Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަޑަގަސްކަރައިގެ ރިޔާސީ އިންތިހާބު 2018

ވޯޓުގައި މަކަރު ހެދިކަމަށް ބުނެ މަޑަގަސްކަރައިގައި މުޒާހަރާ ކޮށްފި

ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ކަރުން ގޭސް ޖެހުމާއި ގުޅިގެން، މުޒާހަރާ ވަނީ މާ ގިނަ އިރުތަކެއް ނުވެ ރޫޅިފައި

އަމަން ހަލީމް
އަމަން ހަލީމް | 2 ޖެނުއަރީ 2019 | ބުދަ 17:43
މުޒާޙަރާގެ ބައިވެރިންގެ ކުރިމަތީގައި ހަތިޔާރު އެޅި ސިފައިން އެތުރިލައިގެން

މުޒާޙަރާގެ ބައިވެރިންގެ ކުރިމަތީގައި ހަތިޔާރު އެޅި ސިފައިން އެތުރިލައިގެން

ވޯޓުގައި މަކަރު ހެދިކަމަށް ބުނެ، މަޑަގަސްކަރައިގެ ރިޔާސީ އިންތިހާބުން ބަލިވި މާކް ރަވަލޮމަނާނާގެ އެތައް ހާސް ސަޕޯޓަރުން ވެރިރަށް އަންޓަނަނަރީވޯގެ މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފިއެވެ.

އެ ގައުމުގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ކަރުން ގޭސް ޖެހުމާއި ގުޅިގެން، މާ ގިނަ އިރުތަކެއް ނުވެ މުޒާހަރާ ވަނީ ރޫޅިފައެވެ.

މުޒާހަރާގައި ބައިވެރިވި ރަވަލޮމަނާނާގެ ޕާޓީގައި މަސައްކަތް ކުރާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، ހަނިތްރާ ރަޒަފިމަނަންސޯ ވިދާޅުވީ އެ މީހުން (މުޒާހަރާގެ ބައިވެރިން) މަސައްކަތް ކުރީ އިންތިހާބުގެ ދެވަނަ ބުރުގައި ހުރި ފުށުއެރުންތައް ސްކްރީންއަކަށް އަޅުވައިގެން ދައްކަން ކަމަށެވެ. ނަމަވެސް ފުލުހުން ކަރުނަ ގޭސް ބޭނުންކުރުމުން މި ކަން ނާކާމިޔާބުވީ ކަމަށް ރަޒަފިމަނަންސޯ ވިދާޅުވިއެވެ.

މަޑަގަސްކަރައިގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ އިންތިހާބާއި ބެހޭ ގޮތުން ރަވަލޮމަނާނާ ހުށައަޅާފައިވާ މައްސަލައިގެ ހުކުމް އަންނަ ހަފުތާގައި އިއްވާނެ ކަމަށް ބުނެފައެވެ.

ޑިސެމްބަރު މަހު ބޭއްވި އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން، ރައީސް އެންޑްރީ ރަޖޮއެލީނާއާއި ވާދަކޮށް ރަވަލޮމަނާނާއަށް ލިބުނީ ވޯޓުގެ 44 އިންސައްތައެވެ.

ރަޖޮއެލީނާއާއި ރަވަލޮމަނާނާގެ ވާދަވެރިކަން ފެށިގެން ދިޔައީ، 2009 ވަނަ އަހަރު ރަވަލޮމަނާނާ ރައީސްކަމުން ދުރުކުރުމަށް، އަންޓަނަނަރީވޯގެ މޭޔަރަކަށް ހުންނަވި ރަޖޮއެލީނާ އިސްކޮށް ހުންނަވައިގެން ގެނައި ބަޢާވާތާއި ގުޅިގެންނެވެ. ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން 2013 ވަނަ އަހަރުގެ އިންތިހާބުގައި ދެ ބޭފުޅުން ވާދަކުރެއްވުން އޮތީ މަނާކުރެވިފައެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
18 އެޕްރީލު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

18 އެޕްރީލު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި
17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު