Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިމެންތި ގޯންޏެއް ވެއްޓުުން

މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!

ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހު ހެނދުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2018 | އާދީއްތަ 13:53
ނަލަހިޔާ ސަރަހައްދުގައި ހިނގި ހާދިސާ

ނަލަހިޔާ ސަރަހައްދުގައި ހިނގި ހާދިސާ

މާފަންނު ނަލަހިޔާ ސަރަހައްދުން ހިނގާފައި ދަނިކޮށް އެ ސަރަހައްދުގައި އިމާރަތްކުރަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި، ކުޑަ ކުޖަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އެ ހާދިސާގެ ވިޑިއޯ ފުޓޭޖް އިން ފެންނަ ދެމައިންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަނގްލަދޭޝް ޑޮކްޓަރެއްގެ ކުޑަ ކުޑަ އާއިލާއެވެ. ޗުއްޓީ ހޭދަކޮށްލުމަށް މާލެ އައިއިރު، ކުރިއަށް އޮތް ހިތާމައިގެ ހިލަމެއްވެސް އެ އާއިލާއަކަށް ނުވެއެވެ. ނަމަވެސް އެ ހިތާމަވެރި ހާދިސާގައި ލިބުނު ގެއްލުމުގައި ހަތް އަހަރުގެ ކުއްޖާ މިހާރު އޮތީ އައިޖީއެމްއެޗުގައި ސީރިއަސް ހާލުގައެވެ.

މި ހަދިސާއާ ގުޅިގެން އާންމުވެފައިވާ ސީސީޓީވީ ފުޓޭޖް އިން އެކުއްޖާ މަންމައާއެކު އެ ސަރަހައްދުން ހިނގާފައި ދަނިކޮށް، މަތިން ސިމެންތި ބަސްތާއެއް ވެއްޓޭތަން ފެނެއެވެ. އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ސިމެންތި ބަސްތާ ވެއްޓެނީ އެ ކުޑަ ކުއްޖާގެ ބޮލަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބަސްތާ ވެއްޓުމާއެކު އެ ކުއްޖާގެ ހަށިގަނޑުން ހަރަކާތް ހުއްޓެއެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ހާދިސާ ހިނގިއިރު، އެ ސަރަހައްދުގައި އިންޒާރުގެ ބޯޑު ވެސް ބަހައްޓާފައި ހުއްޓެވެ.

މީސްމީޑިއާގައި އެ ފުޓޭޖް ވައިރަލް ވުމާއެކު، އެއްބަޔަކު ކުށްވެރި ކުރީ އެ ސަރަހައްދުގައި ބޯޑެއް ބަހައްޓާފަ ހުއްޓައި ކުޑަ ކުއްޖަކު ގޮވައިގެން އެތަނުން ދިޔަ މަންމައެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ އެއީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ ފަރާތުގެ އިހުމާލު ކަމަށެވެ. މީގެ އިތުރުން، އަނެއް ބަޔަކު ކުށްވެރި ކުރީ އެތަނުގައި މަސައްކަތް ކުރި ބިދޭސީ މުވައްޒަފުންނެވެ. ކޮންމެ މިހާކުވެސް ޤަބޫލުކުރާ އެއް ހަޤީޤަތަކީ މި ހިތާމަވެރި ހާދިސާގެ ފަހަތުގައި ބައެއްގެ ބޮޑެތި އިހުމާލުތަކެއް ވާކަމެވެ.

މި ހާދިސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ، އަނިޔާވެފައިވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައި އާއިލާއެއްގެ 7 އަހަރުގެ ކުއްޖަކަށް ކަމަށާއި، އެ ހާދިސާގައި އެކުއްޖާގެ ބޮލަށާއި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މޭޔަރ އިތުރަށް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި މާލޭ ސިޓީ ބެލެހެއްޓުމުގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް ކަމަށެވެ.

"ގާތްގަނޑަކަށް 5 އަހަރު މިވަނީ މިހެންހުރި ހުރިހާ މަސައްކަތްތަކެއް ބޭނުންހާ ގޮތަކަށް ކުރީގެ ސަރުކާރުން ދޫކޮށްލެވިފަވާތީވެ އަޅުގަނޑުމެން ހަމަ މަގަށް އެޅުވުމަށްޓަކައި މާދަމާގެ ބައްދަލުވުންވެސް ޝެޑިއުލް ކޮށްފަ މި އޮތީ" މޭޔަރ ވިދާޅުވިއެވެ.

އިމާރަތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވަރަށް ދޫދިޔާކޮށް އަމަލުކުރަމުންގެންދާކަމުގެ ޝަކުވާތައް އަބަދުވެސް އާންމުންކުރެ އެވެ. އެތަށް ފަހަރަކު އެކި މީހުންނަށް އެކި އެކި އަނިޔާތަށް ލިބިފައިވެއެވެ. މަގުމަތީގައި ތޫނު އެއްޗެހި ބެހެއްޓުމާއި، ހިތުހުރި ތަނެއްގައި މުދާ ބެހެއްޓުމުން ފެށިގެންގޮސް އެތަށް އެތަށް ޝަކުވާތަކަކަކީ މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުން އަބަދުވެސް ކުރާ ބޮޑެތި ޝަކުވާތަކެކެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ އިމާރަތްކުރުމުގެ ކަންކަމުގައި ކުންފުނި ތަކުން ބޮޑު ޒިންމާއެއް އަދާކުރަން ޖެހޭކަމަށެވެ. އަދި ކުންފުނިތަކުން އަމަލުކުރަނީ ވަރަށް ދޯދިޔާ އުސޫލެއްގެ ދަށުންކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މީގަ އެބަ އޮތްހެން ހަމަ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވަރަށް ބޮޑު ޒިންމާއެއް. އެއީ ސޭފްޓީ. ސޭފްޓީ އަކީ ކޮންމެހެން ޤަވާއިދު ހެދިޔަސް ނުހެދިޔަސް ރަނގަޅަށް ބަލަން ޖެހޭ ކަންކަން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެ ހިނގި ހާދިސާ ހިނގާފައިވާއިރު، އެކަން ކުރުމަށް ހުއްދަވެސް ނަގާފައެއް ނެތް. ބޯޑުވެސް ނަގާފައި ބޯޑުވެސް ނަގާފައި އެ އޮތީ އެހެން ކަމަކަށް ނަގާފައި އޮތް ބޯޑެއް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ" އަކުރަމް ވިދާޅުވިއެވެ.

ކޮންމެ މީހެއްގެ އިހުމާލުން ވިޔަސް މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި އެކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމެއް ވެސް މެއެވެ. މުޖުތަމައުގައި ހިނގާ މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރެވޭނީ މުއައްސަސާތަކާއި ކުންފުނި ތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ޒިންމާވެސް އެންމެ ފުރިހަމައަށް އަދާކޮށްގެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު