Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ނައިޓް

ފިޔާޒަށް ލިބުނު ރަންގަލަން ރާއްޖެޓީވީގެ މުއައްޒަފުންނަށް

12 ޑިސެމްބަރު 2018 | ބުދަ 11:47

ފުރަތަމަ ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތީ އާފަތިސް ނޫހުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 ޑިސެމްބަރު 2018 | ބުދަ 11:47
ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ

ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ

ރާއްޖެޓީވީގެ ކުރީގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) ހުސައިން ފިޔާޒް މޫސާއަށް ނޫސްވެރިކަމުގެ ދާއިރާއިން ލިބުނު ރަންގަލަން ރާއްޖެޓީވީގެ މުއައްޒަފުންނަށް ހަދިޔާ ކޮށްފިއެވެ.

ރަންގަލަން ހަދިޔާ ކުރުމަށްފަހު ފިޔާޒު ވިދާޅުވީ އެ ގަލަން ރާއްޖެޓީވީގެ ނޫސްވެރިންނަށް ހަދިޔާ ކުރީ ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރު ދިވެހި ހުރިހާ ނޫސްވެރިން ކުރި މަސައްކަތަށްވުރެ ވެތުވެދިޔަ 7 އަހަރު ރާއްޖެޓީވީގެ ނޫސްވެރިން ކުރި މަސައްކަތަކީ މާބޮޑު ޤުރުބާނިއަކަށް ވުމުންކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ރާއްޖެޓީވީގެ ހުރިހާ ސްޓާފުންނަށް ރޭގަ އަޅުގަނޑަށް ލިބުނު ޝަރަފުގެ އެވޯޑު ހަދިޔާ ކުރަން ނިންމީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި ވޭތުވެދިޔަ 75 އަހަރު ދިވެހި ހުރިހާ ނޫސްވެރިން ކުރި މަސައްކަތަށްވުރެ މާ ބޮޑު ގުރުބާނީއެކޭ މި ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ކުރީ. ހަމަ ޖަލަށް ލާއިރަށް ނިކުމެގެން ދުއްވައިގަންނަނީ މަގުމައްޗަށް ނުވަތަ ލިޔުމުގައި. ޖޫރިމަނާ ކުރާއިރަށް ޖެހިގެން އަންނަ ދުވަހު ޖޫރިމަނާ ދެއްކުމަށްފަހު އަނެއްކާވެސް މަސައްކަތުގައި. ފަހަތަށް ޖެހުމެއް ނެތި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިތަނުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ އަޅުގަނޑަށް މި ޝަރަފު ލިބުނު ކަމުގައި ވިއަސް އެންމެ ހައްގުވެރި ފަރާތަކީ ރާއްޖެޓީވީގެ މުވައްޒަފުންނޭ،" ފިޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ހިދުމަތް ކޮށްދިނުމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދެވޭ ނޫސްވެރިކަމުގެ ރަން ގަލަން ފިޔާޒަށް ލިބުނީ ނޫސްވެރިކަމުގެ އަލިމަސްޔޫބިލް ފާހަގަކުރުމަށާއި، ވޭތުވެ ދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ލިބުނު ފަރާތްތަކަށް އިނާމު ދިނުމަށް ދަރުބާރުގޭގައި އަންގާރަ ދުވަހު ބޭއްވި ހަފްލާގައެވެ.

ފިޔާޒު އެންމެ ފުރަތަމަ ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތީ އާފަތިސް ނޫހުންނެވެ. އެއަށްފަހު ފިޔާޒު ވަނީ ހަވީރު ނޫހުގައި ވެސް މަސައްކަތްކޮށްފައެވެ. އަދި ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ވަނީ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރކަން ވެސް ކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް