Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސާވިސް ކޮމިޝަން

އޮނިގަނޑުތަކަށް އަންނަ ބަދަލާ ގުޅިގެން، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ: ސީއެސްސީ

26 ޑިސެމްބަރު 2018 | ބުދަ 20:40

ވަޒީފާއިން ދޫކޮށްލަންޖެހޭ ނަމަ އެހެން ވަޒީފާއެއް ހަމަޖައްސައިދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޑިސެމްބަރު 2018 | ބުދަ 20:40
ސިވިލް ސާވިސް ކޮމިޝަނުން ރައީސް ޑރ އަލީ ޝަމީމް

ސިވިލް ސާވިސް ކޮމިޝަނުން ރައީސް ޑރ އަލީ ޝަމީމް

ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގެ އުސޫލު ނުވަތަ ރިޑަންޑެންސީ އުސޫލުގެ ދަށުން ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮނިގަނޑުތަކަށް އަންނަ ބަދަލާ ގުޅިގެން، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެއްވެސް އިދާރާއަކަށް އަންގާފައިނުވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސިވިލް ސާރވިސް ގަވާއިދު 2014ގެ ޗެޕްޓަރ 23، ''މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން''ގެ ދަށުން އެކުލަވާލާފައިވާ ''ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު'' އާ ގުޅިގެން ހަގީގަތް އޮޅޭ ގޮތަށް މީޑިއާގައި ޚަބަރު ފަތުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ސީއެސްސީން ބުނީ މާރިޗު 2008ގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ފުރަތަމަ ފަހަރަށް އެކުލަވާލައި އަމަލުކުރަން ފެށީއްސުރެ އެކިއެކި ސަބަބަތަކާއި ގުޅިގެން މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރަމުންދާ އުސޫލެއް ކަމަށެވެ. އަދި މިއުސޫލުގެ ދަށުން މުވައްޒަފުން ދޫކޮށްލެވޭނެ ހާލަތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 223 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ކަމަށެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއުސޫލަކީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 223 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް އަމަލުކުރުމުގައި ސިވިލް ސަރވިސްގެ އިދާރާތަކުން ތަފާތު އެކި މިންގަނޑުތައް ގެންގުޅޭތީވެ، ހުރިހާ އިދާރާއަކުން ވެސް އެއް ހަމަޔަކުން މެރިޓް އުސޫލުން އެއް މިންގަނޑަކަށް އަމަލުކުރުމުގެ މަގުސަދުގައި އެކުލަވާފައިވާ އުސޫލެއް ކަމަށެވެ.

އެހެންކަމުން މިއުސޫލާއި ގުޅިގެން ނުވަތަ ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮނިގަނޑުތަކަށް އަންނަ ބަދަލާ ގުޅިގެން، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސްގެ އެއްވެސް އިދާރާއަކަށް ކޮމިޝަނުން އަންގާފައެއް ނުވާނެ ކަމަށް އެކޮމިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އިދާރާތަކުގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފެއް ވަޒީފާއިން ދޫކޮށްލަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބަދަލުގައި އެކަށޭނަ ވަޒީފާއެއް ސިވިލް ސަރވިސް އެހެން އިދާރާއަކުން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސީއެސްސީން ވަނީ ދީފައެވެ.

ސީއެސްސީން މިހެން ބުނެފައިމިވަނީ އެކޮމިޝަނުގެ އާ އުސޫލަށް ފެއްތުމަށް ހައުސިން މިނިސްޓްރީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު އެ މިނިސްޓްރީގެ 40އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލުމުމުގެ ބިރުހީވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށްށެވެ. މިކަމާއި ގުޅިގެން އެމިނިސްޓްރީގެ މުއައްޒަފުން ވަނީ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް