Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައިޓް އިންސްޕެކްޝަން

161 ކޮންސްޓްރަކްޝަން ސައިޓެއްގެ އިންސްޕެކްޝަން ފަށައިފި

އިންސްޕެކްޝަން 9 ޒޯނަކަށް ބާހަލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޑިސެމްބަރު 2018 | އަންގާރަ 08:36
ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓް ކުރަނީ

ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓް ކުރަނީ

އިމާރަތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން 161 ކޮންސްޓްރަކްޝަން ސައިޓެއްގެ އިންސްޕެކްޝަން އަންގާރަ ދުވަހު ފަށައިފިއެވެ.

އެ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، ހައުސިން މިނިސްޓްރީއާއި، މާލޭ ސިޓީ ކައުންސިލުގެ އަދި އެމްއެންޑީއެފް ގުޅިގެންނެވެ.

މާލެ ނުވަ ޒޯނަކަށް ބާހަލައިގެން އިންސްޕެކްޝަން ކުރިއަށް ގެންދާއިރު، ހުއްދަ ނުހޯދައި އިމާރަތްކުރަމުންދާ ތަންތަނުގެ މި އިންސްޕެކްޝަނުން އެނގިގެން ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އިމާރަތްކުރާ ތަންތަނުގައި އުޅޭ މަސައްކަތު މީހުންގެ ރައްކާތެރިކަމާއި ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅާފައި ނުވާކަން ފާހަގަކުރެވޭ ކަމަށާއި، އެ ތަންތަނުގެ މަސައްކަތްތައް ދާ ގޮތް ބަލަން ސުޕަވައިޒަރުން ނުތިބޭ ކަމަށެވެ.

"ސައިޓުގެ ސޭފްޓީއަށްވުރެ ލޭބަރާރސްގެ ސޭފްޓީ މި ތަންތަނުގައި އެންޝުއަރ ކުރެވިފައި ނެތް އެއްވެސް ވަރަކަށް. ދެން ސޭފްޓީ ޝޫސް ، މާސްކް ކަހަލަ އެއްޗެހި ބޭނުން ނުކުރޭ ވަރަށް. ގިނަ ސައިޓުތަކުގައި ލޭބަރަރސް އެކަނި ބަހައްޓާފައި މި ހުންނަނީ. ސުޕަވައިޒަރަކަށް މި ޖެހެނީ ހަމަ އަަޅުގަނޑުމެންވެސް މަސައްކަތް ހިނގާ ގަޑީގައިވެސް ގުޅައިގެން ގެންނަން. ސުޕަވައިޒަރުން ނެތްކަން ފާހަގަކުރެވޭ ހަމަ." އޮފިޝަލް ވިދާޅުވި އެވެ.

އަންގާރަ ދުވަހު ހެނދުނު 09:00 އިން މެންދުރު 12:00 އަށް އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވާއިރު، އަދި މެންދުރު 14:00 އިން 18:30 އަށް ވެސް އިންސްޕެކްޝަން ކުރިއަށް ގެންދާނެ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު