Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކޮންރެޑް ރަންގަލި

ކޮންރެޑް ރަންގަލީގެ ބީޗްވިލާ މަރާމާތަށްފަހު ހުޅުވައިފި

ވިލާތައް ފަރުމާކޮށްފައިވަނީ އެއް ވިލާ އަނެއް ވިލާ އާއި ދުރުދުރުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2018 | ހޮނިހިރު 12:50
ކޮންރެޑް ރަންގަލީގެ ބީޗްވިލާގެ ފޮޓޯއެއް

ކޮންރެޑް ރަންގަލީގެ ބީޗްވިލާގެ ފޮޓޯއެއް

ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ޑިއުލެކްސް ބީޗް ވިލާތައް މަރާމާތަށްފަހު މި މަހުގެ 20 ވަނަ ދުވަހު ހުޅުވައިފިއެވެ.

އެ ރިސޯޓުން ބީޗް ވިލާތައް މަރާމާތު ކުރުމަށް 8.3 މިލިއަން ޑޮލަރު (128 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެއެވެ. އެ ވިލާތައް ފަރުމާކޮށްފައިވަނީ ޖަޕާނުގެ ބަގީޗާތައް އަސްލަކަށް ބަލައިގެން ގަހާއި މާތަކުގެ ތެރޭގައެވެ. ރިސޯޓުން ބުނެފައިވަނީ ވިލާތައް ފަރުމާކޮށްފައިވަނީ އެއް ވިލާ އަނެއް ވިލާ އާއި ދުރުދުރުގައި ހުންނަ ގޮތަށް ކަމަށެވެ. އެގޮތަށް ވިލާތައް ފަރުމާ ކުރަން ނިންމީ ފަތުރުވެރިންނަށް ޕްރައިވެސީ ދިނުމަށް ކަމަށްވެސް ރިސޯޓުން ބުނެއެވެ.

އެ ރިސޯޓުން ދާދި ފަހުން ވަނީ ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ވިލާވެސް ހުޅުވާފައެވެ. އެ ރިސޯޓުން ހުޅުވާފައިވާ ވިލާއަށް ދީފައިވާ ނަމަކީ 'ދަ މުރަކަ' އެވެ. ދެ ފަންގިފިލާއަށް ޑިޒައިންކޮށްފައިވާ "ދަ މުރަކަ" ހަދަން 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ހޭދަކުރި ކަމަށާއި އެތަނުގައި އެއް ރޭ ހޭދަކޮށްލުމުގެ އަގަކީ 50،000 ޑޮލަރު ކަމަށް ރިސޯޓުން ބުނެއެވެ.

ކޮންރެޑް ރިސޯޓުން ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކާ މޮބައިލް އެޕްލިކޭޝަނެއް ވަނީ ތައާރުފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފަތުރުވެރިން ރިސޯޓަށް ޒިޔާރަތް ކުރުމުގެ ކުރިން، ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ގޮތް ޕްލޭން ކޮށްލެވޭނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޝަރަފުވެރި އެވޯޑްތައް ހޯދާފައިވާ ކޮންރެޑް މޯލްޑިވްސް އިން ކުރިން ވަނީ ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރަންޓްވެސް ހުޅުވާފައެވެ. "އިތާ" ގެ ނަން ދީފައިވާ އެ ރެސްޓޯރަންޓާއި އެކު އެތައް ބައެއްގެ ސަމާލުކަން އެ ރިސޯޓަށް ލިބިގެން ދިޔައެވެ.

ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަކީ އދ. ރަންގަލިފިނޮޅުގައި ހިލްޓަނުން ތަރައްގީކޮށް، ހިންގަމުން އަންނަ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެ ރިސޯޓުގައި 150 ވިލާ އާއި 12 ރެސްޓޯރަންޓް، އަދި ދެ ސްޕާވެސް ހުރެއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައިވެސް ހިމެނޭ އެ ރިސޯޓަކީ ކްރައުން ކޮންޕެނީގެ ރިސޯޓެކެވެ. ކްރައުން ކޮމްޕެނީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފެށި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

24 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު