Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ނިއްކްލިއަރ ޕްރޮގުރާމް

ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ މުއާހަދާއިން ވަކިވާނެކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުން މި މުޢާހަދާގައި ސޮއިކޮށްފައިވަނީ 1968 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2020 | އަންގާރަ 12:33
އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފް

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފް

ހުޅަނގުގެ ބާރުތަކުން، އިރާނުގެ ނިއުކްލިއަރ ޙަރަކާތްތަކާއި ބެހޭ އެއްވެސް މައްސަލައެއް އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފިނަމަ، ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ ބައިނަލްއަޤުވާމީ މުޢާހަދާއިން ވަކިވާނެކަމުގެ އިންޒާރު އިރާނުން ދީފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާ ގޮތުގައި، "ޓްރީޓީ އޮން ދަ ނޮން-ޕްރޮލިފިކޭޝަން އޮފް ނިއުކްލިއަރ ވެޕަންސް" ނުވަތަ ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ ބައިނަލްއަޤުވާމީ މުޢާހަދާއިން ވަކިވާނެކަމުގެ އިންޒާރު ދެެއްވާފައިވަނީ، އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފެވެ. ޒާރިފު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ވިލާތުގެ ޤައުމުތަކުން 2015 ވަނަ އަހަރު އީރާނާއެކު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް އީރާނަށް ފާޅުގައި ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ޤައުމީ ޓީވީން ބްރޯޑްކާސްޓު ކުރި އިންޓަރވިއުއެއްގައި ޒާރިފު ވިދާޅުވީ، ވިލާތު އިއްތިހާދު މެދުވެރިވެ 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުން އެމެރިކާއިން ބަހަނާތަކެއް ދައްކާފައި ވަކިވިފަހުންވެސް، އީރާނުން އެދެވިގެންވާ ގޮތެއްގައި އެ އެއްބަސްވުން ތަންފީޒުކުރުމުގައި ދެމިތިބިކަމަށެވެ. އަދި މިހާރު ވިލާތު އިއްތިހާދުގެ ޤައުމުތަކުން، ވަކިން ޚާއްޞަކޮށް އެއްބަސްވުމުގައި ހިމެނޭ ދުނިޔޭގެ ބާރުތަކުން އީރާނަށް ތުހުމަތުކުރަމުންދާތީ، އީރާނުގެ ޚާރިޖިއްޔާއިން އެކަމާއި ބެހޭ މަޝްވަރާތަކެއް ކުރިޔަށްގެންދާކަމަށެވެ. އަދި އެޤައުމުތަކުން އީރާނަށް ތުހުމަތުގެ އިނގިލި ދިއްކުރިނަމަވެސް، އީރާނުން ނިއުކްލިއަރ އެއްބަސްވުމާއި އެއްވެސް ޙާލެއްގައި ޚިލާފުނުވާކަމުގެ ޔަޤީންކަން ޒާރިފު ވަނީ ވިދާޅުވެފައެވެ.

އީރާނުން މީގެކުރިން ބުނެފައިވަނީ، ވިލާތު ޤައުމުތަކުގެ ޢަމަލުތައް ހުންނަ ގޮތުން އެއްބަސްވުން މުރާޖަޢާކުރާއިރު، އީރާނުން އެޤައުމަށް މަންފާވާގޮތައް ޝަރުޠުތަކެއް ކަނޑައަޅާނެކަމަށެވެ. އެހެންނަމަވެސް އެކަމާމެދު ސަރުކާރުން ގޮތެއް ނުނިންމެނީއަސް އަނެއްކާވެސް ވިލާތު ޤައުމުތަކުން އީރާނާއި ދެކޮޅަށް އދ އަށް މައްސަލައެއް ވައްދަން އުޅޭ ކަމުގެ ޚަބަރު މިވަނީ ފެންމަތިވެފައެވެ. އދ ގެ ސަލާމަތީ މަޖިލީހަށް އިރާނުގެ ނިއްކްލިއަރ ހަރަކާތްތަކާއި ބެހޭ މައްސަލައެއް ވައްދައިފިނަމަ އެޤައުމަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ވަރަށް ގާތްކަމަށް ބައިނަލްއަޤުވާމީ މަޞްރަޙު ދިރާސާކުރާ މުޙައްލިލުން ވިދާޅުވެއެވެ.

މިކަމަށް އިޝާރާތް ކުރައްވާ ޤައުމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފު ވިދާޅުވީ، އެއްވެސް ބަހަނާއެއް ދައްކާ، ވިލާތުގެ ޤައުމުތަކުން އދ ގެ ސަލާމަތީ މަޖިލީހަށް އެޤައުމުގެ ނިއްކުލިއަރ ޙަރަކާތާއި ބެހޭ އެއްވެސް މައްސަލައެއް ވައްދައިފިނަމަ، ނިއުކްލިއަރ އެއްބަސްވުމުން ބޭރުވާނެކަމަށެވެ. އޭނާ ވިދާޅުވީ، 2015 ގެ އެއްބަސްވުމުގެ ދަށުން އީރާނުން އެޤައުމަށް ލާޒިމުވާ ކަންކަން ކުރަމުން އަންނައިރު، އެއްބަސްވުމުގައި ހިމެނޭ ޤައުމުތަކުން އީރާނާއި ދެކޮޅަށް ތެދުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ހުޅަނގުގެ ބާރުތަކާއެކު ވެފައިވާ އެއްބަސްވުމަކާއި ގުޅުވައިގެން އީރާނަށް ފިއްތުންތައް ކުރިމަތިކުރުމުގެ ބޭނުމުގައި އދ އަށް މައްސަލައެއް ވައްދާއިރު، އީރާނުންވެސް އެކަމާއި ފުންކޮށް ވިސްނާނެކަމަށެވެ. އަދި ނިއުކްލިއަރ ހަތިޔާރު ހުއްޓުވުމުގެ ބައިނަލްއަޤުވާމީ މުޢާހަދާއިން ވަކިވާނެކަމަށާއި، އަދި ވަކިވުމުގެ ކުރިންވެސް އީރާނުން އެކަށީގެންވާ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޒާރިފްވަނީ ދެއްވާފައެވެ.

"ދަ ޓްރީޓީ އޮން ދަ ނޮން-ޕްރޮލިފިކޭޝަން އޮފް ނިއުކްލިއަރ ވެޕަންސް" ނުވަތަ ޢާންމު ނަމުންނަމަ، "ނޮން-ޕްރޮލިފިކޭޝަން ޓްރީޓީ" (އެންޓީޕީ) އަކީ، ނިއުކްލިއަރ ހަތިޔާރާއި އެބާވަތުގެ ޓެކްނޯލޮޖީން ސަލާމަތްވުމާއި، ފެތުރުން ހުއްޓުވުމަށް ބާރު އަޅާ ބައިނަލްއަޤުވާމީ މުއާހަދާއެެކެވެ. 2015 ވަނަ އަހަރާއި ހަމަޔަށް މިމުޢާހަދާގައި ދުނިޔޭގެ 190 ޤައުމަކުން ބައިވެރިވެފައިވެއެވެ. މި މުއާހަދާގައި ބައިވެރިނުވާ އދ ގެ މެންބަރު ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ނިއްކްލިއަރ ބާރުތައް ކަމުގައިވާ ޕާކިސްތާނާއި އިންޑިއާގެ އިތުރުން، އިޒްރޭލާއި، ދެކުނު ސޫދާނެވެ.

އީރާނުން މި މުޢާހަދާގައި ސޮއިކޮށްފައިވަނީ 1968 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި އެޤައުމުން ވަނީ މި މުއާހަދާ ތަޞްދީޤުކޮށް ޢަމަލުވެސް ކުރަން ފަށާފައެވެ. އެހެންނަމަވެސް، އީރާނުން ޔޫރޭނިއަމް ފައްކާކުރުމާއި، އެޓޮމިކް ހަކަތަ އުފައްދާކަމަށް ތުހުމަތުކޮށް ދޭތެރެ ދޭތެރެއިން އެޤައުމާއި ދެކޮޅަށް އދ އިންނާއި، ހުޅަނގުގެ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާމުންދެއެވެ.

"ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮން އެކްޝަން" ނުވަތަ ޢާންމު ނަމުންނަމަ "ދަ އިރާން ނިއުކްލިއަރ ޑީލް" އަކީ އިސްލާމިކް ރިޕަބްލިކް އޮފް އިރާނާއި، އދ ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެންމްބަރު ޤައުމުތައްކަމަށްވާ އެމެރިކާއާއި، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ރަޝިޔާއާއި ޗައިނާ އަދި ޖަރުމަން ވިލާތާއި ވިލާތު އިއްތިހާދު ގުޅިގެން އީރާނުގެ ނިއްކްލިއަރ ޕްރޮގުރާމު ވަކި އޮނިގަނޑެއްގެ ދަށުން ކޮންޓްރޯލް ކުރުމަށް އެކުލަވާލި އެއްބަސްވުމެކެވެ. މިހުރިހައި ޤައުމަކުން މިކަމަށް އެއްބަސްވެ، މި ތަންފީޒުކުރަމުން ދަނިކޮށް 2018 ވަނަ އަހަރު އެމެރިކާއިން ވަނީ މި އެއްބަސްވުމުން ވަކިވެފައެވެ. އެއްބަސްވުމުގައި ހިމެނޭ ހުޅަނގުގެ ބާރުތަކުން އީރާނަށް މިހާރު ފާޑުކިޔާ، މައްސަލަ ފެންމަތިކޮށްގެން އުޅެނީ އީރާނުން މިއޮނިގަނޑުގައި ހިމެނޭ ކަންކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރާކަމަށް ބުނެއެވެ. އެހެންނަމަވެސް އީރާނުން މިކަމާއި އެއްބަހެއް ނުވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

15 ޖޫން 2017
 ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ

ސައުދީ އަށް ރައީސް ޓްރަމްޕް ހަތިޔާރު ވިއްކުމަށް ނިންމެވި ނިންމުމަށް ސެނެޓުގެ ހަނި އަގުލަބިއްޔަތަކުން ތާއީދު ލިބިއްޖެ

14 ޖޫން 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު