ނުރައްކަލަށް ހުށައެޅިދާނެ ކުދިން ތިބި އާއިލާތައް މޮނީޓަރކުރަން ފަށަން ޖެންޑަރއަށް ހަތް ދުވަސް!
ހިޔުމަން ރައިޓްސް ކޮމިޓީން ވަނީ ކަމާގުޅޭ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައި

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މައްސަލަ ދިރާސާކުރަނީ
ނުރައްކާތަކަށް ހުށަހެޅިދާނެ ފަދަ ކުދިން ތިބި އާއިލާތައް މޮނިޓާ ކުރަން ފަށަން ހަތް ދުވަސް ޖެންޑަރ މިނިސްޓްރީއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ނިންމައިފި އެވެ.
އުމުުރުން ދެ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ދިރާސާކޮށް މިކަމުގައި ޝާމިލްވާ ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ހިޔުމަން ރައިޓްސް ކޮމިޓީން ވަނީ ދެ ބައްދަލުވުމެއް ބާއްވާފަ އެވެ. މިބައްދަލުވުން ތަކުގައި ޕީޖީ، ޖެންޑަރ މިނިސްޓްރީ، ފުލުހުން ހާޒިރުކޮށްފައިވާއިރު މިހާދިސާ ހިނގާފައިވާ ގއ. ކަނޑުހުޅުދޫގެ ކައުންސިލްގެ ރައީސާއި ފޯނުން ގުޅައިގެން ވަނީ މިމައްސަލާގައި ކޮމިޓީން ބަލަން ބޭނުންވާ ކަންކަން ސާފުކޮށްފަ އެވެ.
އެއަށްފަހު ކޮމިޓީން އާދިއްތަ ދުވަހު ބައްދަލުކޮށްފައިވަނީ މިމައްސަލަ ދިރާސާކުރުމަށްފަހު ގޮތެއް ނިންމުމަށެވެ. މި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކޮމިޓީގެ ހުރިހާ މެމްބަރުންވެސް އެއްބަސްވެ ވަޑައިގަންފައިވަނީ ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ރަނގަޅުކޮށް މައުލޫމާތު ބަދަލުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން ޖެހޭނެ ކަމަށެވެ.
އަދި މިފަދަ މައްސަލަތަކާއި ގުޅުންހުރި ޑޭޓާބޭސްއެއް އެކުލަވާލާއިރު ނުރައްކަލަށް ހުށަހެޅިދާނެ ފަދަ އާއިލާތައް ދެނެގަތުމުގެ މުހިންމުކަންވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ. މީގެއިތުރުން ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ދިޔުމުގެ ސަބަބުން މިފަދަ ކަންކަން ހިނގުމަށް މަގުފަހި ވެގެންދާކަން މެމްބަރުން ފާހަގަކުރެއްވި އެވެ.
މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ކޮމިޓީން ވަނީ ހަ ކަމެއް ނިންމާފަ އެވެ. އެއީ
ކޮމިޓީން ވަނީ ކޮމިޓީގެ ނިންމުންތައް މަޖިލީހުގެ ރައީސް އަށް ފޮނުވުމަށް ނިންމާފަ އެވެ. މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެފައިވަނީ މިމައްސަލަ ދިރާސާ ކުރުމަށްފަހު، ކޮމިޓީން ނިންމާ ނިންމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެންގުމުން އެ ނިންމުންތައް މަޖިލީހުގެ ރައީސް ތަންފީޒު ކުރައްވާނެ ކަމަށެވެ.



