Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަބްދުލް ފައްތާހް އަލްސީސީ

މިސްރުގެ ރައްޔިތުންގެ ބަރުދަން ލުއިކުރުމަށް ރައީސް ސީސީ ގޮވާލައްވައިފި

25 ޑިސެމްބަރު 2018 | އަންގާރަ 22:49

މިސްރުގައި ކާބޯތަކެތީގެ އަގުތައް ދަނީ އުފުލެމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 ޑިސެމްބަރު 2018 | އަންގާރަ 22:49
ސީސީއަށް ފާޑުކީ ފަރާތްތަކުން ބުނެފައިވަނީ އެ މަނިކުފާނު ފަލަ މީހުންނަށް މަލާމަތްކުރެއްވީކަމަށް

ސީސީއަށް ފާޑުކީ ފަރާތްތަކުން ބުނެފައިވަނީ އެ މަނިކުފާނު ފަލަ މީހުންނަށް މަލާމަތްކުރެއްވީކަމަށް

މިސްރުގެ ރައްޔިތުންނަށް ނިސްބަތްކޮށް ބަރުދަން ލުއިކުރުމަށް އެ ގައުމުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ގޮވާލެއްވުމުން ފާޑުކިޔުން އަމަޒުވެއްޖެއެވެ.

މި މަހުގެ ކުރީކޮޅު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ސީސީ ވިދާޅުވީ އާދަޔާ ޚިލާފަށް ފަލަ މީހުން ފެންނަމުންދާ ކަމަށާއި އެ ފަރާތްތަކުން އެ ބޭފުޅުންގެ ހަށިގަނޑަށް ފަރުވާތެރިވާން ވެއްޖެކަމަށެވެ.

ސީސީ ވިދާޅުވީ ހަށިގަނޑުގެ ތަރުބިއްޔަތަކީ ސުކޫލްތަކާއި ޔުނިވާސިޓީތަކުގެ މުގައްރަރުގެ މައި ބަޔަކަށް ހަދަންވެއްޖެކަމަށެވެ. އަދި ޓީވީ ޝޯތަކުގެ ޕްރެޒެންޓަރުންނާއި މެހެމެމާނުންގޮތުގައިވެސް ފަލަ މީހުންނަށް ފުރުސަތު ނުދޭންވީކަމަށެވެ.

"އަޅުގަނޑު ތަނަކަށް ވަންނަ ސިކުންތުގަ އަޅުގަނޑަށް ފެންނާނެ އަޅުގަނޑަށް ފާހަގަވާނެކަމަށް ތިބޭފުޅުންނަށް ޚިޔާލަށްވެސް ނުގެނެވޭނެކަންކަން އަދި އަޅުގަނޑު އަމިއްލަ ނަފްސަށް އަހާލެވޭނެ 'މި ކޯންޗެއްތޯ؟ މި ކޮން ބައެއްތޯ؟ ކީއްވެތޯ މި މީހުން އަމިއްލަ ހަށިގަނޑަށް ނުބަަލަނީ؟" ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ސީސީ ވިދާޅުވެފައިވެއެވެ.

ސީސީއަށް ފާޑުކީ ފަރާތްތަކުން ބުނެފައިވަނީ އެ މަނިކުފާނު ފަލަ މީހުންނަށް މަލާމަތްކުރެއްވީކަމަށެވެ. މީގެ އިތުރުން ފަލަވުމުގެ މައްސަލަ ހައްލުކޮށް ފިޓްނަސް ކުރިއެރުވުމަށް ހަރުދަނާ ޕްލޭނެއް ހުށަހަޅުއްވާފައިނުވާތީވެސް ފާޑުކިޔާފައިވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަކީލެއްކަމަށްވާ މުހައްމަދު ޒާރީ ވިދާޅުވީ ބަރުދަން ލުއިކުރަން އަމުރުކުރުމުގެ ބަދަލުގައި އެކަން ކުރެވޭނެ ގޮތެއް ސީސީ ހައްދަވައިދެއްވަންޖެހޭކަމަށެވެ. އަދި ސިއްހީ ގޮތުން ރަނގަޅުކާނާ ކުޑަ އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސައި އާދަޔާ ޚިލާފަށް ފަލަވުމުން ކުރަން ޖެހޭ އޮޕަރޭޝަން ދައުލަތުގެ ސިއްހީ ފަރުވާދޭ ނިޒާމެއްގެ ތެރެއިން ކުރެވޭނެ އިންތިޒާމް ހަމަޖައްސަންޖެހޭކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް