Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަރުއީ ދާއިރާ

ރައްޔިތުންގެ ހިތުގައި ފަނޑިޔާރުންނަށް ފުރިހަމަ އިތުބާރު އެބަ އޮތް:ޑީޖޭއޭ

ހުރިހާ ކަމަކުން ބަރީއަވެފައިވާ މުޖުތަމައެއް ނޯންނާނެ ކަަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2019 | ބުދަ 08:01
ދިވެހިރާއްޖޭގެ ކޯޓްތަކުގެ ބައެއް ފަނޑިޔާރުން

ދިވެހިރާއްޖޭގެ ކޯޓްތަކުގެ ބައެއް ފަނޑިޔާރުން

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާމެދު ދިވެހިންގެ ހިތްތަކުގައި އެއްވެސް ޝައްކެއް ނެތް ކަމަށާއި ފަނޑިޔާރުންނަށް ދިވެހިރައްޔިތުން ފުރިހަމައަށް އިތުބާރު ކުރާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ބައެއް ފަނޑިޔާރުންނާމެދު ގިނަ ތުހްމަތުތަކެއް ކުރެވި، ކޯޓުތަކުން އިންސާފު ނުލިބޭނެ ކަމުގެ ވާހަކަތައް ގަދަވެފައި ވަނިކޮށް، ބުދަ ދުވަހު ޑީޖޭއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ ހުސައިން ފާއިޒު ވިދަޅުވީ ޝަރުއީ ދާއިރާގައި ތިއްބެވި ބޭފުޅުންނާމެދު ދިވެހި ރައްޔިތުންގެ ހިތުގައި ފުރިހަމަ އިތުބާރު އޮތް ކަމަށާއި، އެ ދާއިރާގައި ހުރި މައްސަލަތައް އެ ދާއިރާއިން އިސްނަންގަވައިގެން ހައްލު ކުރާނެ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ނުވަތަ ޣާޒީއަކާމެދު ފިޔަވަޅުއަޅަން ޖެހިއްޖެ ނަމަ އޮންނަ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
" ޝަރުއީ ދާއިރާގެ ކަމެއް އުޅޭނަމަ އެކަމެއް އިސްލާހު ކުރައްވާނީ ޝަރުއީ ދާއިރާގެ ތެރެއިން. ޝަރުއީ ދާއިރާއާ ގުޅުންހުރި ވަރަށް ގިނަ ފަރާތްތަކެއްވޭ. ޕޮލިސް، ޕީޖީ، އޭޖީ، އަދި ހަމަ އެހެންމެ ޤާނޫނު ހަދާ މަޖިލިސް އަދި ސަރުކާރު، މި ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން ޝަރުއީ ދާއިރާއިން އިސްނަންގަވައިގެން ޝަރުއީ ދާއިރާގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރާނީ. ޝަރުއީ ދާއިރާގެ އެއްވެސް މުވައްޒަފަކު އެއްވެސް ޣާޒީއެއްގެ ފަރާތުުން ކަމެއް ގޯސްކޮށް އުޅޭނަމަ އޮންނަ އުސޫލުގެ ތެރެއިން އެބޭފުޅަކާ ދޭތެރޭ ފިޔަވަޅު އަޅާނަން" ފާއިޒު ވިދާޅުވިއެވެ.

ކޯޓުތަކަށް އިންތިހާއަށް ފާޑުކިޔުން އޮތްއިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރު ވިދާޅުވީ، ހުރިހާ މައްސަލައަކުން ބަރީއަވެ މުޖުތަމައުގެ ހުރިހާ ރައްޔިތުންގެ ރުހުން ލިބިފައިވާ އެއްވެސް މުއައްސަސާއެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮޮތުގައި އެއްވެސް މުޖުތަމައެއްގައި ހެދިފަ ހުންނަ މުއައްސަސާތަކަކީ ހުރިހާ ކަމަކުން ބަރީއަވެފައި އާންމު ރައްޔިތުންގެ ހުރިހާ އިތުބާރެއް ލިބިފަ އޮތް އެއްވެސް މުއައްސަސާއެއް ދުނިޔޭގެ އެއްވެސް ތަނެެއްގައި ނޯންނާނެ. އެއީ ކުރެވޭނެ ކަމެއް ނޫން. އެންމެ ތަހުޒީބު ކުރިއަރާފައި ހުންނަ ޤައުމުތަކުގައިވެސް އަޅުގަނޑުމެންނަށް އަބަދުވެސް އިވޭ އަޑަކީ މީހުން އުފައްދާ ސުވާލުތައް،" ނަޒީރު ވިދާޅުވިއެވެ.

އެއް މައްސަލައެއްގައި ކޯޓުގެ ނިންމުންތައް ތަފާތުކޮށް ހުންނަކަން ފާހަގަކުރައްވައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މޯލްޑިވްސް ޖުޑީޝަލް އެކަޑެމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ވަރަށް ގިިނަ ކަންކަމަށް ރިއާޔަތްކޮށް ނިންމާ މައްސަލަތަކެއް ކަމަށާއި، ހެކިތަކާ ގަރީނާތަކަށް ބެލުމަށްފަހު މައްސަލަ ނިންމާއިރު، ދަށު ކޯޓުުތަކުން ނިންމާ ނިންމުންތައް މަތީ ކޯޓުތަކުން އަލުން ބަލާއިރު ތަފާތުވެދާނެ ކަމަށެވެ. އަދި އެއީ އާދަޔާ ޚިލާފް ކަމެއް ނޫން ކަމަށްވެސް މާޖިދު ވިދާޅުވިއެވެ.

ފަނޑިޔާރުންނަށް ފުރިހަމައަށް އިތުބާރު އޮތް ކަމަށް ޑީޖޭއޭއިން ބުނާއިރު، ރާއްޖޭގެ ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި އެއަށް ފަހު އައްޔަން ކުރެއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ގެއްލިގެން ދިޔައީ، 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު