Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއއ އުކުޅަސް

ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާ ފުރަތަމަ ރަށަކަށް އުކުޅަސް!

8 ޑިސެމްބަރު 2018 | ހޮނިހިރު 08:58

ގެސްޓް ހައުސްތަކުގައި ފެން ފިލްޓަރ ކުރެވޭނެ ގޮޮތް ހަދަނީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޑިސެމްބަރު 2018 | ހޮނިހިރު 08:58
ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް އިޤުރާރުގައި ސޮއިކުރުން

ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް އިޤުރާރުގައި ސޮއިކުރުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ނުވަތަ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާ ފުރަތަމަ ރަށަކަށް ވުމަށް، އެބާވަތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން އއ. އުކުޅަހުގެ ހުރިހާ މުއައްސަސާތަކުން ނިންމައިފިއެވެ.

މިގޮތަށް ނިންމަވާފައި ވަނީ އެރަށު ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކާއި، ކުންފުނިތަކުގެ އިތުރުން ހުރިހާ ގެސްޓްހައުސް ތަކުން އެއްބަސްވެ ހޮނިހިރު ދުވަހު އިޤުރާރެއްގައި ސޮއި ކުރެއްވުމަށްފަހުއެވެ.

Advertisement - newsAdvertisement

"ސިންގަލް-ޔޫސް-ޕްލާސްޓިކް" ބޭނުންކުރުން ހުއްޓާލުމުގެ އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ:ރާއްޖެއެމްވީ

އެކަމާ ގުޅޭ ގޮތުން ރާއްޖެެއެމްވީއަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ، މިގޮތަށް ނިންމެވީ މުޅި ރާއްޖެ ސާފު ކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތާ ގުޅިގެން ރާއްޖެތެރެއިން އެންމެ ފުރަތަމަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލާ ރަށަކަށް އުކުޅަސް ހެދުމަށް ކަމަށެވެ.

ޝައުކަތު އިތުރަށް ވިދާޅުވީ އެރަށު ގެސްޓް ހައުސްތަކުގައި ފެން ފިލްޓަރ ކުރުމުގެ ނިޒާމް ގެސްޓު ހައުސްތައް ހިންގާ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި ޤާއިމުކުރެވިގެން ދާނެ ކަމަށާއި، އެހެން މުއައްސަސާ ތަކުގައި ކައުންސިލުގެ ޚަރަދުގައި މި ސިސްޓަމް ޤާއިމު ކުރެވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ފެން އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުންކުރަން ފަށާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ފުޅި ފޯރުކޮށްދޭނީ ކައުންސިލުގެ ފަރާތުން ކަމަށްވެސް ޝައުކަތު ވިދާޅުވިއެވެ. އަދި އުކުޅަހު ކައުންސިލާ އެކި މުއައްސަސާތައް އެއްބަސްވެ ނިންމާފައިވާ މި ނިންމެވުމަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބޭ ކަމަށްވެސް ޝައުކަތު ވިދާޅުވެފައިވެއެވެ.

ތިމާވެއްޓާ ގުޅޭ ގިނަ މަޝްރޫތަކެއް ހިންގާ މި ރަށަކީ ކުނި މެނޭޖް ކުރުމަށްވެސް ބޮޑު އިސްކަމެއް ދެއްވާ ރަށެކެވެ. އެގޮތުން ކުނި މެނޭޖުކުރުމާ ގުޅޭ ގޮތުން އެހެން ރަށްރަށުގެ ކައުންސިލްތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައިދީ 78 ކައުންސިލަރުން ތަމްރީނު ކޮށްދީފައިވާއިރު، ތިމާވެށީގެ ދާއިރާއިން އަގުހުރި ޚިދުމަތްތައް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފެހިފަތް އެންމެ ފުރަތަމަ ހާސިލުކޮށްފައިވާ ރަށަކީވެސް އުކުޅަހެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
08 މާރިޗު 2017

ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!

08 މާރިޗު 2017
 ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް