Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަހުމަދު އަދީބް

ބަންދުގަ ހުރެ ސިޔާސީ މަސައްކަތް ނުކުރަނީ ކާކު؟ ޒާތީ ވިޔަސް މީ ބޮޑުވަރު: ނަޝްވާ

މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސްގެ ފުރަތަމަ މެމްބަރަކީ އަދީބް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2018 | ބުރާސްފަތި 17:04
އަދީބް ޖަލުގައި ހުންނެވިއިރު ކޯޓަށް ހާޒިރުކުރަނީ

އަދީބް ޖަލުގައި ހުންނެވިއިރު ކޯޓަށް ހާޒިރުކުރަނީ

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ގޭބަންދުގައި ހުންނަވައިގެން ސިޔާސީ މަސައްކަތް ކުރައްވާތީ ފާޑުކިޔާ ފަރާތްތަކަށް ރައްދުދެއްވާ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެ ފަރާތްތަކަށް ރައްދު ދެއްވައިފިއެވ

ބުރާސްފަތި ދުވަހު ޓްވިޓަރ މެދުވެރިކޮށް ނަޝްވާ ވިދާޅުވީ، ފާޑު ކިޔާ ފަރާތްތަކަށް މައްސަލައަކަށް ވަނީ އަދީބް ސިޔާސީ ޕާޓީއަކަށް ސޮއިކުރެއްވުމުން އެކަނި ކަމަށާއި، އެތައް އެހެން ކަމެއް ހިނގާ ދިޔައިރު އެފަރާތްތަކަށް މައްސަލައަކަށް ނުވި ކަމަށެވެ.

"އަދީބް ފްރޭމް ކުރިޔަސް އޯކޭ. އަދީބަށް އިންސާފު ނުލިބުނަސް އޯކޭ. އަދީބަށް ސިޔާސީ ހުކުމް ކުރިޔަސް އޯކޭ. އަދީބަށް ކޮށްފަ ހުރި ސިޔާސީ ހުކުމް ރިވިއު ނުކުރިޔަސް އޯކޭ. ރައީސް ޔާމީން ފިނިފެންމާ ޑްރާމާ ކުޅެފަ އެމްއެމްޕީއާރްސީގެ 100 މިލިއަން ރުފިޔާ ވަގަށް އަމިއްލަ އެކައުންޓަށް ލައިގެން ގޭގަ ހުއްޓަސް ހަމަ އޯކޭ. ޒާތީ ވިޔަސް މީ ބޮޑުވަރު!" ނަޝްވާގެ ޓްވީޓްގައި ވެއެވެ.

އެކަހެރި ބަނދުގައި ޖަލުގައި ހުންނެވިއިރު، ސިޔާސީ ބަޔާންތައް ނެރުމުން އެކަމަށް ހިތްވަރުދިން ނަމަވެސް، ފާޑުކިޔާ ފަރާތްތަކަށް ކަމުނުދިޔައީ އަދީބް ސިޔާސީ ޕާޓީއަކަށް ސޮއިކުރެއްވުންކަން ފާހަގަކުރައްވާ ނަޝްވާ ވަނީ ބަނދުގައި ހުންނަވައިގެން ސިޔާސީ މަސައްކަތް ނުކުރައްވަނީ ކާކުތޯ ސުވާލު ކުރައްވާފައެވެ.

"އޭރު އަދީބް ޖަލުގަ އެކަހެރިކޮށް އޮވެ ސިޔާސީ ބަޔާން ނެރުން އޯކޭ. ސިޔާސީ ލީޑަރުން ސަލާމަތް ކުރުމަށް ބަޔާންތަކާ ސިޓީތައް ލިޔުންވެސް އެދުވަހު އޯކޭ. މިއަދު އަދީބް ސިޔާސީ ޕާޓީއަކަށް ގޭބަންދުގަ ހުރެ ސޮއި ކުރީމާ އޯކޭއެއް ނޫން. ސިޔާސީ މަސައްކަތް ގޭބަންދުގަ އަދި ޖަލުގަ ނުކުރަނީ ކާކު؟" ނަޝްވާގެ ޓްވީޓްގައި ވެއެވެ.

އަދީބް ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ޕާޓީއަކަށް ސޮއި ކުރެއްވިއިރު، ޙުކުމެއްގައި ހުންނަ މީހަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. ނިމިގެންދިޔަ ނޮވެމްބަރު މަހު ސަރޖަރީއަކަށްފަހު އަދީބް ގޭބަންދަށް ބަދަލުކުރިފަހުން، ސިޔާސީ އެކި މަސައްކަތް އަދީބް ކުރައްވާތީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަދީބަށް ފާޑުކިޔަމުންދާއިރު، ވޭތުވެދިޔަ ސަރުކާރުގައި ސިޔާސީ އެކި ބޭނުމަށް ހައްޔަރުކޮށް، އަވަސް އަރުވާލައިގެން ހުކުމް ކޮށްފައިވާ ގިނަ ފަރާތްތަކަކުން ވަނީ ޖަލު ބަންދާ ގޭބަންދު، އަދި އަމިއްލައަށް އަރުވާލެވިގެން ތިބެ ސިޔާސީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

އަދި އެފަރާތްތަކުގެ ފާޑުކިޔުން މިހާރު އަދީބަށް އަމާޒު ވެފައިވީނަމަވެސް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ގާތްވެފައިވަނިކޮށް، ރައީސް ޔާމީންގެ ސަރުކާރާއި ގުޅޭ އެކި ކަންކަން ހާމަކުރައްވާ، މި ސަރުކާރު ގެނައުމަށް ތާއީދު ލިބޭގޮތަށް، އެކަހެރި ބަންދުގައި ޖަލުގައި ހުންނަވައިގެން އަދީބް ނެރުއްވި ބަޔާންތަކާއި ގުޅިގެން މިހާރު ފާޑުކިޔަމުންދާ ފަރާތްތަކުން ކުރިން ވަނީ އަދީބަށް ހިތްވަރުދީ، އިތުރު ބަޔާންތައް ނެރުމަށް އެދިވެސް އަޑުއުފުލާފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރެ، ފަހުން ބާޠިލްކުރި އަމުރުގައި ބަންދުން މިނިވަންކޮށް، މިނިވަން އިންސާފުވެރި ތަހުޤީޤަކާއި ޝަރީއަތެއް އަލުން ހިންގުމަށް ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ބަންދުގައި ހުރީ ހަމައެކަނި ކުރީގެ ނައިބުރައީސް އަދީބެވެ. އަދީބު މިވަގުތު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާއިރު، ގޭބަންދަށް ބަދަލުކުރާ އެހެން ފަރާތްތަކާއިމެދު ކަންކޮށްފައިވާ ގޮތާއި ޚިލާފަށް އަދީބް ދިރިއުޅުއްވާ ގޭގެ ތިރީގައި ފުލުހުން ދަނީ 24 ގަޑިއިރު ފޯރިމަރަމުންނެވެ.

ބުރާސްފަތި ދުވަހު ނަޝްވާ ކުރެއްވި ޓުވީޓްތަކުގައި އަދީބްގެ ސިއްހީ ހާލަތަށް ފާޑުކިޔައި، ހަޖޫ ޖަހަމުންދާ ފަރާތްތަކަށްވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އަދީބް ގޭބަންދަށް ބަދަލުކުރީ ސަރޖަރީއެއް ހެދުމަށްފަހު ވަގުތީ ގޮތުން ކަމަށާއި، އަދީބަށް ބޭނުންވާ ލޮލުގެ ފަރުވާ ރާއްޖެއިން ބޭރުން ހޯދަން ޑޮކްޓަރުން ލަފާދެއްވި ހިސާބުން އެ ފަރުވާ ދިނުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން ހުއްޓާލާފައިވާކަންވެސް ނަޝްވާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ނަޝްވާ ވަނީ އަދީބްގެ ލޮލަށް ޖެހިފައިވާ ނުރައްކާރި ބައްޔެއް ކަމަށްވާ ގްލުކޯމާއަށް ފަރުވާކޮށްދިނުން އަވަސްކޮށްދިނުމަށް ގޮވާލައްވާފައެވެ.

"އަދީބް ލޮލަށްގޮވާ، އަދީބްގެ ހަށިގަނޑުގަ މަދީ ސިޔާސީ ޕާޓީއެއް ކަމަށް ކޮމެންޓް ކުރާ ފަރާތްތަކަށް ބުނެލަން އޮތީ އަދީބް ގެއަށް ބަދަލުކުރީ އޮޕަރޭޝަނެއް ކޮށް، ރިކަވަރީއަށް. ގްލުކޯމާއަށް ފަރުވާ ހޯދަން ޑޮކްޓަރ ބޭރަށް ފުރަން ލަފާ ދެއްވި ހިސާބުން އަމަލު ނުކޮށް ފަރުވާ ވަނީ ހުއްޓާލާފަ. އަދީބް 3 އަހަރު ޖަލުގެ ކުޑަ ގޮޅީގަ ގެންގުޅެފަ ގެއަށް ބަދަލުކުރީ އޮޕަރޭޝަން އަކަށްފަހު ވަގުތީ ގޮތުން ޑޮކްޓަރުގެ ލިޔުމާ އެކު. އަދީބްގެ ލޮލަށް ޖެހިފައިވާ ބައްޔަށް މަލާމަތްކޮށް ހަޖޫޖަހާ ވަރަށް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދާތީ، އަދީބްގެ ގްލުކޯމާ ބަލީގެ ފަރުވާ އަވަސްކޮށްދިނުމަށް އެދެން" ނަޝްވާ ވިދާޅުވިއެވެ.

ނޮވެމްބަރު މަހު އަދީބް ގޭބަންދަށް ބަދަލުކޮށްފައިވަނީ ޖަލުގައި ހުންނަވަނިކޮށް ހާލުދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށް، އޮޕަރޭޝަނެއް ކުރުމަށްފަހު ވަގުތީ ގޮތުންނެވެ. އަދީބްގެ ހާލުދެރަވެ އޮޕަރޭޝަނެއް ކޮށްފައިވަނީ އަދީބްގެ ކިޑްނީގައި އުފެދުނު ހިލައެއް ކިޑްނީއާއި ބްލެޑަރ އާއި ދެމެދުގައިވާ ހޮޅީގައި ތާށިވުމާއި ގުޅިގެންނެވެ. އަދީބްގެ ކިޑްނީގައި އުފެދިފައިވާ ހިލައަށް މިހާރު ފަރުވާ ދެމުންދާއިރު، އަދީބަށް ވަނީ ސިއްހީ އެހެން މައްސަލަތަކެއްވެސް ދިމާވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު