Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު މިނިސްޓަރު

ރައީސްގެ އިންޑިއާ ދަތުރުފުޅުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އުއްމީދީ ޚަބަރުތަކެއް ލިބިގެންދާނެ: ހެލްތު މިނިސްޓަރ

16 ޑިސެމްބަރު 2018 | އާދީއްތަ 03:05

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ދުރުވެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 16 ޑިސެމްބަރު 2018 | އާދީއްތަ 03:05
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ރާއްޖެ ޓީވީގެ \"ފަލަސުރުހީ\" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ރާއްޖެ ޓީވީގެ \"ފަލަސުރުހީ\" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އުއްމީދީ އުފާވެރި ޚަބަރުތަކެއް ލިބިގެން ދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅު ވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރައީސް ސޯލިހު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮތް ގުޅުން ވަރުގަދަވެ ޚާއްސަ ގޮތެއްގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ދުރުވެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް އައިސް އެހެން ގައުމުތަކުން ރާއްޖެއަށް ލިބޭ އެހީތެރިކަމާއި ފުރުސަތުތައް ލިބުމުގެ މަގު ވަރަށް ބޮޑަށް ފަހިވެގެން ދާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސް މި ދަތުރުފުޅުގެ ސަބަބުން ސިއްހީ ދާއިރާއާ ގުޅޭ ވަރަށް މުހިންމު އެއްބަސް ވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެނގި ވަޑައިގަންނަވާނެ ރާއްޖޭގެ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކު ވެސް އެންމެ ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމަކީ އެއީ ސަގާފީ ކަމެއް. އަދި ވޭތިވެ ދިޔަ ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް މިވަނީ ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފަ. އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރައީސް އިންޑިއާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަށް އިންޑިއާގެ ބޮޑުވަޒީރު ވަރަށް ބޮޑަށް އިންތިޒާރު ކުރައްވާ ކަމަށާއި އަދި ވަރަށް ބޮޑަތި ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. ބޮޑުވަޒީރު މޯދީ ވަނީ ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންފައެވެ.

ރާއްޖޭގެ ސިޔާސީ މަސަރަހަށް އައި ބަދަލާ ގުޅިގެން ވޭތުވެ ދުވަސްތަކާ ޚިލާފަށް ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ ޚިދުމަތް އަލުން ބައްޓަން ކުރުމަށް އިންޑިއާގެ ފަންނީ ތަޖުރިބާ ވަރަށް ބޮޑަށް ރާއްޖެއަށް ލިބިގެން ދާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް