Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޓީއޯ

ފްލެޓަށް ފައިސާ ދެއްކުން ހުއްޓުވީ މުއްޒަފުންނަށް ލިބޭ މުސާރައާ ނުބައްދަލު ވުމުން: އަމްރު

19 ޑިސެމްބަރު 2018 | ބުދަ 08:51

ދައްކާފައިވާ ފައިސާ މިމަހުގެ މުސާރައާ އެކު ޖަމާވާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ޑިސެމްބަރު 2018 | ބުދަ 08:51
އެސްޓީއޯގެ އެމްޑީ ހުސެން އަމްރު

އެސްޓީއޯގެ އެމްޑީ ހުސެން އަމްރު

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯގެ) ސްޓާފުންނަށް "ހިޔާ" މަޝްރޫއުގެ ދަށުން އަޅައިދޭ 300 އަށް ވުރެ ގިނަ ފްލެޓަށް ފައިސާ ދެއްކުން ވަގުތީ ގޮތުން ހުއްޓުވާފައި ވަނީ އެ ކުންފުނީގެ މުއައްޒަފުންނަށް ލިބޭ މުސާރަ އާއި ފްލެޓަށް ދައްކަން ޖެހޭ ފައިސާއާ ނުބައްދަލުވުމުން ކަމަށް މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ރާއްޖެއެމްވީއަށް ވިދާޅުވީ ފްލެޓް ލިބުނު ފަރާތްތަކުން ދައްކާފައިވާ ފައިސާ މި މަހުގެ މުސާރައާ އެކު އެ މުއައްޒަފަކަށް ޖަމާވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެސްޓީއޯ ފްލެޓްގެ މަސައްކަތް ފަށާފައި ވަނީ ޗައިނާގެ ކޮންޓްރެކްޓަރެއް ކަމަށްވާ މެޓޮލޮޖިކަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ. މެޓޮލޮޖިކަލް ކޮންސްޓްރަކްޝަނާއި އެސްޓީއޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި މުޅި މަޝްރޫއަށް ބޭނުންވާ 20 ޕަސެންޓަށްވާ 4.5 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަދި ބާކީ 80 ޕަސެންޓް ދައްކަން ޖެހޭނީ އެސްޓީއޯ އިން ލޯނު ނަގައިގެންނެވެ. އެސްޓީއޯއަކީ ލޯނު ދޫކުރެވޭ ކަހަލަ ކުންފުންޏަކަށް ނުވާއިރު އަމްރު ވިދާޅުވީ ކުންފުނީގެ މުވައްޒަފުންގެ އަތުން އެޕާޓްމެންޓަކަށް ދައްކަންޖެހޭ 20 ޕަސެންޓަކީ އެވަރެޖް ސްޓާފަކަށް ލިބޭ މުސާރައަށް ބަލާއިރު ދެއްކޭނެ އަދަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެސްޓީއޯގެ އެވަރެޖް ސްޓާފަކަށް ގާތްގަނޑަކަށް ޖެހެނީ 10،000 ރުފިޔާ. ގިނަ މުއައްޒަފުންނަކީ ކްރެޑިޓް ސްކީމަށް ލޯނު ނަގައިގެން ތިބި މުއައްޒަފުން. ފްލެޓަށް 6،000 ވަރަކަށް ރުފިޔާ ދެއްކުމަށް ފަހު ގެއަށް ގެންދަން މި ލިބެނީ ގާތްގަނޑަކަށް 500 ވަރަކަށް ރުފިޔާ. މީ މިކަން ކުރެވޭނެ ގޮތެއް ނޫން،" އަމްރު ވިދާޅުވިއެވެ.

ފްލެޓް ލިބޭ މުއައްޒަފުން ވަނީ މިހާރު އެގްރިމެންޓުގައި ސޮއި ވެސް ކޮށްފައެވެ. އެގްރިމެންޓްގައި ވާ ގޮތުން މި އަހަރުގެ ޑިސެމްބަރުން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ފްލެޓަށް ފައިސާ ދައްކަން ޖެހެއެވެ. އެ ފްލެޓް ލިބޭނީ ޑައުންޕޭމަންޓަށް ވާ 20 ޕަސެންޓް ފައިދާ ދައްކައިގެންނެވެ. އެހެން ނަމަވެސް މިމަހުގެ 17 ގައި ފްލެޓްތަކަށް ފައިސާ ބަލައިގަތުން އެކުންފުނިން ވަނީ ހުއްޓުވާފައެވެ.

ފްލެޓަށް ފައިސާ ދެއްކުން ހުއްޓުވި އެއް ސަބަބެއް ކަމަށް އަމްރު ވިދާޅުވީ ޑައުންޕޭމަންޓަށް ދައްކަންޖެހޭ 20 ޕަސެންޓަށްވާ ފައިސާ ދެއްކި ކަމުގައިވިއަސް ބޭންކް ލޯނަށް ދެވޭނީ އެ މުއައްޒަފަކަށް މުސާރައިގެ ގޮތުގައި މަދުވެގެން 14،000 ރުފިޔާވަރު ލިބިގެން ކަމަށް ވާއިރު އެކަން އެހެން ނުވާނެތީއެވެ.

"އަނެއް އިޝޫއަކީ އިންޓަރެސްޓް ލޯނަށް އެލިޖަލަބް ތޯ ބަލާ. އެވަރެޖް މުއައްޒަފަކަށް 10،000 ވަރު ލިބޭ އިރު 14،000 މަދުވެގެން ލިބެންޖެހޭ ލޯނަށް އެ މީހަކު އެލިޖަބަލްވުމަށް. އެވަރު ނުލިބޭ ކަމުގައިވާ ނަމަ ބޭންކު ލޯނެއް ނުލިބޭ. އެހިސާބުން ސްޓާފަކު ކުރިން ދެއްކި 20 ޕަސެންޓަށްވާ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ވެސް އޭގައި ނެތް," އަމްރު ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 2 ގައި އަޅަން ހަމަޖެހިފައިވާ ދެ ޓަވަރުގެ ފައުންޑޭޝަން މިހާރު ވަނީ ނިންމާފައެވެ. އަމްރު ވިދާޅުވީ އެ ފްލެޓްތަކަކީ އުޅެން ހެޔޮވާވަރުގެ ފްލެޓްތައް ނޫން ކަމަށާއި އެޕާޓްމެންޓުގެ ސައިޒު ވެސް ކުޑަ ކަމަށެވެ. އެކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ އެކު މަޝްވަރާކުރައްވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

"އެއްރޫމާއި ދެ ރޫމް އެޕާޓްމެންޓް ވަރަށް ކުޑަ. އެއީ އުޅެން ހެޔޮވާވަރަށް ވުރެ ކުޑަ ތަންތަން އެޕާޓްމެންޓްތައް ހެދުމަށް ނިންމާފައި ވަނީ. ހަމައެކަނި ފައުންޑޭޝަން އެޅީ، އެހެންވީމަ އަދި ތަންކޮޅެއް ފަސޭހަވާނެ ކަންނޭގެ އެ އަށް ވުރެ ބޮޑުކޮށް އެޕާޓްމެންޓް އަޅަން. އެކަމަށް ވެސް ހައްލު ހޯދުމަށް ފަހު އެޗްޑީސީއާ އެކު އެތަނުގެ ސައިޒު ބޮޑު ކުރުމަށް މަޝްވަރާ ކުރާނަން،" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ ފްލެޓް މަޝްރޫއުގައިވާ ގޮތުން އެއް ކޮޓަރީގެ އެޕާޓްމަންޓުގެ ސައިޒަކީ 482 އަކަފޫޓު، އެއްކޮޓަރީގެ އެޕާޓްމަންޓް ޕްރިމިއަމް 498 އަކަފޫޓު،ދެކޮޓަރީގެ އެޕާޓްމަންޓް 573 އަކަފޫޓު، ޓޫޕްލަސްވަން އެޕާޓްމަންޓް 666 އަކަފޫޓު އަދި ޓޫޕްލަސް ވަން ޕްރިމިއަމްގެ އެޕާޓްމަންޓަށް 748 އަކަފޫޓެވެ.

މިހާރު އެގްރިމެންޓުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ފްލެޓް ނުލިބޭނެ ފަދަ ގޮތެއް ވެދާނެތޯ ސުވާލު ކުރުމުން އަމްރު ވިދާޅުވީ ފްލެޓްތައް ލިބޭނީ ކުރިން ވެސް ލިބިފައި ހުރި މުއައްޒަފުންނަށް ކަމަށެވެ. އެކަމަށް ބަދަލެއް ނާންނާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް