Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ

ކަރަންޓުގެ އަގު ވަރަށް އަވަހަށް ކުޑަކުރާނެ: ފެނަކަ

31 ޑިސެމްބަރު 2018 | ހޯމަ 23:42

ނިމިދިޔަ ސަރުކާރުގައި ކުންފުނީގައި ސިޔާސީ ގޮތުން ނުހިންގާ ކަމެއް ނެތް: ސައީދު

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 31 ޑިސެމްބަރު 2018 | ހޯމަ 23:42
ފެނަކާގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު

ފެނަކާގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު

ކަރަންޓުގެ އަގު ވަރަށް އަވަހަށް ތިރިކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕޮރޮގްރާމްގައި ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ، ކަރަންޓުގެ އަގު ކުޑަ ކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށްޓަކާ ކަރަންޓު އަގު ކުޑަކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ. ''ސަރުކާރުން ކަޑައަޅުއްވާނީ އަގެއް. އަޅުގަނޑުމެން މިހާރު އެކަމަށް މަސައްކަތް ކުރަމުންދާނީ. ސަރުކާރު ސިޔާސަތު ތެރެއިން ރައްޔިތުންނަށް ލުއި ގޮތަކަށް ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ'' ސައީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިމިދިޔަ ސަރުކާރުން ކުންފުންޏަށް ސިޔާސީ ނުފޫޒު ވައްދާފައިވޭތޯ ސުވާލު ކުރުމުން ސައީދު ވިދާޅުވީ، ސިޔާސީ ގޮތުން ނުހިންގާ އެއްވެސް ކަމެއް ކުންފުނި ތެރޭގައި ނެތް ކަމަށާއި މިހާރު އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން އެފަދަ އެއްވެސް ކަމެއް ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކު ކުންފުނީގައި ވަޒީފާ އަދާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މާލީ ގޮތުން ފެނަކަ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، ދައުލަތުގެ މާލީ އިދާރާއިން އެހީތެރިންކަން ފޯރުކޮށް ނުދީފިނަމަ ނާޒުކު ހާލަތަކަށް ކުންފުނި ހިނގައިދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ކަރަންޓު ކެނޑޭ މައްސަލަ ދިމާވާ ރަށްރަށުގައި އެކަންތައް ހައްލު ކުރުމުގެ ގޮތުން ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބާ އިންޖީނުތައް އާކޮށް މިހާރު ހުރި އިންޖީނުގެތަކަކީ ހަރުދާނާ ތަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއްވެސް މުވައްޒަފަކާ މެދު ތަފާތުކުރުން ނުގެންގުޅޭ ކަމަށް ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތްވީތީވެ މުވައްޒަފަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެ ކުންފުނީގެ ނަމުގައި ސިޔާސީ ހަރަކާތްތަކަށް ގިނަ އެއްޗެހިތަކެއް ގަނެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ކުންފުނިން ވަރަށް ބޭކަރު ގޮތުގައި ބޮޑު އިސްރާފެއް ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް