Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމިން

ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ގޮތެއް ނޫން: ޔާމީން

18 ޑިސެމްބަރު 2018 | އަންގާރަ 13:29

ޕްރަރިމަރީ ބޭއްވުމުން ގެއްލުންތަކެއް އެބަހުރި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 18 ޑިސެމްބަރު 2018 | އަންގާރަ 13:29
ކުރީގެ ރައީސް ޔާމީން ޕީޕީއެމްގެ ބޭފުޅުންނާ އެކު ޕާޓީގެ އޮފީހުގައި:-

ކުރީގެ ރައީސް ޔާމީން ޕީޕީއެމްގެ ބޭފުޅުންނާ އެކު ޕާޓީގެ އޮފީހުގައި:-

އިންތިހާބުތަކުގައި ވާދަކުރުމަށް ޕާޓީގެ ޓިކެޓް ޕްރަރިމަރީއަކާ ނުލައި ދިނުމަކީ ޑިމޮކްރަސީއާ ބީރެއްޓެހި ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުނަށް ޕާޓީގެ ޓިކެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ހަރަކާތަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމިން ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ވަކި ބަޔަކަށް ދިނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ގޮތެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރަސީ ދެ ގައުމެއްގައި އެއް ގޮތަކަށް ނޯންނާ ކަމަށެވެ.

Advertisement - newsAdvertisement
"އެމެރިކާގައި ޕްރެސިޑެންޓް ހޮވަނީ ރައްޔިތުންގެ އާންމު ވޯޓުން ތޯ، މިދިޔަ އިންތިހާބު ނޫން އޭގެ ކުރީ އިންތިހާބު ނިމުނީ ކިހިނެތް ތޯ، ސުޕްރީމް ކޯޓުން ދެއްތޯނިމުނީ. އެމެރިކާގައި ކޯޕަސް ވޯޓެއް މި ނަގަނީ. ރައްޔިތުންގެ އާންމު ވޯޓަކުން ނޫން ކަންކަން ނިމިގެން މިދަނީ. ދެން އެއީ އެމީހުންގެ ގާނޫނު އަސާސީ ޕްރެކްޓިސް ކުރާ ގޮތް ދެއްތޯ،" ޔާމިން ވިދާޅުވިއެވެ.

ޕްރަމަރީއަށް ދިއުމުގައި ބައެއް ދާއިރާތަކުގައި މައްސަލަތައް އެބަ ހުރި ކަމަށާއި ޕްރައިމަރީއަކީ މައްސަލައިގެ ހައްލަކަށް ނުވާ ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ. އަދި ޕްރައިމަރީއާ ހެދި ބައެއް ފަހަރު ޕާޓީގެ ވޯޓުދޭން ތިބި މީހުންގެ ވޯޓުވެސް ބައިބައި ވެގެންދާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަށް ވެސް ޔަގީން ކަމެއް ނޯވޭ، އޭނާއާ ވާދަކުރި ކެންޑިޑޭޓް އޭނައަށް ތާއިދުކޮށްފާނެ ކަމަކަށް. އޭނާއަކަށް ގެރެންޓީއެއް ނޯވޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ދިރާސާކޮށްފައި ވަރަށް ގިނަ މަސައްކަތްކޮށްފައި މިހާ ލަސްވެގެންވެސް މިދިޔައީ. މި 13 ދައިރާވެސް ލަސްވެގެން މިދިޔައީ ޕްރައިމަރީއަކާ ނުލާ މިކަން ކުރެވޭނީ ކޮން ގޮތަކަށްތޯ ވިސްނައި ޕްރައިމަރީގެ ވިސްނުން ހުރި ފަރާތްތަކާ ވާހަކަ ދައްކައި ވާހަކަ ދައްކައި ހިޔާލު އެއްގޮތްކުރަން،" ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރާ ހަމަ އެކަނި ބަޔަކީ މިހާރު ޕީޕީއެމްގައި އެ ތިއްބެވި ބޭފުޅުން ކަމަށް ގަބޫލު ކުރެއްވުމަށް ވެސް ޔާމިން އިލްތިމާސްކުރެއްވި އެވެ. ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ލިބޭނެ ކަމުގެ ޔަގީންކަން އަންގާރަ ދުވަހު ދީފައިވާ 13 މެމްބަރުންނަކީ:-

  • ދިއްދޫ ދާއިރާ: މުހައްމަދު ހަސަން
  • އިހަވަންދޫ ދާއިރާއަށް އަހްމަދު ނަސީރު
  • ކުޅުދުއްފުށި ދެކުނު ދާއިރާ: އަބްދުއްރަހްމާން އިސްމާއިލް
  • ކޮމަންޑޫ ދާއިރާ: އިބްރާހިމް ރަޝީދު
  • ކަނޑިތީމް ދާއިރާ: މުހައްމަދު އާރިފު
  • ތުޅާދޫ ދާއިރާ: މުހައްމަދު އަތީފް
  • ދާންދޫ ދާއިރާ: މުހައްމަދު މުއީން
  • އިސްދޫ ދާއިރާ: އިސްމާއިލް ޝަފީއު
  • މަރަދޫ ދާއިރާ: ޝެރީނާ އަބްދުއްސަމަދު
  • އައްޑޫ މީދޫ ދާއިރާ: އަހްމަދު އަސްލަމް
  • މާފަންނު އުތުރު ދާއިރާ: މުހައްމަދު ލަމްއާން
  • މާފަންނު ހުޅަނގު ދާއިރާ: ގީލާ އަލީ
  • ހިތަދޫ އުތުރު ދާއިރާ: މުހައްމަދު ޖިނާން ޖަލީލް

ޕްރައިރީއަކާ ނުލައި ޕާޓީގެ ޓިކެޓް ދިނުމަށް ނިންމާފައިވާ މެމްބަރުންނަކީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އަމިއްލައަށް މިހާރު ވެސް ހަރަދު ކުރެވޭވަރުގެ މާލީ ތަނަވަސްކަން ހުރި މީހުން ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ. އަދި މި ލިޔުން ދިން ނަމަވެސް ޕާޓީގެ ޓިކެޓް ރަސްމީކޮށް ހަވާލު ކުރުން ފަހުން އޮންނާނެ ކަމަށް ޔާމިން ވިދާޅުވި އެވެ. ޔާމިން ވަނީ ވިލިފުށި ދާއިރާގެ ގޮނޑިއަށް ޕީޕީއެމް އިން ވާދަނުކޮށް މިހާރު ވެސް އެ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ތާއިދު ކުރުމަށް ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

16 ޖޫން 2017

ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައެއް ނުލާ: އެމްއެންޑީއެފް

16 ޖޫން 2017
 ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައެއް ނުލާ: އެމްއެންޑީއެފް
02 ޖޫން 2017

 ރޯދަވީއްލުމެއް ދިނުމަކީ ތިމާއަށް އެރޯދަ ހިފި މީހާއަށް ލިބޭ ފަދަ ދަރުމަ ލިބިގެންދާކަމެއް: ހުކުރު ޚުތުބާ

02 ޖޫން 2017
 ރޯދަވީއްލުމެއް ދިނުމަކީ ތިމާއަށް އެރޯދަ ހިފި މީހާއަށް ލިބޭ ފަދަ ދަރުމަ ލިބިގެންދާކަމެއް: ހުކުރު ޚުތުބާ
10 މެއި 2017

ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް

10 މެއި 2017
ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް
03 މެއި 2017

ޔާމީނުގެ މަރަށް އިންސާފު ހޯދާދިނުމަކީ މުޅި ގައުމަށް މުހިއްމު ކަމެއް!

03 މެއި 2017
ޔާމީނުގެ މަރަށް އިންސާފު ހޯދާދިނުމަކީ މުޅި ގައުމަށް މުހިއްމު ކަމެއް!
01 މެއި 2017

އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި

01 މެއި 2017
އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި
02 އެޕްރީލު 2017

ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލާނަން: ރައީސް މައުމޫން

02 އެޕްރީލު 2017
ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލާނަން: ރައީސް މައުމޫން
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
01 ފެބުރުއަރީ 2017

އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި

01 ފެބުރުއަރީ 2017
އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް