Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ޕާޓީތަކުގެ ގާނޫނު

ޕާޓީތަކުގެ ދަރަނިތައް ބަޖެޓުން ކަނޑާލައި، ދަރަންޏަށް ޕާޓީގެ ވެރިން ޒިންމާ ކުރުވަން ބިލެއް!

އަންނަ އަހަރު ވެސް ދައުލަތުގެ ބަޖެޓުން 25 މިލިއަން ޕާޓީތަކަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 7 ޑިސެމްބަރު 2018 | ހުކުރު 16:31
މަޖިލީހަށް ބިލު ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު

މަޖިލީހަށް ބިލު ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު

ސިޔާސީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ނުދައްކާ ނަމަ، އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އިން އެ ދަރަނި ކަނޑާލާ، މަދުވާ ފައިސާގެ އެ ޕާޓީއެއްގެ ވެރިން ޒިންމާ ނަގަންޖެހޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަން ޖެހޭ ކަމަށެވެ.

އަންނަ އަހަރު، ސިޔާސީ ޕާޓީތަކަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރެވެ.

އާމިރު ހުށަހެޅުއްވި ބިލްގައި ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަންޏެއް ނުދައްކާނަމަ، އެ ފައިސާ ދައުލަތުގެ ބަޖެޓުން އުނި ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ސިޔާސީ ޕާޓީތަކުން އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް އެއްވެސް މިންވަރަކަށް ފައިސާ މަދުވާ ނަމަ، އެ މަދުވާ އަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ "އެ ދަރަނީގެ މުއާމަލާތު ހިންގި އިރު" ޕާޓީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި މީހުން ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ޕާޓީ އުވާލި ކަމުގައި ވިޔަސް، އެ ދަރަންޏެއް އަދާކުރުމުގެ ޒިންމާ އެ ދަރަނީގެ މުއާމަލާތު ހިންގި އިރު، ޕާޓީ ހިންގަން ތިބި މީހުން އުފުލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

އާމިރު ހުށަހެޅުއްވި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ޕާޓީ ހިންގުމުގަ އާއި ޕާޓީން ހިންގާ އެއް ވެސް ހަރަކާތަކާ ގުޅިގެން މާލީ އަދި ޖިނާއީ އިލްތިޒާމެއް އުފުލަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ އެންމެހައި ޒިންމާ އެއް އުފުލަން ވާނީ އެފަދަ ކަމެއް މެދުވެރިވުމުގެ ސަބަބު އުފަންވި އިރު، ޕާޓީ ހިންގަން ތިބި މީހުން ކަމަށެވެ.

ބިލުގައިވާ ގޮތުން، އެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ބިލް ނުދައްކައިގެން ފީއަލީ ކައުންސިލް އިދާރާގެ ކަރަންޓް ކަނޑާލައިފި

14 މެއި 2017
ބިލް ނުދައްކައިގެން ފީއަލީ ކައުންސިލް އިދާރާގެ ކަރަންޓް ކަނޑާލައިފި
12 މެއި 2017

ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު

12 މެއި 2017
ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު
07 މެއި 2017

ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

07 މެއި 2017
ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި
07 މެއި 2017

ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލައިފި

07 މެއި 2017
 ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލައިފި
04 މެއި 2017

ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ

04 މެއި 2017
ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު