Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

މި އެވޯޑް މީގެ ކުރިން އެއްވެސް މީހަކަށް ނުދޭ، އޭގެ ފަހުންވެސް ނުދޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2017 | ބުދަ 17:01
ރައީސް ޔާމީން ޕުރަކްސާރް އެވޯޑާއި ހަވާލުވެވަޑައިގަންނަވަނީ

ރައީސް ޔާމީން ޕުރަކްސާރް އެވޯޑާއި ހަވާލުވެވަޑައިގަންނަވަނީ

ނިމިގެން ދިޔަ 2016ވަނަ އަހަރުގެ އެޕްރީލް މަހު ފަހުކޮޅު ދިވެހި ސަރުކާރާއި ޕީޕީއެމްއިން އުފާފާޅުކުރަމުން ދިޔައީ ރައީސް އަބްދުﷲ ޔާމީނަށް މާވަރުގަދަ އެވޯޑެއް ލިބިގެންނެވެ. ހީވީ ނޯބެލް ސުލްހައިގެ އިނާމު ލިބުނު ހެންނެވެ. އައި ނައި ތަނެއް، ވީއެއް ނޫވީއެއް ނޭނގި ކުއްލިއަކަށް އަޑު އިވުނީ "ޑރ ކަލާމް ޕުރަކްސާރް ފޮރ އެކްސަަލަންސް އިން ގަވަރނަންސް 2016"ގެ ނަމުގައި އިންޑިއާއިން އަރުވާ މާ ވަރުގަދަ އެވޯޑެއް ލިބިވަޑައިގެން، އެ ހޯއްދަވަން ރައީސް ޔާމީން އިންޑިއާއަށް ވަޑައިގަންނަވާ ވާހަކައެވެ.

ރައީސް ޔާމީނަށް ބަޔަކު އެވޯޑެއް ދެނީއޭ ބުނީމާ، ހަމަ ހަޤީޤަތުގައިވެސް މިވީ ކިހިނެއްތޯ ބަލަން ޖެހުނެވެ. ބެލި ބެލުމުން މިއެނގުނީ މިއެވޯޑަކީ ޑޭލް ވިއު ގްރޫޕް އޮފް އިންސްޓިޓިއުޓްކިޔާ ބަޔަކު ދޭން އުޅޭ އެއްޗެއް ކަމެވެ. އެކަމަކު އެބުނާ ޑޭލް ވިއު ގްރޫޕަކީ ކޮބައިކަމެއް ނޭނގުނެވެ. އެއީ ބޭސްފަރުވާގެ ކަންކަން ކުރާ ތަނެއްހެންވެސް ގޫގަލްގައި ސަރޗްކޮށްލުމުން އައި ބައެއް ރިޒަލްޓްތަކުން ހީވިއެވެ.

ކޮންމެއަކަސް ގޮތް ނޭނގޭ ބަޔަކު މީގެ ކުރިން ދުވަހަކު މީހަކަށް ނުދޭ އެވޯޑެއް ރައީސް ޔާމީނަށް އެރުވުން ދިވެހިންނަށްވެސް ބޮޑު ޖޯކަކަށް ވެއްޖެއެވެ. ރައީސް އޮފީހުން އޭރު ބުނި ގޮތުގައި މިއެވޯޑް ރައީސް ޔާމީނަށް އެރުވުމަށް ނިންމި ކޮމީޓީގައި ހިމެނެނީ އިންޑިއާގެ ޖައްވީ އިދާރާ އިސްރޯގެ ކުރީގެ ޗެއަރމަނަކާއި އިންޑިއާގެ ބައެއް ސަފީރުންނެވެ. އެހެން ނަމަވެސް އަޅުގަނޑު ކުރި ދިރާސާއިން އިސްރޯގެ އެއްވެސް ޗެއަރމަނެއް މިފަދަ އެވޯޑެއް ދިނުމަށް ހޮވި ކޮމިޓީގައެއް ހިމެނިފައެއް ނެތެވެ.

އިސްރޯގެ މިހާރުގެ ޗެއަރމަން އޭ.އެސް. ކިރަން ކުމާރުގެ ކުރިން އެމަޤާމުގައި 12 ދުވަހު ހުންނެވީ ޝަޝިލޭޝް ނަޔަކްއެވެ. އޭގެ ކުރިން 2009ވަނަ އަހަރުގެ ނޮވެމްބަރު މަހުން 2014ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެމަޤާމުގައި ހުންނެވީ ކޭ. ރާދަކްރިޝްނަންއެވެ. 2003ވަނަ އަހަރުގެ ސެޕްޓެމްބަރުން 2009ވަނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ހުންނެވީ ޖީ. މަދަވަން ނަޔަރްއެވެ. އޭގެ ކުރިން 1994ވަނަ އަހަރުން ފެށިގެން 2003އަށް 9 އަހަރު އެމަޤާމުގައި ހުންނެވީ ކޭ. ކަސްތޫރިރަންގަންއެވެ. 1984ވަނަ އަހަރުން 1994ވަނަ އަހަރަށް އެމަޤާމުގައި ހުންނެވީ ޔޫ.އާރް ރާއޯއެވެ. އޭނާ މިހާރު ނިޔާވެފައިވާއިރު، އިސްރޯގެ ޗެއަރމަނުންގެ ގޮތުގައި އޭގެ ކުރިން ތިއްބެވި 3 ބޭފުޅުންވެސް ވަނީ ނިޔާވެފައެވެ. އެއީ ސަތީޝް ދަވާންއާއި، އެމް.ޖީ.ކޭ މެނޮން އަދި ވިކްރަމް ސަރަބާއީއެވެ. އިސްރޯގެ ޗެއަރމަންކަންކުރެއްވި އެއްވެސް ބޭފުޅަކު އެކިޔާ ޑޭލް ވިއުއަކާއި ގުޅިގެން އެއްވެސް ކަމެއް ކުރިކަމެއް ނުވަތަ ރައީސް ޔާމީނަށް އެވޯޑެއް ދިނުމަށް ހޮވި ކޮމިޓީއެއްގައި ހިމެނިފައެއް ނެތެވެ. ރައީސް އޮފީހުން ދެއްކި ވާހަކަޔަކު އެހެންވީމާ ހަޤީގަތެއް ނެތެވެ.

ފަހަރުގައި މިކަމުގައި ރައީސް އޮފީހުގެ ބޭފުޅުން ކަންތައްތަކެއް އޮޅުވަލީކަމަށް ވުން އެކަށީގެންވެއެވެ. އެހެނީ ރައީސް ޔާމީނަށް އެބުނާ އެވޯޑެއް އެރުވުމަށް ބޭއްވި ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ކިޔަން އިސްރޯގެ ޑިޕާޓްމަންޓެއްގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ މަޤާމު އަދާކުރެއްވި ސްރީ ސުބްރަމާނިޔަން ކިޔާ ބޭފުޅަކު ހުންނެވިކަމަށް ފޭސްބުކްއިން ފެނުނު ފޮޓޯތަކެއްގެ ކެޕްޝަނުން ފެނުނެވެ.

ކޮންމެއަކަސް ވާނުވާއެއް ނޭނގޭ މިއެވޯޑް ރައީސް ޔާމީނަށް އަރުވައިފިއެވެ. އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ކުއްލިއަކަށް އެނގުނީ މިއެވޯޑަށް ކިޔަނީ "ޑރ ކަލާމް ޕުރަކްސާރް ފޮރ އެކްސަަލަންސް އިން ގަވަރނަންސް 2016" ނޫންކަމެވެ. ރައީސް އޮފީހުން ބުނާ އެއްޗެއް އަނެއްކާވެސް ދިމާ ނުވެއެވެ. އެދުވަހު ކުއްލިއަަކށް އެމަނިކުފާނަށް މިއެރުވީ "ޑރ ކަލާމް ސްމިރްތީ އިންޓަރނޭޝަނަލް އެކްސަލަންސް އެވޯޑެ"ވެ. ވާއެއް ނުވާއެއް ނޭނގެއެވެ. ދެން އައީ ރައީސް ޔާމީން އެވޯޑާއި ހަވާލުވެވަޑައިގެން ދެއްވި ސްޕީޗެވެ. އެމަނިކުފާނަށް އެވޯޑް އެރުވީތީ އެބުނާ ޑޭލް ވިއުއަކަށް ޝުކުރު އަދާކުރައްވާފައި ޑރ ކަލާމް އިންޓަރނޭޝަނަލް ފައުންޑޭޝަނަށްވެސް ޝުކުރު އަދާކުރައްވައިފިއެވެ. މިއީ ގައިމު އިންޑިއާގެ ކުރީގެ ރައީސް އޭ.ޕީ.ޖޭ އަބްދުލް ކަލާމްގެ އާއިލާއާއި ނުވަތަ އެމަނިކުފާނުގެ ހަނދާނުގައި ޤާއިމްކޮށްފައިވާ ރަސްމީ އެއްވެސް ޖަމްއިއްޔާއަކާއި ގުޅޭ އެވޯޑެއް ނޫނެވެ. ޑރ ކަލާމް އިންޓަރނޭޝަނަލް ފައުންޑޭޝަނަށް ބަޔަކު މިފަދަ އެވޯޑެއް ދިންކަން ނުވެސް އެނގެއެވެ.

ކޮންމެއަަކަސް މިއެވޯޑެއް ލިބުމަށްފަހު ދެން އެބުނާ ޑޭލް ވިއުއެއްގެ ވާހަކަ އޮބިއްޖެއެވެ. އެތަން ދަންނަ ބަޔަކު ނެތެވެ. އެހެން ނަމަވެސް ހަމަ ހުއްޓާނުލައި ކުރަމުން ދިޔަ މަސައްކަތުން އަނެއްކާވެސް އެއްކަލަ ގްރޫޕުގެ ކަންތައްގަނޑަކާއި ދިމާވެއްޖެއެވެ. މިފަހަރު ނަން ބަދަލުވެއްޖެއެވެ. "ޑރ ކަލާމް ސްމިރްތީ އިންޓަރނޭޝަނަލް"ގެ ނަމުގައި ޖަމާޢަތެއްގެ ސިފައިގައި މި ގްރޫޕްގެ މަސައްކަތް ޕްރޮމޯޓްކުރަމުން ގޮސް، އިންޑިއާގެ ޓްރިވެންޑްރަމްގައި އޭޕީޖޭ އަބްދުލްކަލާމްގެ ހަނދާނުގައި މި ގްރޫޕުން މިއުޒިއަމެއް ހެދިކަމަށް ނޫސްތަކުން ފެނިއްޖެއެވެ. މިބުނާ މިއުޒިިމްއަކީ ޑރ އަބްދުލްކަލާމްގެ ހަނދާނުގައި މަސައްކަތްކުރާ ތަނަކަށް ވާނެކަމަށް ބުނެ އެމީހުން ދިން އިންޓަރވިއުއެއްގައި މިއަހަރު ސެޕްޓެމްބަރު މަހު އަނެއްކާވެސް އައު ބޭފުޅަކަށް އެއްކަލަ އެވޯޑް ދޭނެކަމަށް ބުނެފިއެވެ. ސެޕްޓެމްބަރު ނިމި، އޮކްޓޯބަރުގެވެސް ބޮޑު ބައި ނިމިފައިވާއިރު، އަދި މިއެވޯޑް ބަޔަކަށް ދެވިފައެއް ނެތެވެ. އެވޯޑާއި ހަވާލުވާން ދާނެ ބަޔަކު ރިސަރޗެއް ހަދާލާނެ މައުލޫމާތެއްވެސް މިބައި މީހުންގެ ނެތް އިރު، މިފަދަ އެވޯޑެއް ހޯދަން ދާނީ ބައިނަލްއަޤްވާމީ ލޯބި ބޭނުންވެ، ނުލިބި ތިބި ދެތިން ވެރިއެއް ފިޔަވައި ދެން ކޮން ބައެއްތޯއެވެ؟

ނޯބެލް ސުލްހައިގެ އިނާމްފަދަ އިނާމުތައް ދެމުންދާ މި ދުވަސްވަރު، މިއެވޯޑްގެ މަތިން ހަނދާންވުމުން އެވާހަކަ ދައްކާލެވުނީއެވެ. ރައީސް އޮފީހުން އޭރުވެސް މިއީ ވަރަށް މަތިވެރި އެވޯޑެއްކަމަށާއި، އެވޯޑް ދެނީ ޤައުމުތަކުގެ ވެރިންނާއި އެފަދަ މަތީ މީސްމީހުންނަށް ދޭ އެއްޗެއްކަމަށް ބުނެފައިވާތީ އެކަން އޮތީ ހަމަ އެހެންތޯ ބަލާލެވުނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
ލިބުނު މޮޅައިގެން ޝެއިޚުން ހޮރުތަކުގައި

ލިބުނު މޮޅައިގެން ޝެއިޚުން ހޮރުތަކުގައި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު