Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެރިސް މުއާހަދާ

ޕެރިސް މުއާހަދާ ތަންފީޒުކުރާނެ އޮނިގަނޑު އެކުލަވާލަން ވަގުތު ކުޑަތަން ވަނީ:ގުޓޭރެސް

މި މުއާހަދާގައި 2015 ވަނަ އަހަރު ދުނިޔޭގެ 190 ގައުމުކުން ވަނީ ސޮއިކޮށްފައި

އަމަން ހަލީމް
އަމަން ހަލީމް | 13 ޑިސެމްބަރު 2018 | ބުރާސްފަތި 03:56
އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް

އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް

ދުނިޔޭގެ 190 ގައުމަކުން ސޮއިކޮށްފައިވާ ޕެރިސް މުއާހަދާ ތަންފީޒު ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑަކަށް އެއްބަސްވާން ޖެހޭ ކަމަށް އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޮނިއޯ ގުޓޭރެސް ވިދާޅުވެއްޖެއެވެ.

މިހާރު ޕޯލެންޑުގައި ކުރިޔަށް ދާ ކޮޕް 24 ސަމިޓަށް ހާޒިރުވެފައި ތިބި 130 ގައުމުގެ މަންދޫބުންނާއި ވާހަކަދައްކަވަމުން ގުޓޭރެސް ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ބައްދަލުވުމުގެ ހުރިހާ ބައިވެރިން އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށެވެ.

ޕެރިސް މުއާހަދާގައި ސޮއި ކުރިތާ ތިން އަހަރު ވެފައިވާއިރު މުއާހަދާގެ ބައިވެރިންނަށް އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ މި މުއާހަދާ ތަންފީޒު ކުރާނެ ގޮތަކާއި ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތުގައެވެ.

ހަފްތާއެއް ވަންދެން ކުރިޔަށް ދިޔަ ވާހަކަތަކުގައި އެދެވޭ ވަރުކަމުގެ ކުރިއެރުމެއް ލިބިފައި ނުވާތީވެ، މިފަހަރުގެ ބައްދަލުވުން ބާއްވާ ޕޮލެންޑުން ބުނެފައި ވަނީ ހުރިހާ ބައިވެރިންނަށް ކަމުދާނެ ގޮތަކަށް މި މުއާހަދާގެ ބަސްމަގު ބަހައްޓައިގެން ފާސްކުރަން އޮތް ވަގުތު ކުޑަތަން ވަމުން ދާކަމަށެވެ.

މޫސުމީ ބަދަލުތަކާއި ބެހޭ ޕެނަލުގެ ރިޕޯޓަކަށް އަލިއަޅުވާލައި ގުޓޭރެސް ވިދާޅުވީ ދުނިޔެ މިހާރަށް ވުރެން 1.5 ޑިގްރީ ސެލްސިއަސް އަށް ހޫނު ވެއްޖެ ނަމަ ބިލިއަން ބަޔަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށެވެ. ހާއްސަކޮށް ޖަޒީރާ ގައުމުތަކަށް ކުރާނެ އަސަރު ބޮޑުކަމަށް އޭނާ ފާހަގަކުރި އެވެ.

މިހާރު ޕޮލެންޑުގެ ކަޓޮވިޒްގައި ކުރިޔަށް ދާ ސަމިޓުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2020

މުއާހަދާއަށްފަހު އީރާނުން އިތުރަށް ނިއުކްލިއަރ އުފައްދާފައިނުވާނެ: ރޫހާނީ

23 ޖެނުއަރީ 2020
މުއާހަދާއަށްފަހު އީރާނުން އިތުރަށް ނިއުކްލިއަރ އުފައްދާފައިނުވާނެ: ރޫހާނީ
21 ޖެނުއަރީ 2020

ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ މުއާހަދާއިން ވަކިވާނެކަމުގެ އިންޒާރު އީރާނުން ދީފި

21 ޖެނުއަރީ 2020
ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ މުއާހަދާއިން ވަކިވާނެކަމުގެ އިންޒާރު އީރާނުން ދީފި
05 ނޮވެމްބަރު 2019

ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވަނީ!

05 ނޮވެމްބަރު 2019
ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވަނީ!
12 ފެބުރުއަރީ 2018

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާއެކު އަލުން ސަރުކާރު އެކުލަވާލަން ރަނިލް މަސައްކަތް ކުރައްވަނީ

12 ފެބުރުއަރީ 2018
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާއެކު އަލުން ސަރުކާރު އެކުލަވާލަން ރަނިލް މަސައްކަތް ކުރައްވަނީ
06 ނޮވެމްބަރު 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމުން ތިމާވެށީގެ ރޮނގުން ވެސް ޗައިނާ ލީޑަރޝިޕް ނަގަނީ

06 ނޮވެމްބަރު 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމުން ތިމާވެށީގެ ރޮނގުން ވެސް ޗައިނާ ލީޑަރޝިޕް ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު