Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތައާރަފުކޮށްފި

އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލް ފަދަ މުނިފޫހިފިލު ވަދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ޚިދުމަތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ޑިސެމްބަރު 2018 | ހުކުރު 10:26
އުރީދޫ އާއި އެމޭޒަން ގުޅިގެން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ އާއި އެމޭޒަން ގުޅިގެން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ މޯލްޑިވްސް އާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން ކަސްޓަމަރުންނަށް ބުރާސްފަތި ދުވަހުގެ ރޭ ތައާރަފުކޮށްފިއެވެ.

އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތާއެކު އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުން އަޖުމަ ބެލުމުގެ ގޮތުން މުޅިން ހިލޭ 7 ދުވަހު ބޭނުންކުރެއްވުމަށް ފަހު ފުރަތަމަ 6 މަހަށް މަހަކު އެންމެ 49 ރުފިޔާގެ ފީއަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް ބޭނުންކުރެއްވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. ޕްރައިމް ވީޑިއޯ މެމްބަރޝިޕް ޚިދުމަތް ބޭނުންކުރެއްވުމަށް 5ޖީބީގެ ޑޭޓާއާއެކު މަހަކު އެންމެ 191 ރުފިޔާގެ އޮފަރއެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބޭނެއެވެ. ޚިދުމަތް އެކްޓިވޭޓް ކުރެއްވުމަށް މައިއުރީދޫ އެޕް، ވެބްސައިޓް އަދި ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ.

އުރީދޫ އިން ބުނީ އަޖުމަ ބެލުމުގެ ގޮތުން 7 ދުވަހު ބޭނުންކުރެއްވުމަށް ފަހު ޚިދުމަތް ކެންސަލް ނުކުރައްވާނަމަ ފުރަތަމަ 6 މަސްދުވަހަށް މަހަކު 49 ރުފިޔާގެ ރޭޓުން، އަދި އެއަށްފަހު މަހަކު 99 ރުފިޔާގެ ރޭޓުން އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތަށް ޗާޖު ކުރެވޭނެ ކަމަށެވެ.

"ޑިޖިޓަލް އިންގިލާބާއިއެކު އަޅުގަނޑުމެން މުނިފޫހިފިލުވާ ގޮތްތަކާއި ވަޞީލަތްތައް މިއަދު މިވަނީ މުޅިން ބަދަލުވެފައި. ޓީވީޝޯތަކާއި ފިލްމު އަދި މިއުޒިކާއި އިތުރު އެހެނިހެން މުނިފޫހިފިލުވުމުގެ ވަޞީލަތްތައް ބޭނުންކުރުމަށް އިންޓަނެޓް އިޚްތިޔާރުކުރާ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެމޭޒަން އާއި ގުޅިގެން މިއަދު މި ތަޢާރަފްކުރެވުނު ޕްރައިމް ވީޑިއޯގެ ޚިދުމަތުން މުނިފޫހި ފިލުވުމަށް މަގުފަހިވެ އިތުރަށް ފަސޭހަވެގެންދާނެ،" އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.

އެމޭޒަން ޕްރައިމް ވީޑިއޯ އަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަ ދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ޚިދުމަތެކެވެ. ކޮންމެތާކު ހުރެގެން ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ސްޓްރީމްކޮށް ޑައުންލޯޑްކޮށްލުމުގެ މަގުފަހިވެގެންދާ މިޚިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ޓޮމް ކްލެންސީސް ޖެކް ރިޔަން، ދަ މާވެލަސް މިސިޒް މެއިޒަލް، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިންގ، ދަ ގްރޭންޑް ޓުއަރ ފަދަ ސީރީޒްތައް ހިމެނެއެވެ. ޕްރައިމް ވީޑިއޯ ބެއްލެވުމަށް އައިއޯއެސް އަދި އެންޑްރޮއިޑް ފޯނާއި ޓެބްލެޓް މެދުވެރިކޮށް ޕްރައިމް ވީޑިއޯ އެޕް ބޭނުންކުރައްވައިގެން، ނުވަތަ ސްމާޓް ޓީވީ އަދި ގޭމިންގ ކޮންސޯލް މެދުވެރިކޮށް primevideo.com އަށް ޒިޔާރަތް ކުރައްވައިގެންވެސް މިޚިދުމަތް ބޭނުންކުރެއްވޭނެއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު