Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ހޮސްޕިޓަލު

ހުޅުމާލެ ހޮސްޕިޓަލް އަލުން ހެލްތު މިނިސްޓްރީގެ ދަށަށް!

19 ޑިސެމްބަރު 2018 | ބުދަ 09:42

އާސަންދަ ކުންފުނިން އެ ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 19 ޑިސެމްބަރު 2018 | ބުދަ 09:42
ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް

އާސަންދަ ކުންފުނިން ހިންގަމުން އައި ހުޅުމާލެ ހޮސްޕިޓަލް އަލުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު ބުދަދުވަހު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށާއި ހޮސްޕިޓަލް ހިންގުމާ ގުޅޭ ތަފްސީލީ މައުލޫމާތުތައް އަންނަ ހަފުތާގައި ހާމަކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

އާސަންދަ ކުންފުނީގެ ދަށަށް ހުޅުމާލެ ހޮސްޕިޓަލް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

އާސަންދައިން އެ ހޮސްޕިޓަލާ ހަވާލުވުމަށް ފަހު އެތަނަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާއިރު އޭގެ ތެރޭގައި ކެންސަރަށް ފަރުވާ ކުރެވޭ އޮންކޮލޮޖީ ސެންޓަރެއް ހުޅުވުމާއި އެމްއާރުއައި ހިދުމަތާއި ސީޓީ ސްކޭނާއި މެމޯގްރާމް ހެދޭނެ ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ.

މީގެ އިތުރުން ކެންސަރު ދެނެގަތުމަށް ޓެސްޓް ކުރުމާއި ކެންސަރަށް ކުރާ ފަރުވާގެ މުހިންމު ބަޔަކަށްވާ ދިރިއުޅުމުގެ އާދަތައް ދަސްކޮށްދިނުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުން ފަދަ ހިދުމަތްތައް ވަނީ އެ ހޮސްޕިޓަލުން ދޭން ފަށާފައެވެ. މާލޭގައި ބޭނުންކުރާ އެމްއާރުއައި މެޝިންތަކުގެ ތެރެއިން އެންމެ އެޑްވާންސް މެޝިން ހުންނާނީ ހުޅުމާލެ ހޮސްޕިޓަލްގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އާސަންދަ ކުންފުންޏާ ހަވާލުކޮށްގެން އެ ހޮސްޕިޓަލް ހިންގަން ފެށި ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭ އާސަންދަ ސްކީމުން 193 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެ ހޮސްޕިޓަލަށް ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާއިރު އާސަންދަ ކުންފުނިން އޮޑިޓް އޮފީހަށް މައުލޫމާތު ދީފައި ވަނީ އެގޮތަށް ހަރަދުކުރަން ޖެހުނީ ބަޖެޓްކުރި ފައިސާ އެ ކުންފުންޏަށް ދޫކޮށްފައި ނުވާތީ އެ ހޮސްޕިޓަލްގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އާސަންދަ އިން ހުޅުމާލެ ހޮސްޕިޓަލަށް ޚަރަދުކޮށްފައި ވަނީ، އެތަނުގެ ކެޕިޓަލް ޚަރަދުތައް ކުރަން 2016 ގައި 260 މިލިޔަން ރުފިޔާގެ ބަޖެޓެއް ވެސް ފާސްކޮށްފައި ވަނިކޮށެވެ.

އާސަންދަ އިން ޚިދުމަތް ދިން ސިއްހީ މަރުކަޒުތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވެފައި ވަނީ އެހެންވެ ކަމަށް ނޮވެމްބަރު މަހު ނެރުނު އާސަންދަ އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް