Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައުޝަން ޖިއާންގެ މަރު

ޖިއާންގެ މަރުގެ މައްސަލާގައި އޭނާގެ މައިންބަފައިން ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި

ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން 6 މީހަކަށް ދައުވާ ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖުލައި 2019 | ބުރާސްފަތި 10:09
ރައުޝަން ޖިއާންގެ އާއިލާ

ރައުޝަން ޖިއާންގެ އާއިލާ

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި އޭނާގެ މައިންބަފައިން ކްރިމިނަލް ކޯޓުގައި ހެކިބަސްދީފިއެވެ.

ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުހައި އޭނާގެ މަންމަ ޑރ. ފަރްޒާނާ ހުސައިންއާއި، ބައްޕަ މުހައްމަދު ކަމާލުއްދީން ހެކިބަސް ދީފައިވާއިރު، ޖިއާންގެ މަރާ ގުޅޭގޮތުން "ކްރައިމްސީން ރިކޮންސްޓްރަކްޝަން ރިޕޯޓު" ތައްޔާރުކުރި ފުލުސް އޮފިސަރ މުހައްމަދު ސަލީމްވެސް ވަނީ ހެކިބަސްދީފައެވެ.

މި އަޑުއެހުމުގައި ޖިއާންގެ މަންމަ ފަރްޒާނާ ވަނީ ޖިއާން މަރުވި ދުވަހު ކަންހިނގާ ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ހިއްސާކޮށްފައެވެ. އެގޮތުން އެ ދުވަހު ކަންހިނގާ ދިޔަ ގޮތް އޭނާ "ރާއްޖެއެމްވީ" އަށްވެސް ކިޔާދީފައިވާއިރު، ފަރްޒާނާ ބުނީ، ސައިބުއިމަށްފަހު ނަލަހިޔާ ސަރަހައްދަށް ދިޔައީ އިމިގްރޭޝަނަށް ބޭނުންވާ ފޮޓޯއެއް ނަގަންޖެހޭތީ ފޮޓޯ ނަގާ ތަނެއް ހޯދަމުން ކަމަށާއި އެވަގުތު ޖިއާންގެ ބައްޕައާއި 3 އަހަރުގެ ފިރިހެން ކޮއްކޮވެސް ހުރި ކަމަށެވެ.

އެގޮތުން ޖިއާންގެ އަތުގައި ހިފައިގެން ދިޔަ އިރު ބައްޕަ ގާތަށް ދިއުމަށް އޭނާ ޝަކުވާ ކުރަމުން ދިޔަ ކަމަށާއި، ޖިއާން ޝަކުވާ ކުރާ ވަރުން ކުޑަ ވަގުތުކޮޅަކަށް އަތުން ދޫކޮށްލި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ސިމެންތި ބަސްތާ ވެއްޓުނު އެއްވެސް އަޑެއްވެސް ނީވޭތީ ޖިއާން ހުރީ އޭނާގެ ބައްޕަ ކައިރީގައި ކަމަށް ހީކުރެވު ނަމަވެސް ވާނުވާ އެނގުނު އިރު ޖިއާން އޮތީ ސިމެންތި ބަސްތާ ދަށުވެ ހޭނެތިފައި ކަމަށް ޖިއާންގެ މަންމަ ބުނެފައިވެއެވެ.

އެވާހަކަތައް އޭނާ ކޯޓުގައިވެސް ހިއްސާ ކޮށްފައިވާއިރު، އެ ހާދިސާ ހިނގި ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށާއި، ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދޭނެ މީހަކުވެސް އެ ދުވަހު އެތަނުގައި ނެތް ކަމަށް ޖިއާންގެ މައިންބަފައިން ވަނީ ކޯޓުގައި ހެކިބަސް ދީފައެވެ.

ޖިއާން ވެއްޓިފައި އޮއްވައި ނަގައިގެން ދިޔައީ އޭނާގެ ބައްޕަ ކަމަށް ޖިއާންގެ މަންމަ ބުންޏެވެ.

ހާދިސާ ހިނގި ގޮތް އަންދާޒާ ކުރުމަށްޓަކައި މި އަޑުއެހުމުގައި ޖިއާންގެ މަރުގެ ކްރައިމްސީން ރިކޮންސްޓްރަކްޝަން ރިޕޯޓު ހިއްސާ ކޮށްފައިވާއިރު، ހުޅުމާލޭގައި ހުންނަ ފުލުހުންގެ އިމާރާތެއްގެ ފަންގި ފިލާތަކުން ތަފާތު އެކި ބަރުދަނުގެ ބަސްތާ އެކި އުސްމިނުގައި ވައްޓާފައިވާއިރު، އެ އުސްމިން ތަކުން ބަސްތާ ވެއްޓުމުން ޖެހޭ ބާރުމިން އަންދާޒާ ކޮށްފައިވެއެވެ.

އަޑުއެހުމަށްފަހު "ރާއްޖެއެމްވީ" އަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި ޖިއާންގެ މައިންބަފައިން ބުނީ، ޖިއާން އަނބުރާ ނުގެނެވޭނެ ކަމަށާއި، ނަމަވެސް އެދެމައިންގެ އުއްމީދަކީ ޖިއާންއަށް އިންސާފު ހޯދައިދީ އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުން ކަމަށެވެ.

ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން 6 މީހަކަށް ދައުވާ ކުރާއިރު، މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު