރު ޚާއްސަ ގޮތެއްގައި މިކަން ކުރަންޖެހޭ ކަމަށެވެ.

"ހުރިހާ ކަމެއްގައި އެމީހުންގެ މަޝްވަރާ ހޯދުން. އެމީހުން ލަފާ ހޯދުން . އެމީހުން ހިތުގައި ނުޖެއްސުން . އެމީހުން އަބަދު ވެސް އުފަލުގައި ބެހެއްޓުން . 100 ޕަސެންޓް ޔަގީން އެމީހަކަށް އޮންނާނެ ހިތްހަމަ ޖެހުމާއި އުފާ." ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ ރާއްޖެއަކީ ވަރީގައި ވޯލްޑް ރިކޯޑް އޮތްތަނެއް ކަމަށާއި، މާތްﷲ ހުއްދަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ރުހިވޮޑިނުގަންނަވާ ކަމުގެ ވޯލްޑް ރިކޯޑް ލިބުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ.

މައިންބަފައިންނަށް އިސްލާމްދީނުގައި ދެއްވާއިފައިވާ މާގަމަށް އަލިއަޅުއްވާލައްވައި ޝެއިހް އިލްޔާސް ވިދާޅުވީ މަންމަ ހިތުގައި ޖައްސައިފިނަމަ އެމީހެއްގެ ދިރިއުޅުން ބަނގުރޫޓްވެއްޖެ ކަމަށާއި، ދުވަހަކު ވެސް ކާމީޔާބެއް ނެތް ކަމަށެވެ.

ޝެއިހް ވިދާޅުވީ މާތްﷲ އާއި ރަސޫލާ މުހައްމަދުފާނު ދެކެ ލޯބިވުމަށްފަހުގައި އެންމެ ބޮޑަށް ލޯބިވާން ޖެހެނީ މަންމަދެކެ ކަމަށެވެ. މަންމަގެ ދަރަޖަ ތިން ގުނަ މަތި ކުރައްވާފައިވާއިރު، މަންމައަށްވުރެ އަނބިމީހާ އިސް ނުކުރެވޭނެ ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަންހެނުން ލިބޭނެ ކަމަށާއި، މަންމަ ނުލިބޭނެ ކަމަށެވެ. އެހެންކަމުން އެމަންމައަށް އުއްފު ވެސް ނުބުނުމަށް ޝެއިހް ނަސޭހަތްތެރިވިއެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ އިސްލާމް ދީނުގައި މައިންބަފައިންގެ މަގާމަކީ ވަރަށް މަތީ މަގާމެއް ކަމަށާއި، އަންހެނުންގެ މަގާމަކީ އިސްލާމްދީނުގައި ތަސައްވުރުން ބޭރުގައި އަޅުގަނޑުމެންނަށް މަތިކުރެވިފައި މަގާމެއް ދެވިފައިވާ ބައެއް ކަމަށެވެ. އަދި ވިދާޅުވީ މާތްﷲއަށް އަޅުކަން ކުރުމަށްފަހު މައިންބަފައިންނަށް ކަމޭ ހިތުމުން ބާއްޖަވެރިކަމާއި، ހިތްހަމަޖެހުމާއި، ހަމަހިމޭންކަމުގެ އިހުސާސްކަން އެމީހެއްގެ ހިތަށް ލިބޭނެ ކަމަށެވެ.

ގާތްތިމާގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ޝެއިހް އިލްޔާސް ވިދާޅުވީ ގާތްތިމާގެ ގުޅުން ކެނޑުމަކީ އިލާހީ ރަހުމަތް އެ މީހަކަށް ކެނޑިގެންދާނެ ކަމެއް ކަމަށާއި، ކިތަންމެ ވަރަކަށް އުފަލާއި ހިތްހަމަ ޖެހުން ހޯދަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށެވެ.

އެހެންކަމުން އާއިލާގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމަށް ޝައިހް ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2020

ނުރައްކަލަށް ހުށައެޅިދާނެ ކުދިން ތިބި އާއިލާތައް މޮނީޓަރކުރަން ފަށަން ޖެންޑަރއަށް ހަތް ދުވަސް!

19 ޖެނުއަރީ 2020
ނުރައްކަލަށް ހުށައެޅިދާނެ ކުދިން ތިބި އާއިލާތައް މޮނީޓަރކުރަން ފަށަން ޖެންޑަރއަށް ހަތް ދުވަސް!
23 ޑިސެމްބަރު 2019

13 އަހަރު ކުއްޖާގެ މައިންބަފައިންގެ ބަންދަށް 10 އިތުރުކޮށްފި

23 ޑިސެމްބަރު 2019
13 އަހަރު ކުއްޖާގެ މައިންބަފައިންގެ ބަންދަށް 10 އިތުރުކޮށްފި
10 ޑިސެމްބަރު 2019

13 އަހަރުގެ ކުއްޖާގެ މައިންބަފައިން ފުލުހުން ހައްޔަރުކޮށްފި

10 ޑިސެމްބަރު 2019
13 އަހަރުގެ ކުއްޖާގެ މައިންބަފައިން ފުލުހުން ހައްޔަރުކޮށްފި
01 ނޮވެމްބަރު 2019

ހާލުގައި ޖެހުނު އާއިލާތައް މަގުމަތި ނުކުރަން، އާންމު ހާލަތަށް ދެވެންދެން ބަލަހައްޓާނަން: ޑިޒާސްޓަރ

01 ނޮވެމްބަރު 2019
ހާލުގައި ޖެހުނު އާއިލާތައް މަގުމަތި ނުކުރަން، އާންމު ހާލަތަށް ދެވެންދެން ބަލަހައްޓާނަން: ޑިޒާސްޓަރ
30 އޯގަސްޓު 2019

ކުދިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައިދިނުމަކީ، މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް މަތީ ވާޖިބެއް: ރައީސް

30 އޯގަސްޓު 2019
ކުދިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައިދިނުމަކީ، މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް މަތީ ވާޖިބެއް: ރައީސް
19 ޖުލައި 2019

މައިންބަފައިންނަށް ކަމޭހިތުމަކީ އިސްލާމް ދީނުގައި ވަރަށް މަތީ ދަރަޖައެއް ދެވިފައިވާ އަމަލެއް :ޚުތުބާ

19 ޖުލައި 2019
މައިންބަފައިންނަށް ކަމޭހިތުމަކީ އިސްލާމް ދީނުގައި ވަރަށް މަތީ ދަރަޖައެއް ދެވިފައިވާ އަމަލެއް :ޚުތުބާ
11 ޖުލައި 2019

ޖިއާންގެ މަރުގެ މައްސަލާގައި އޭނާގެ މައިންބަފައިން ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި

11 ޖުލައި 2019
ޖިއާންގެ މަރުގެ މައްސަލާގައި އޭނާގެ މައިންބަފައިން ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި
05 މާރިޗު 2019

މޯލްޑިވް ގޭސްގެ ޚާއްސަ އޮޑިޓް: ކުރީގެ ފަސްޓް ލޭޑީ ފާތުންގެ މައިންބަފައިންގެ ހަނދާނުގައި އެޅި މިސްކިތަށް އެ ކުންފުނިން 2.5 މިލިއަން!

05 މާރިޗު 2019
މޯލްޑިވް ގޭސްގެ ޚާއްސަ އޮޑިޓް: ކުރީގެ ފަސްޓް ލޭޑީ ފާތުންގެ މައިންބަފައިންގެ ހަނދާނުގައި އެޅި މިސްކިތަށް އެ ކުންފުނިން 2.5 މިލިއަން!
08 ފެބުރުއަރީ 2019

ކުޑައިރުއްސުރެ އަންހެން ކުދިން ބާރުވެރި ކުރުވުމަށް، މައިންބަފައިން މަސައްކަތް ކުރަންޖެހޭ: މިނިސްޓަރ ޔުމްނާ

08 ފެބުރުއަރީ 2019
ކުޑައިރުއްސުރެ އަންހެން ކުދިން ބާރުވެރި ކުރުވުމަށް، މައިންބަފައިން މަސައްކަތް ކުރަންޖެހޭ: މިނިސްޓަރ ޔުމްނާ
09 ޖެނުއަރީ 2019

ރައްޔިތުންގެ ހިތުގައި ފަނޑިޔާރުންނަށް ފުރިހަމަ އިތުބާރު އެބަ އޮތް:ޑީޖޭއޭ

09 ޖެނުއަރީ 2019
ރައްޔިތުންގެ ހިތުގައި ފަނޑިޔާރުންނަށް ފުރިހަމަ އިތުބާރު އެބަ އޮތް:ޑީޖޭއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު