Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމިން

100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން

18 ޑިސެމްބަރު 2018 | އަންގާރަ 13:18

ތުހުމަތެއް ކުރާނަމަ ތުހުމަތުން ބަރީއަ ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 18 ޑިސެމްބަރު 2018 | އަންގާރަ 13:18
ކުރީގެ ރައީސް ޔާމީން ޕީޕީއެމްގެ އޮފީހުގައި

ކުރީގެ ރައީސް ޔާމީން ޕީޕީއެމްގެ އޮފީހުގައި

އެމަނިކުފާނުގެ އެކައުންޓްގައި ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް ޕީޕީއެމް ޓިކެޓް ލިބޭނެ ކަމުގެ ލިޔުން އެ ޕާޓީގެ މެމްބަރުންނާ ހަވާލު ކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ހަރަކާތަކަށްފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމިން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކަށް ޒިންމާ އުފުލައްވާ ކަމަށެވެ. އަދި އެއީ މީހެއްގެ ފައިސާއެއް ނޫން ކަމަށާއި އެމަނިކުފާނުގެ ސައްހަ ފައިސާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މިއަދުވެސް ރައްޔިތުންނަށް ކަށަވަރުކަން އަރުވަން ބޭނުން މި 100 މިލިއަން ރުފިޔާގެ ވާހަކައިގައި، އޭގައި ނުހުންނާނެ ގާނޫނާ ހިލާފު އެންމެ ލާރިއެއް ވެސް. ގާނޫނާ ހިލާފު އެންމެ ލާރިއެއްވެސް ނޯންނާނެ، ދައުލަތުގެ ތަހުގީގު އިދާރާއަކުން ނުވަތަ އެހެންވެސް އިދާރާއަކުން އެ 100 މިލިއަން ރުފިޔާގެ ތަފްސީލްގެ ތުހުމަތެއް އަޅުގަނޑަށް ކުރައްވައިފި ކަމަށްވަންޏާއި އެ ތުހުމަތުން އަޅުގަނޑު ބަރީއަ ވާނަން. މިތާ ހުންނާނީ ޖާއިޒު ފައިސާ. މިތަނާ ހުންނާނީ ސައްހަ ފައިސާ. މިއީކީ ދައުލަތުގެ ފައިސާއެއްވެސް ނޫން. އެއީ މީހެއްގެ ފައިސާއެއް ވެސް ނޫން. މިތާކު ނުހުންނާނެ ގާނޫނާ ހިލާފު ފައިސާއެއް،" ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު މާލީ ބަޔާނެއް ހުށައަޅުއްވާފައިވާނެ ކަމަށާއި އެހެން ނަމަވެސް ފުލުހުން އެ ބަޔާނުގައި ފައިސާގެ އަދަދާ ގުޅިގެން އެއްވެސް ސުވާލެއް މިހާތަނަށް އެމަނިކުފާނާ ކުރައްވާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްގައި އެ އަދަދަށް އެ ފައިސާ ހުރެގެން އެއްވެސް ތުހުމަތެއްވެސް ފުލުހުން ކުރައްވާފައިނުވާ ކަމަށެވެ.

"މީހެއްގެ އެކައުންޓްގައި ފައިސާ ހުރުމަކީ މީހަކަށް ތުހުމަތު ކުރެވޭ ކަމެއް ނޫން. އަޅުގަނޑު މިއީ ކުރިން 800 މިލިއަން ޑޮލަރު ގެންގުޅުނު މީހެއް. ތި ސަތޭކަ މިލިއަން ރުފިޔާއަކީ 800 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ނިސްބަތުން ވަރަށް ކުޑަކުޑަ އެއްޗެއް ނޫންތޯ. ދެން ފުލުހުން އަޅުގަނޑު ގާތުން އައްސަވާ މި 100 މިލިއަން ރުފިޔާ މި އައިސްފައި އޮތީ މިވެނި ކަމަކަށޭ. އޭރުން އަޅުގަނޑު އެ ތުހުމަތުން ބަރީއަ ވާނަން،" ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ މާލީ ބަޔާނުގައިވާ މައުލޫމާތު ފުލުހުން ބޭނުން ކުރަންވާނީ ޖާއިޒު ގޮތުގައި ކަމަށާއި އެ މަނިކުފާނުގެ އެކަންޓްގައި ހުރި ފައިސާއާ ބެހޭ މައުލޫމާތު ބޭނުން ކުރައްވާފައިވަނީ ނާޖާއިޒު ގޮތުގައިކަމަށެވެ.

"ދިވެހި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު ވަރަށް ހިތާމަކުރަން އަޅުގަނޑުގެ މާލީ ބަޔާން މި ގޮތައް ނާޖާއިޒް ގޮތެއްގައި ބޭނުން ކުރެވުނީމަ. މީހުންގެ އެކައުންޓްގައި ހުންނަ ފައިސާއަކީ މީހުންގެ ޕްރައިވެޓް ނޮލެޖް. މީހުން ޕްރައިވެޓް މައުލޫމާތު،" ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް 22 މިލިއަން ރުފިޔާ ވަދެފައިވާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ޔާމިންގެ ދެ ކައުންޓެއް ފްރީޒްކޮށްފައިވާއިރު އެ އެކައުންޓްތަކުގައި ހުރި ފައިސާގެ ޖުމްލަ 100 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް