Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓު ކެނޑުން

މ.މަޑުއްވަރީން ކަރަންޓު ކެނޑުމުގެ މަައްސަލައަށް ހައްލެއް ނުލިބިފައި

7 ޑިސެމްބަރު 2018 | ހުކުރު 07:46

ކަރަންޓު ކެނޑިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޑިސެމްބަރު 2018 | ހުކުރު 07:46
މ.މަޑުއްވަރީން ކަރަންޓު ދިއުމާ ގުޅިގެން މުޒާހަރާ ކުރުން

މ.މަޑުއްވަރީން ކަރަންޓު ދިއުމާ ގުޅިގެން މުޒާހަރާ ކުރުން

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކަރަންޓު ކެނޑިފައިވަނީ ހުކުރު ދުވަހު ހެނދުނު 8:00 އިން 10:15 އާއި ދޭތެރޭ ވަގުތެއްގައެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އެރަށުގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކަރަންޓު ދޭން ބޭނުންކުރާ 3 ޖެނެރޭޓަރވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، ޖެނެރޭޓަރު ތަކުގެ "ޓެމްޕަރޭޗަރ ސެންސަރ" ހަލާކުވެގެން އެކަމަށް ހައްލެއް ހޯދަން އެދިފައިވާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ކުރިން އަތޮޅު ކައުންސިލަރަކަށް އުޅުއްވި އިބްރާހިމް ނިޝާމް (ކައުންޓޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިޝާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ތެރޭގައި އެރަށަށް ޖެނެރޭޓަރެއް ހަދިޔާކޮށްފައިވާ ކަމަށާއ، ނަމަވެސް 2 ހަފްތާ ނުވަނިސް އެ ޖެނެރޭޓަރުގެ ޓެމްޕަރޭޗަރ ސެންސަރ ހަލާކުވެފައިވާ ކަމަށެވެ. އަދި މިވަގުތު ކަރަންޓު އައިސްފައިވާ ނަމަވެސް މިއީ ދާއިމީ ހައްލެއް ނޫން ކަމަށް ނިޝާމް އިތުރަށް ވިދާޅުވިއެވެ.

މިހާރު ކަރަންޓު އަނބުރާ އައިސްފައިވާއިރު، މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން މ.މަޑުއްވަރީ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ އަހުމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ.

މ.މަޑުއްވަރީން ކަރަންޓު ދިއުމުގެ ސަބަބުން މިދިޔަ އަހަރުވެސް ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރަށުގެ އާ އިމާރާތަށް ޖަނަރޭޓަރުތައް ބަދަލުކުރި ފަހުން އެ ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށާއި، އިރުއިރުކޮޅާ ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ސޫކުލްތަކުގެ ކޮމްޕިއުޓަރު ތަކަށާއި ކަރަންޓު ސާމާނުތަކަށް އެކި ވަރުގެ ގެއްލުންތައް މިދިޔަ އަހަރުވެސް ލިބިފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ މިދިޔަ އަހަރު ރައްޔިތުން އިންޖީނުގެ ދޮށަށް އެއްވެ ވަނީ މުޒާހަރާވެސް ކޮށްފައެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

19 މެއި 2017

އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް

19 މެއި 2017
އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް