Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލުގެ ވަގު ވިޔަފާރި

ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރީއާ ގުޅޭ އައު މައުލޫމާތުތަކެއް!

28 ޑިސެމްބަރު 2018 | ހުކުރު 19:00

އެެ މައުލޫމާތު ވަނީ ބަންޑާރަ ނައިބާ ހިއްސާ ކުރައްވާފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 ޑިސެމްބަރު 2018 | ހުކުރު 19:00
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ތުހްމަތުކުރާ ތެލުގެ ވަގު ވިޔަފާރީއާ ގުޅޭ އައު މައުލޫމާތުތަކެއް ލިބިވަޑައިގެން އެ މައުލޫމާތުތައް އެޓާނީ ޖެނަރަލްއާ ހިއްސާ ކުރައްވާފައިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވައި ޝެއިހް ހުސެއިން ރަޝީދުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޔާމިންގެ މައްޗަށް ތުހްމަތުކުރާ ތެލުގެ ވަގު ވިޔަފާރީއާ ބެހޭ މައުލޫމާތުތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ރައީސް ޔާމިންގެ އަރިސް ދެ ބޭފުޅެއްގެ ފޯނުގައި ހުރި މެސެޖްތަކަކާއި ލެޕްޓޮޕެއް މެދުވެރިކޮށް ކަމަށެވެ. އަދި އެއީ އެމަނިކުފާނު އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުންނަވަނިކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ބެލި އިނގިރޭސި ވިލާތުގެ ކުންފުނިން އަލުން އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތަހްގީގުކުރުމަށްފަހު އެ ރިޕޯޓް ލިބިވަޑައިގަތުމުން ބަންޑާރަ ނައިބާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އެ މައްސަލަ މި ސަރުކާރުން ބަލާނެކަމީ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެތް ހިނގާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ޔާމިންގެ މައްޗަށް ތުހްމަތުކުރާ އެ މައްސަލަ ތަހްގީގު ކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި އިނގިރޭސިވިލާތުގެ ތަހްގީގު އޮޑިޓް ކުންފުންޏެއް ކަމަށްވާ ގްރާން ތޯންޓަން އާ ހަވާލު ކުރުމުން، އެ ތަހުޤީޤް ނިންމައި، ރިޕޯޓް ހަވާލުކުރުމަށް ހަމަޖެހިފައިއޮތީ 6 ފެބްރުއަރީ 2012 ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުމަށްފަހު އެ މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށައެޅެން އޮއްވާ މައްސަލަ އަނބުރާ ދިވެހި ސަރުކާރުން ގެނައީ 10 މިލިއަން ޑޮލަރު ދިނުމަށް ފަހު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޔާމިން ހިންގާފައިވާ ކަމަށް ބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު ވިޔަފާރި"ގެ މައްސަލައިގައި ޔާމީން އާއި އިތުރު ނުވަ ފަރާތެއްގެ މައްޗަށް ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ލިޔުން ވަނީ ލީކްވެފައި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ޓިކެޓް ލިބުނު މީހުނަށް ދެން އެހެން ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިނުލެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން އެއީ ގާނޫނު އޮތް ގޮތުން އެއް ޕާޓީއެއްގެ ޓިކެޓް ލިބުމަށް ފަހު އެހެން ޕާޓީއަކަށް ކުރިމަތިލުނުލެވޭނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

"ޔާމިން އެވަނީ އެމަނިކުފާނުގެ އަރިހުގައި ތިބި މީހުނަށް ގަނޑުކޮން ލަނޑެއް ދެއްވާފައި." ނަޝީދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް