Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ

އަތޮޅުތަކުގެ ސިއްހީ ހިދުމަތް ރަނގަޅުނުވެ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިނާރާނެ: ހެލްތް މިނިސްޓަރ

4 ޖެނުއަރީ 2019 | ހުކުރު 10:28

މެނޭޖްމަންޓަށް ކުރިޔަށް އޮތް ދުވަސްތަކުގައި ބަދަލު ގެންނާނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 4 ޖެނުއަރީ 2019 | ހުކުރު 10:28
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

އަތޮޅުތަކުގެ ސިއްހީ ހިދުމަތް ރަނގަޅުނުވެ ރާއްޖޭގެ ސިއްހީދާއިރާ ކުރިއެރުމަކީ ގޮންޖެހުން ބޮޑު ކަމަކަށް ވާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް ދެއްވި ހާއްސް އިންޓަވިއުއެއްގައި މިނިސްޓަރ އަމީން ވިދާޅުވީ، މާލެ ސަރަހައްދުގައި ސިއްހީ ދާއިރާއަށް އިންވެސްޓް ކުރާނެ ފަރާތްތައް އެބަހުރިކަމަށާއި, މިހާރު އެންމެ ބޮޑު އަމާޒަކީ އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ރައްޔިތުންގެ އިތުބާރު ހޯދުންކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތައް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުންކަމަށާއި، އެކަންތައް ކުރެވޭނީ ރަށްރަށުގައި އެކަށީގެންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދީ ދަތުރު ނުކޮށް އާންމު ބަލިތަކަށް ފަރުވާހޯދޭ އިންތިޒާމް ހަމަޖައްސައިގެންކަމަށެވެ.

ސިއްހީ ދާއިރާއަކީ ގޮންޖެހުން ބޮޑު އަދި ވަރަށް އުނދަގޫ ދާއިރާއެއް ކަމަށާއި، ފާއިތުވެގެންދިޔަ މަހެއްހާ ދުވަހު އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ނެތި ސަލާންޖަހަން ޖެހުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ބޭސް ލިބިމުގެ ގޮންޖެހުމާއި ޑޮކްޓަރުން ހަމަނުވުމާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ލެބޯޓްރީ ތަކާއި ވަސީލަތްތައް ނެތުމުގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ބޮޑު ތަކުލީފެއް އުފުއްލަން ޖެހޭ ކަމަށްވެސް މިނިޓަރ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އަތޮޅުތަކުގައި ޓާޝިއަރީ ހޮސްޕިޓަލް ގާއިމްކޮށް މިހާރު ހިންގަމުންދާ ހޮސްޕިޓަލްތަކުގެ ހިދުމަތް ފުޅާކޮށް މެނޭޖްމަންޓަށް ކުރިޔަށް އޮތް ދުވަސްތަކުގައި ބަދަލު ގެންނާނެކަމަށެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް