Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި

ދުނިޔޭގެ ޤައުމުތަކުން ދަނީ އެމެރިކާއިން އެއެއްބަސްވުން ދެމެހެއްޓުމަށް ޕްރެޝަރ ކުރަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 ޖޫން 2017 | ހުކުރު 00:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް:ޕެރިސް އެގްރީމެންޓުން ބޭރުވާން ވަނީ ނިންމާފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް:ޕެރިސް އެގްރީމެންޓުން ބޭރުވާން ވަނީ ނިންމާފައި

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ދުނިޔޭގެ ގަައުމުތަކުން ޕެރިހުގައިވި އެއްބަސްވުމުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

އެޤައުމުން އެގޮތައް އިއުލާން ކުރެއްވީ ބުރާސްފަތި ދުވަހުގެރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.

ޓްރަމްޕް މިގޮތަށް ނިންމާފައި މިވަނީ އެމެރިކާގެ އެ ނިންމުމާ ދެކޮޅަށް ތެދުވުމަކީ "ޔޫރަޕްގެ ޒިންމާއެއް"ކަމަށް ޔޫރަޕިއަން ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވަނިކޮށެވެ.

ދުނިޔޭގެ 195 ގައުމަކުން ސޮއިކޮށްފައިވާ ޕެރިސް އެއްބަސްވުމުން ބޭރުވުމަށް ޓްރަމްޕް ނިންމާފައިވާއިރު ދުނިޔޭގެ ޤައުމުތަކުން ދަނީ އެމެރިކާއިން އެއެއްބަސްވުން ދެމެހެއްޓުމަށް ޕްރެޝަރ ކުރަމުންނެވެ.

ޓްރަމްޕް ވިދާޅުވީ އެމަނިކުފާނުގެ ދައުރަކީ އެމެރިކާއާއި އެމެރިކާގެ ރައްޔިތުން ދިފާއު ކުރުން ކަމަށާއި އެހެންކަމުން ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވާނެ ކަމަށެވެ.

"އެކަމަކު ވާހަކަ ދެއްކިދާނެ އެއެއްބަސްވުމާމެދު ނުވަތަ އާ އެއްބަސްވުމަކަށް. އެކަމަކު އެއެއްބަސްވުން ވާން ޖެހޭނެ އެމެރިކާއަށް އިންސާފްވެރި އެއްބަސްވުމަކަށް" ވައިޓް ހައުސްގެ ރޯސްގާޑްން ގައި ހުންނަވައިގެން ޓްރަމްޕް ވިދާޅުވިއެވެ.

ޔޫރަޕިއަން ކޮމިޝަނުގެ ރައީސް ޖީން ކްލައުޑީ ޖަންކަރ ބުދަދުވަހު ވިދާޅުވީ "އެމެރިކާއަށް ހަމަ އެހެން މި އެއްބަސްވުމުން ނުނިކުމެވޭނެ" ކަމަށައި "އެކަމުން ނުކުތުމަށް ތިނެއް ނޫނީ ހަތަރު އަަހަރު ނަގާނެ" ކަމަށެވެ.

ބާލިންގައި އޮތް ކޮންފެޑެރޭޝަން އޮފް ޖަރމަން އެމްޕްލޮޔަރސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެމެރިކާގެ ސަރުކާރަށް މަލާމާތުގެ ރާގެއްގައި ޖަންކަރ ވިދާޅުވީ"ލިޔެފައިވާ ބައިނަލްއަގްވާމީ ކޮންމެ އެއްބަސްވުމަކީ ފޭކް ނިއުސްއެއް ނޫން" ކަމަށެވެ.

އޭނާ ވިދާޅުވީ ޕެރިސް އެއްބަސްވުމުން ރައީސް ޓްރަމްޕް ބޭރުވެ ވަޑައިގެންފި ނަމަ އެއީ އެކަން މަސައްކަތްކުރާނެ ގޮތް ނޫން ކަމަށް ޖެހިގެން އަންނަ ދުވަހު ނުވަތަ ގަޑިއިރުތަކުގެ ތެރޭ ބުނެދިނުމަކީ ޔޫރަޕްގެ ޒިންމާއެއް ކަމަށެވެ.

ޓްރަމްޕްގެ މިނިންމުން ނިންމަވާފައިވަނީ މިވާހަކަތައް މިގޮތައް ދެކެވިފައިވަނިކޮށެވެ.

ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ކުޑަކުރުމަށް ދުނިޔޭގެ ގައުމުތަކުން ވަނީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު