Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެދުނުގެ ނާސްތާ ވައުދު

ސްކޫލް ކުދިންނަށް ހެދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް އަންނަ ދިރާސީ އާ އަހަރު ފެށޭނެ: މިނިސްޓަރ

20 ޑިސެމްބަރު 2018 | ބުރާސްފަތި 09:35

ހެދުނު ނާސްތާގެ ވައުދަށް ބަޖެޓްގައި ވަނީ 50 މިލިޔަން ރުފިޔާ ހިމަނާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 20 ޑިސެމްބަރު 2018 | ބުރާސްފަތި 09:35
އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ

ސްކޫލް ކުދިންނަށް ހެދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް އަންނަ ދިރާސީ އާ އަހަރާ އެކު ފެށިގެންދާނެ ކަމަށް ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. ސްކޫލް ކުދިންނަށް ހެދުނުގެ ނާސްތަ ދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތެ ތެރޭގައި ހިމެނޭ ކަމެކެއެވެ.

އަންނަ ދިރާސީ އާ އަހަރު ސްކޫލް ކުދިންނަށް ހެދުނު ނާސްތާ ފޯރުކޮށްދިނުމުގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އާއިޝަތު އަލީ ވިދާޅުވީ މި ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 25 ސްކޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ކޮންމެ އަތޮޅަކުން އެއް ސްކޫލާއި، މާލެއިން ތިން ސްކޫލް، ވިލިމާލެ އިން އެއް ސްކޫލް ހުޅުމާލެއިން އެއް ސްކޫލް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ސްކޫލްތައް ކަނޑައެޅުމުގައި ދަރިވަރުންގެ ތަފާތު އާބާދީތައް ހިމެނޭ ގޮތަށް ސްކޫލްތައް ހިމަނާފައިވާނެ ކަމަށާއި، އެގޮތުން ސްކޫލްތައް އާބާދީގެ ނިސްބަތުން ފަސްގިންތިއަކަށް ބަހާލެވިފައިވާ ކަމަށެވެ. ގިންތިތައް ކަނޑައެޅުމުގައި ދަރިވަރުން އެންމެ މަދު އާބާދީ އާއި ދަރިވަރުން އެންމެ ގިނަ އާބާދީ ސްކޫލްތައް ބަލާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޕައިލެޓް ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިކުރާއިރު އެކަމަށް ބެލެނިވެރިންގެ ހުއްދަ ހޯދާނީ ފޯމެއް މެދުވެރިކޮށްގެން ކަމަށާއި، އެ ފޯމްގައި ދަރިވަރުންގެ އާންމު މައުލޫމާތު ހިމެނިގެންދާނެ، އަދި އޭގެ އިތުރުން އެއްވެސް އެލާރޖީއެއް ހުރުން ފަދަ ކަންތައްތައް ބަލާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

ހެދުނުގެ ނާސްތާ ދަރިވަރުންނަށް ދޭން ކަނޑައަޅާފައިވާ ތަކެތީގެ މެނޫ ތައްޔާރުކޮށްފައި ވަނީ ޔުނިސެފްގެ އެހީތެރިކަމާ އެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނާސްތާ ދިނުމަށް ކަނޑައެޅިފައިވާ އުސޫލްގައި ދަރިވަރުންނަށް ހާއްސަ ފިޔަވަޅުތަކެއް ސްކޫލް ފެންވަރުގައި އެޅުމަށް ބަޔާންކޮށްފައިވާނެ. އޭގެ ތެރޭގައި ދަރިވަރުންނަށް ލިބޭ ކާބޯތަކެތި ތާޒާކަން ސްކޫލްގެ ފަރާތުން ބެލުމާއި، ކާބޯތަކެތި ތައްޔާރުކުރާ ތަން ސްކޫލްގެ ފަރާތުން ބެލުމަށް އިރުޝާދު ދެވިފައިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 25 ސްކޫލާ އެކު ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދާނީ އެއް އަހަރަށް ކަމަށާއި، އެ އަށް ފަހު އަހަރު ދުވަހުގެ ތަޖްރިބާއަށް ބެލުމަށް ފަހު އިތުރު ސްކޫލްތަށް މި ޕްރޮގްރާމަށް އިތުރުކުރެވިގެން ދާނެ ކަމަށެވެ. ޑރ. އައިޝަތު ވިދާޅުވީ ބަޖެޓްތަންދޭ މިންވަރުން މި ޕްރޮގްރާމަށް ސްކޫލްތަށް އިތުރު ކުރަމުން ގޮސް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ހެދުނުގެ ނާސްތާ ދިނުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.

ހެދުނުގެ ނާސްތާ ދިނުމަށް ހަމަޖެހިފައި ވަނީ ޕައިލެޓް ޕްރޮގްރާމްގައި ހިމެނޭ ސްކޫލްތަކުގެ ހެދުނުގެ ދަންފަޅީގައި ކިޔަވާކުދިންނަށެވެ.

ސްކޫލްގައި ކުދިންނަށް ހެދުނުގެ ނާސްތާ ދިނުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ކްލާސްރޫމް ތެރޭގައެވެ.

ހެދުނުގެ ނާސްތާ އަންނަ ދިރާސީ އާ އަހަރު ފެށޭއިރު، ޕައިލެޓް ޕްރޮގްރާމްގައި ހިމެނޭ 25 ސްކޫލްގެ 14720 ކުދިންނަށް ލިބޭނެއެވެ.

ހެދުނު ނާސްތާގެ ވައުދަށް ބަޖެޓްގައި ވަނީ 50 މިލިޔަން ރުފިޔާ ހިމަނާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް