Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސިޔާސީ މަސްރަހު

ލަންކާގެ ބޮޑު ވަޒީރުކަމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި

15 ޑިސެމްބަރު 2018 | ހޮނިހިރު 13:53

އިސްތިއުފާ ދެއްވީ ރައީސް ސިރިސޭނާއަށް އާ ސަރުކާރެއް އައްޔަނުކުރުމަށް މަގު ފަހި ކޮށްދެއްވަން

އަމަން ހަލީމް
އަމަން ހަލީމް | 15 ޑިސެމްބަރު 2018 | ހޮނިހިރު 13:53
އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ (ވ) އަދި ރައީސް މައިތިރިޕާލަ ސިރިސޭނާ (ކ)

އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ (ވ) އަދި ރައީސް މައިތިރިޕާލަ ސިރިސޭނާ (ކ)

ސްރީލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމުން، މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ރާޖަޕަކްސަ އޭނާގެ އިސްތިއުފާގެ ސިޓީގައި ސޮއި ކުރެއްވީ އޭނާގެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި މީޑިއާގެ ކުރިމަތީގައެވެ.

އިސްތިއުފާއާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި ރާޖަޕަކްސަ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ސިރިސޭނާއަށް އާ ސަރުކާރެއް އައްޔަނުކުރުމަށް މަގު ފަހި ކޮށްދެއްވަން ކަމަށެވެ. އަދި ބޮޑު ވަޒީރުކަމުގެ މަގާމާ ހަވާލުވީ ވަގުތީ ގޮތުން ކަމަށް ވެސް ރާޖަޕަކްސަ ހާމަ ކުރެއްވިއެވެ.

ރާޖަޕަކްސަ އިސްތިއުފާ ދެއްވި އިރު މިދިޔަ ހަފްތާގައި އެ ގައުމުގެ ކޯޓް އޮފް އެޕީލްސްއިން ވަނީ އޭނާއަށް ބޮޑު ވަޒީރުކަމުގެ މަގާމުގެ މައްސޫލިއްޔަތު އަދާކުރުން މަނާކޮށް ކޯޓު އަމުރެއް ނެރެފައެވެ. އެ ދުވަހުން ފެށިގެން ލަންކާގައި ސަރުކާރެއް ނެތުމުގެ ސަބަބުން އެ ގައުމުގެ އަންނަ އަހަރުގެ ބަޖެޓު ފާސް ނުކުރެވިދާނެ ކަމުގެ ބިރު ވެސް އޮތީ ހީވެފައެވެ. ދެ ފަހަރެއްގެ މަތިން ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ވެސް އެ ގައުމުގެ ގާނުނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ އާދީއްތަ ދުވަހުގެ ކޮންމެވެސް ވަގުތެއްގައި މަގާމުން ދުރުކުރެވުނު ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާއި އެކު ސަރުކާރެއް އުފެއްދުމަށް ރައީސް ސިރިސޭނާ ދައުވަތު އަރުވާނެ ކަމަށެވެ. ނަމަވެސް ރައީސް ސިރިސޭނާ ވަނީ ރަނިލް އާއިއެކު ދުވަހަކުވެސް މަސައްކަތް ކުރަން ބޭނުންފުޅު ނުވާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް