Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާާލިއްޔަތު ކޮމިޓީ

ރައީސް ޔާމީނުގެ ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ދިރާސާ ރިޕޯރޓް ފިނޭންސް މިނިސްޓްރީން ހޯދުމަށް ކޮމިޓީން ފާސްކޮށްފި

13 ޑިސެމްބަރު 2018 | ބުރާސްފަތި 12:45

މާލިއްޔަތު ގާނޫނު ބުނާ ގޮތުން ދިރާސާ ރިޕޯރޓް ހުށަހަޅަންޖެހޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 13 ޑިސެމްބަރު 2018 | ބުރާސްފަތި 12:45
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ދިރާސާ ރިޕޯރޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި ނުވާތީ، ފިނޭންސް މިނިސްޓްރީން އެ ރިޕޯރޓް ހޯދުމަށް ބުރާސްފަތި ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުން ފާސްކޮށްފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ އެއްވެސް ލޯނެއްގެ ދިރާސާ ރިޕޯރޓް މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން ފޮނުވާފަ އެއް ނުވެއެވެ. މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ގޮތުގައި ދައުލަތުން އެއްވެސް ދަރަންޏަކަށް ފާއިސާ ނަގަންވާނީ ނުވަތަ ގެރެންޓީ އެއް ދޭންވާނީ އެ ދަރަނި ނެގުމުގެ ސަބަބުން ނުވަތަ ގެރެންޓީ އެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހުގައެވެ.

Advertisement - newsAdvertisement

ކޮމިޓީގެ މެމްބަރުން ވަނީ ސަރުކާރުން ލޯން ނަގާފައިވާއިރު، މާލިއްޔަތު ގާނޫނުގައި ބުނާ ދިރާސާ ރިޕޯރޓް ކޮމިޓީއަށް ހުށަހަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަރުކާރުން ދިރާސާ ރިޕޯރޓް ހުށަހަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު ވިދާޅުވީ ކުރީގެ ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ހަދާފައިވާ ދިރާސާ ރިޕޯރޓްތައް ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ.

"މިހާރު ނަގާފައި ހުރި ލޯނާއި މި ދިހަ ލޯން އެއްކޮށް ސްޓްރެޗް ކޮށްލީމައި ދިހަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓް ކުރާނީ ކޮން އަސަރެއްތޯ ކިހިނެއްތޯ އަޅުގަނޑުމެންގެ ޑެތް ރޭޝިޔޯ އުޅެނީ ކިހިނެއްތޯ. މިއީ ފައިނޭންސް މިނިސްޓަރު ކުރަންޖެހޭ ކަމަކީ. މި ދިރާސާ ހެއްދެވިތޯ. މި އެއްދެވި ކޮބައިތޯ.މި ހުރިހާ ލޯންތަކާއި ގުޅިގެން" ނާޝިދު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ސަރުކާރުން އަމިއްލަ ފަރާތަކަށް 172 މިލިޔަން ޑޮލަރުގެ ސޮވެރިންގ ގެރެންޓީ ދީފައިވާތީ، ސަރުކާރުން އެވަރުގެ ލޯނެއް އަމިއްލަ ފަރާތަކަށް ދީފައިވާ ސަބަބު ފިނޭންސް މިނިސްޓްރީން ހޯދުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީގެ މެމްބަރުން ފާހަގަކޮށްފައި ވަނީ ސަރުކާރުން އެވަރުގެ ބޮޑު ލޯނެއް އަމިއްލަ ފަރާތަކަށް ދޭން ޖެހުނީ ކީއްވެގެންތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެ ވަރުގެ ލޯނެއް އަމިއްލަ ފަރާތަކަށް ދީގެން ސަރުކާރަށް ކުރާނެ ފާއިދާ އަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށް ކޮމިޓީގައި މެމްބަރުންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ދައުލަތުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކުގެ ޕާރފޯމެންސް އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އެންގުމަށް ކޮމިޓީން ފާސްކޮށްފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް