Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުކްލިއަރ

މުއާހަދާއަށްފަހު އީރާނުން އިތުރަށް ނިއުކްލިއަރ އުފައްދާފައިނުވާނެ: ރޫހާނީ

ނިއުކްލިއަރ އުފެއްދުމު އެއްވެސް ވިސްނުމެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2020 | ބުރާސްފަތި 04:48
އިރާންގެ ރައީސް ހަސަން ރޫހާނީ

އިރާންގެ ރައީސް ހަސަން ރޫހާނީ

އީރާނުން އިތުރަށް ނިއުކްލިއަރ އުފައްދާފައިނުވާ ކަމަށް އެގައުމުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

އިރާނުގެ ރައީސް ޙަސަން ރޫޙާނީއާ ޙަވާލާދެއްވައި އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނަށް ނިއުކްލިއަރ އެއްވެސް ޑީލެއް ލިބުނަސް ނުވަތަ ނުލިބުނު ކަމުގައި ވިޔަސް ނިއުކްލިއަރ އުފެއްދުމު އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ ބައިނަލްއަޤުވާމީ މުޢާހަދާއަށްފަހު، އެއްވެސް ނިއުކްލިއަރއެއް އުފައްދާފައިނުވާ ކަމަށެވެ.

ރައީސް ރޫހާނީ މިހެން ވިދާޅުވެފައިވަނީ ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ ބައިނަލްއަޤުވާމީ މުޢާހަދާގައި ސޮއިކޮށްފައިވާ ޔޫރަޕްގެ ބައެއް ގައުމުތަކުން މުއާހަދާއިން ވަކިވާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށްށެވެ.

ރައީސް ރޫހާނީ ވިދާޅުވީ ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ ބައިނަލްއަޤުވާމީ މުޢާހަދާއިން އެމެރިކާއިން ވަކިވުން އެއީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެގޯސް އެހެންގައުމުތަކުން ނުހެދުމަށް އެދޭ ކަމަށެވެ. އަދި މިމުއާހަދާއިން ވަކިވެއްޖަނަމަ ގައުމަށް ފުނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށާއި، ނުކުންނަ ނަތީޖާއެއްގެ ޒިންމާ ނަގަންޖެހޭނީ އެވަކިވާ ގައުމަކުން ކަމަށް ރައީސް ރޫހާނީ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ރޫހާނީ ވިދާޅުވީ އިރާނުން ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ ބައިނަލްއަޤުވާމީ މުޢާހަދާއާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތާގައިވެސް އެގޮތަށް އަމަލުކުރާނެ ކަމަށެވެ. އެގޮތަށް އަމަލުކުރަމުންދާއިރު، މުއާހަދާއިން ވަކިނުވުމަށް ރައީސް ރޫހާނީ ވަނީ އިލްތިމާސްކޮށްފައެވެ.

"ދަ ޓްރީޓީ އޮން ދަ ނޮން-ޕްރޮލިފިކޭޝަން އޮފް ނިއުކްލިއަރ ވެޕަންސް" ނުވަތަ ޢާންމު ނަމުންނަމަ، "ނޮން-ޕްރޮލިފިކޭޝަން ޓްރީޓީ" (އެންޓީޕީ) އަކީ، ނިއުކްލިއަރ ހަތިޔާރާއި އެބާވަތުގެ ޓެކްނޯލޮޖީން ސަލާމަތްވުމާއި، ފެތުރުން ހުއްޓުވުމަށް ބާރު އަޅާ ބައިނަލްއަޤުވާމީ މުއާހަދާއެެކެވެ. 2015 ވަނަ އަހަރާއި ހަމަޔަށް މިމުޢާހަދާގައި ދުނިޔޭގެ 190 ޤައުމަކުން ބައިވެރިވެފައިވެއެވެ. މި މުއާހަދާގައި ބައިވެރިނުވާ އދ ގެ މެންބަރު ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ނިއްކްލިއަރ ބާރުތައް ކަމުގައިވާ ޕާކިސްތާނާއި އިންޑިއާގެ އިތުރުން، އިޒްރޭލާއި، ދެކުނު ސޫދާނެވެ.

އީރާނުން މި މުޢާހަދާގައި ސޮއިކޮށްފައިވަނީ 1968 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި އެޤައުމުން ވަނީ މި މުއާހަދާ ތަޞްދީޤުކޮށް ޢަމަލުވެސް ކުރަން ފަށާފައެވެ. އެހެންނަމަވެސް، އީރާނުން ޔޫރޭނިއަމް ފައްކާކުރުމާއި، އެޓޮމިކް ހަކަތަ އުފައްދާކަމަށް ތުހުމަތުކޮށް ދޭތެރެ ދޭތެރެއިން އެޤައުމާއި ދެކޮޅަށް އދ އިންނާއި، ހުޅަނގުގެ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާމުންދެއެވެ.

"ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮން އެކްޝަން" ނުވަތަ ޢާންމު ނަމުންނަމަ "ދަ އިރާން ނިއުކްލިއަރ ޑީލް" އަކީ އިސްލާމިކް ރިޕަބްލިކް އޮފް އިރާނާއި، އދ ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެންމްބަރު ޤައުމުތައްކަމަށްވާ އެމެރިކާއާއި، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ރަޝިޔާއާއި ޗައިނާ އަދި ޖަރުމަން ވިލާތާއި ވިލާތު އިއްތިހާދު ގުޅިގެން އީރާނުގެ ނިއްކްލިއަރ ޕްރޮގުރާމު ވަކި އޮނިގަނޑެއްގެ ދަށުން ކޮންޓްރޯލް ކުރުމަށް އެކުލަވާލި އެއްބަސްވުމެކެވެ. މިހުރިހައި ޤައުމަކުން މިކަމަށް އެއްބަސްވެ، މި ތަންފީޒުކުރަމުން ދަނިކޮށް 2018 ވަނަ އަހަރު އެމެރިކާއިން ވަނީ މި އެއްބަސްވުމުން ވަކިވެފައެވެ. އެއްބަސްވުމުގައި ހިމެނޭ ހުޅަނގުގެ ބާރުތަކުން އީރާނަށް މިހާރު ފާޑުކިޔާ، މައްސަލަ ފެންމަތިކޮށްގެން އުޅެނީ އީރާނުން މިއޮނިގަނޑުގައި ހިމެނޭ ކަންކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރާކަމަށް ބުނެއެވެ. އެހެންނަމަވެސް އީރާނުން މިކަމާއި އެއްބަހެއް ނުވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާއާށް އެތެރެވާ ފަސިންޖަރުން އިތުރަށް ސްކްރީން ކުރަނީ

އެމެރިކާއާށް އެތެރެވާ ފަސިންޖަރުން އިތުރަށް ސްކްރީން ކުރަނީ

27 އޮކްޓޯބަރު 2017
މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

06 އޮކްޓޯބަރު 2017
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި

އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި

03 ސެޕްޓެމްބަރު 2017
ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ

ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ

12 ޖުލައި 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު