Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑައިވަރު ގެއްލުން

ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!

ޖެކެޓާއި ޑައިވިންގ ފުޅި ފެނިފައިވަނީ ފުވައްމުލަކާ 50 މޭލު ބޭރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 22:19
ޑައިވިނަށްފިޔަ ފަތުރުވެރިޔާ ބޭނުންކުރިކަމަށް ބެލެވޭ ޖެކެޓާއި ޑައިވިންގ ފުޅި

ޑައިވިނަށްފިޔަ ފަތުރުވެރިޔާ ބޭނުންކުރިކަމަށް ބެލެވޭ ޖެކެޓާއި ޑައިވިންގ ފުޅި

ފުވައްމުލަކު ޑައިވިން ޕޮއިންޓަށް ޑައިވްކުރި ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެމީހާ ބޭނުން ކުރިމަށް ބެލެވޭ ޖެކެޓާއި ޑައިވިންގ ފުޅިއެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ބުދަ ދުވަހު ވިދާޅުވީ ޑައިވިނަށްދިޔަ ފަތުރުވެރިޔާ، ގެއްލިގެން ހޯދަމުންދާ ސަރަހައްދާ ކައިރިން ޑައިވިންގ ޖެކެޓަކާއި ޑައިވިންގ ފުޅިއެއް އޮޔާދަނިކޮށް ފެނިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އެ ތަކެތި ފެނިފައިވަނީ، ފުވައްމުލަކު "ދަނޑިމަގު ފަންނު"އާ ގާތްގަނޑަކަށް 50 މޭލު ބޭރުން އެސަރަހައްދުން ދަތުރު ކުރަމުންދިޔަ "އުފާ" ނަމަކަށް ކިޔާ މަސްދޯންޏަކަށް ކަމަށެވެ. އަދި އެ ދޯންޏަށް އެތަކެތި ފެނިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 7:50 ހާއިރުކަމަށާއި އެތަކެތި ފެނުނު ދޯނިން އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ފުލުހުންނާ ހަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.

އާޒިމް ވިދާޅުވީ އެތަކެތި ފެނިފައިވީ ނަމަވެސް ޑައިވިނަށްދިޔަ މީހާ އަދިވެސް ނުފެންނަ ކަމަށެވެ.

ހޯދަމުންދާއިރު އަދި ވެސް އެމީހާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ޑައިވިނަށްދިޔަ ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާއަށް އެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ އާދިއްތަ ދުވަހު އިރުއޮއްސި 6:00 ޖަހާއެހާކަން ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލުނު ޓޫރިސްޓް ހޯދުމުގެ މަސައްތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ސަދަން އޭރިއާގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ގެއްލުނު މީހަކީ އުމުރުން 45 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޑައިވްއަށް ދިޔައީ (ޕްރިންސް އޯލްޑްރޭ) ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން އަތުލި ބަނގުރާ ފުޅިތަކެއް އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ފުލުހުން އަތުލި ބަނގުރާ ފުޅިތަކެއް އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

28 ޑިސެމްބަރު 2017
ރަސްދޫ ޑައިވިންގ ސްކޫލެއްގައި ރޯވެ، އަނދާ ހުލިވެއްޖެ

ރަސްދޫ ޑައިވިންގ ސްކޫލެއްގައި ރޯވެ، އަނދާ ހުލިވެއްޖެ

15 ނޮވެމްބަރު 2017
ކ. ގުރައިދޫ ކައިރީގައި އޮތް ޑައިވިންގ ދޯންޏެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ!

ކ. ގުރައިދޫ ކައިރީގައި އޮތް ޑައިވިންގ ދޯންޏެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ!

04 ނޮވެމްބަރު 2017
ޤާނޫނު އަސާސީއަށް ބުއްފުޅި ޖައްސާނެ މީހަކު ބޭނުމެއް ނުވޭ: ޝާހިދު

ޤާނޫނު އަސާސީއަށް ބުއްފުޅި ޖައްސާނެ މީހަކު ބޭނުމެއް ނުވޭ: ޝާހިދު

19 ޖުލައި 2017
މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

20 ޖޫން 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު