Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޒީރޯއަށް ފުރަތަމަ ދުވަހު 30 ކްރޯޑް ލިބޭނެ ކަމަށް ފިލްމް ދިރާސާކުރާ ފަރާތްތަކުން ބުނެފި

މި ފިލްމަށް މިދިޔަ މަހު ރިލީޒްކުރި އާމިރުޚާންގެ ފިލްމް "ތަގްސް އޮފް ހިންދުސްތާން" ބީޓް ކުރެވޭނެހެން ހީނުވާކަމަށް ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 20 ޑިސެމްބަރު 2018 | ބުރާސްފަތި 07:26
ޒީރޯގެ ޕޯސްޓަރު

ޒީރޯގެ ޕޯސްޓަރު

މިހިނގާ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާ ޝާހުރުކް ޚާންގެ ފިލްމް "ޒީރޯ" އަށް ފިލްމް ރިލީޒްކުރާ ދުވަހު ލިބޭ އާމްދަނީ 30 ކްރޯޑަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިލްމް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ. ނަމަވެސް މި ފިލްމަށް މިދިޔަ މަހު ރިލީޒްކުރި އާމިރުޚާންގެ ފިލްމް "ތަގްސް އޮފް ހިންދުސްތާން" ބީޓް ކުރެވޭނެހެން ހީނުވާކަމަށް ވަނީ ބުނެފައެވެ.

ޓްރޭޑް އެނަލިސްޓެއް ކަމަށްވާ އަކްޝޭ ރާތީ ބުނެފައިވަނީ އެ ފިލްމަށް 30 ކްރޯޑަށް ވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"ޒީރޯ"ގެ ޓްރެއިލާ އާއި ލަވަތައް ބެލުމަށްފަހު އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ބަލާފައި މި ފިލްމަކީ ބެލުންތެރިން ގަޔާވާނެ ފިލްމެއް ކަމަށް ބެލޭވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ތަގްސް އޮފް ހިންދުސްތާން" ރިލީޒްކުރި ދުވަހު ފިލްމަށް ވަނީ ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި 50 ކްރޯޑް ރުޕީސް ލިބިފައެވެ. ނަމަވެސް ދެވަނަ ދުވަހު ލިބުނު އާމްދަނީ ވަނީ 50 ޕަސެންޓަށް ވުރެ ވެސް ދަށަށް ގޮސްފައެވެ.

މި ފިލްމަށް ލިބެމުން ދިޔަ ތަރުހީބު ކުޑަވެފައި ވަނީ ފިލްމު ކްރިޓިކުންގެ ފާޅުކުރި ނެގެޓިވް ހިޔާލުތައް ގިނަވުމުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމްގައި ޝާހުރުކް ޚާން އާއި އެކު ލީޑްރޯލުން ފެނިގެންދަނީ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
02 ފެބުރުއަރީ 2017

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

02 ފެބުރުއަރީ 2017
ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު