Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ އަށް ލިބުނު ގެއްލުން

އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް

19 މެއި 2017 | ހުކުރު 18:49

މިހާރު މަސައްކަތް ކުރާ އުސޫލުން މަސައްކަތް ކުރާނަމަ ދާއިމީ ހައްލު ލިބުން ލަސްވެދާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 19 މެއި 2017 | ހުކުރު 18:49
އެމްޑީޕީގެ ފަރާތުން ހާލުގައި ޖެހުނު ރައްޔިތުންނާއި ބައްދަލުކުރަނީ

އެމްޑީޕީގެ ފަރާތުން ހާލުގައި ޖެހުނު ރައްޔިތުންނާއި ބައްދަލުކުރަނީ

އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ހާލުގައި ޖެހުނު ރައްޔިތުންނަން އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ހިތަދޫއަށް އެރި ނަގޫރޫޅީގެ ސަބަބުން ޖުމަލް 29 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ކުރިމަތިވުމާއި ގުޅިގެން، އެގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބެއްލުވުމަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރިއަށް ގެންދާ އުސޫލުން މަސައްކަތް ކުރިއަށް ގެންދާ ނަމަ، ދާއިމީ ހައްލެއް ލިބުން ލަސްވެދާނެ ކަމަށެވެ. ހިތަދޫ ރައްޔިތުންނަނަން ދާއިމީ ހައްލެއް އަވަހަށް ލިބިގެންދާނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލްގެ ދައުރު ބޮޑުކޮށް މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްގެ އަދި ޗެއާޕާސަންގެ ނައިބު އަލީ ސިޔާމްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ދީދީ ވަނީ ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް ޒިޔާރާތްކޮށް ރައްޔިތުންގެ ހާލު ބައްލަވާފައެވެ.

ހަސަން ވިދާޅުވި ގޮތުގައި ކައުންސިލްގެ ބާރުވެރިކަން ރައީސް ޔާމީންގެ ސަރުކާރުން ހަނިކޮށްފައި ވާތީ، ރައްޔިތުންނަން އެހީތެރިވެދިނުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލަށް ކަންކަން ހައްލުކުރުމަށް ބާރުވެރިކަން ސަރުކާރުން ދީފި ނަމަ މިހާރުން މިހާރަށް ވެސް ހައްލުކުރެވޭނެ ވަރަށް ގަނަ ކަންތަނަށް އެބަހުރި ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލު ބެއްލުމަށް ޑިފެންސް މިނިސްޓަރު އިސްކޮށް ހުންނަވާއިގެން ވަނީ ނަގޫރޯޅީގައި ގެއްލުން ލިބުނު ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އައްޑޫ ގައި ގާއިމްވެފައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ، ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަމާއި އެކު ގެއްލުން ލިބުނު ގެތަށް މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޖުމްލަ 13 ގެއެއްގެ ފުރާޅަ އެއްލާލާފައި ވާއިރު ތިން ގެއްއެއްގެ ފުރާޅުގައި މިހާރު ވަނީ ޓިނު ޖަހައި ނިމިފައެވެ. އެހެންނަމަވެސް ނަގޫރޯޅިއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ބައެއް ގެތަކަށް އަދިވެސް ކަރަންޓް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.

ނަގޫރޯޅިއާ ގުޅިގެން ހާލުގައި ޖެހުނު ރައްޔިތުންނާއި ބައްދަލުކުރުމަށް ފަހު ހަސަން ލަތީފާއި އަލީ ސިޔާމް ވަނީ އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގެން އެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އަލަށް އިންތިހާބް ވެވަޑައިގެންނެވި މެމްބަރުންނާއި ބައްދަލުކޮށްފައެވެ.

އެމްޑީޕީގެ ވަފުދު އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރަނީ، މި ބައްދަުވުމުގައި އަލަށް އިންތިހާބް ވެވަޑައިގެންނެވި ކައުންސިލަރުން ބައިވެރިވި

މިބައްދަލުވުމުގައި ހަސަން ލަތީފް ވަނީ އަލަށް އިންތިހާބް ވެޑައިގެންނެވި ކައުންސިލް މެމްބަރުނާ ގުޅިގެން މަސައްކަތް ކުރުވިދާނެ ގޮތްތާކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ނަގޫރޯޅީގެ ސަބަބުން އައްޑޫ ރައްޔިތުންނަން ލިބުނު ގެއްލުމުގެ ތަފްސީލްތަށް ވެސް ވަނީ ބައްލަވާފައެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް