Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޑީސަލުން ޑިއުޓީ ކަނޑާލުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

ބިލު ބަލައިގަތީ 56 މެމްބަރުންގެ ވޯޓުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޑިސެމްބަރު 2018 | އަންގާރަ 10:07
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މަޖިލީހުގެ ތަޅުމުގައި

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މަޖިލީހުގެ ތަޅުމުގައި

މަސްވެރިކަން ކުރާ މަސްދޯނިތަކާއި، ކަރަންޓު ދޭ ތަންތަނުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އިމްޕޯރޓް ޑިއުޓީ ކަނޑާލުމުގެ ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ އިމްޕޯރޓް އެކްސްޕޯރޓް ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށައެޅުއްވި މި ބިލު ބަލައިގަތުމަށް ފާސްވެފައި ވަނީ 56 މެމްބަރުންގެ ވޯޓުންނެވެ.

ތެލުން ޑިއުޓީ ކަނޑާލުމުން ދައުލަތަށް ލިބޭ އާމްދަނީ މަދުވާނެ ކަން ފާހަގަ ކުރައްވަމުން މުސްތަފާ ވިދާޅުވީ، އެކަމުގެ މަންފާ ރައްޔިތުންނަށް ފުރިހަމައަށް ލިބޭކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

"ދެން މިހެން ކުޑަކުރެވޭ އެއްޗެހި ރައްޔިތުންނާއި ހަމައަށް ފޯރާތޯ ބެލުންވެސް އެއީ ސަރުކާރުގެ ކަމެއް. އަޅުގަނޑު ގޮވާލަން އިކޮނޮމިކް މިނިސްޓްރީން މި އަގު ކޮންޓްރޯލް ކުރަން މިފަދަ އެއްޗެހިން ކަނޑާލުމުން އަގު ކޮންޓްރޯލް ކުރާނެ ބޯރޑެއް އިކޮނޮމިކް މިނިސްޓްރީ ފަދަ ތަނެއްގައި ބޭއްވުން. އެއީ ވަރަށް މުހިއްމު ކަމެއް" މުސްތަފާ ވިދާޅުވިއެވެ.

މި ބިލަށް ގިނަ މެމްބަރުންތަކެއް ތާއީދު ކޮށްފައިވާއިރު، ތެލުގެ އަގު ހެއުކުރާނެ އުސޫލެއް ޤާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށް ގިނަ މެމްބަރުންތަކެއް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ، މި ބިލުގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮވެގެން ނުވާނެ ކަމަށާއި، ޑިއުޓީ ކަނޑާލެވިގެންދާ ގޮތުގެ ތަފްސީލު ބަޔާން ކުރެވިގެންވާނެ ކަމަށެވެ.

" ކޮން ބަޔަކަށްތޯ މި އަގު ހެއުވެގެންދަނީ. ދަތުރުވެރިންނަށް އަގު ހެޔޮ ވޭތޯ، އަމިއްލައަށް ކަރަންޓު އުފައްދާ ފަރާތްތަކަށް ޑިއުޓީ މާފު ކުރެވޭ ވާހަކަ އެބަ ބުނޭ. މިހާރު އަމިއްލަ ފަރާތްތަކެއް ނޫޅޭ މި ޚިދުމަތް ފޯރުކޮށްދޭ. އެހެން ނަމަވެސް ރިސޯރޓް ތަކުން އެބަ ބޭނުންކުރޭ. އެހެންވީމަ މި އިސްލާހު އައުމާ ގުޅިގެން މުޅި ރާއްޖޭގަ ތެލުގެ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ދިހަ ޕަސެންޓުގެ އަގު ހެއުވުމެއް ނޫނީ ޑިއުޓީ މާފްކުރެވިގެންތޯ މި ދަނީ. މިކަންކަން އެބަ ޖެހޭ ތަފްސީލް ވާން" ރިޔާޒު ވިދާޅުވެފައިވެއެވެ.

މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ އެއް މަސް ތެރޭގައި ކަނޑާލުމާއި، ކަރަންޓުގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވީ، މިއީ ރައްޔިތުންނަށްޓަކައި ކޮށްދެއްވާ ކަމެއް ކަމަށާއި، އެސްޓީއޯފަދަ ސަރުކާރުގެ ކުންފުނިތައް ހިންގަން ޖެހެނީ ރައްޔިތުންނަށް ބޮޑު އަގުގައި ތެޔޮ ވިއްކައިގެން ނޫން ކަމަށެވެ.

"ވިޔަފާރީގެ ސިނާއަތެއްގައި ވިޔަފާރީގެ މާހައުލެއްގައި ކުންފުނި ހިންގަން ޖެހޭނީ. ރާއްޖޭގެ އެންމެނަށް ތެޔޮ ގެނެވި ތެޔޮ އެއީ އެންމެނަށް އަގުހެއު އެއްޗަކަށް ހަދަން ޖެހޭ. ތެލުން ނަގާ ބޮޑު ފައިދާއިން މުޅި އެސްޓީއޯ ހިންގަމުން އެ ދަނީ. މިކަން މިހެން ވެގެން ނުވާނެ. މި ސަރުކާރުން މިކަންކަމާ ވިސްނާނެ. މިކަންކަމާ އަޅަންޖެހޭ ފިޔަވަޅު އަޅާނެ. ރައްޔިތުންގެ ޤައުމެއް މި ޤައުމުގާ ރައްޔިތުންގެ ބަސް އޮންނާނީ. ރައްޔިތުން ބޭނުންވާ ގޮތަކަށް މި ޤައުމުގެ ކަންކަން ހިނގަމުން ދާނީ. ހުރިހާ އެއްޗަކުން އަޅުގަނޑުމެން ޑިއުޓީ ކަނޑާލާނަން. ހާސްނުވޭ" ޢަފޫރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު