Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފީއަލީ ކަރަންޓްގެ ހިދުމަތް

ބިލް ނުދައްކައިގެން ފީއަލީ ކައުންސިލް އިދާރާގެ ކަރަންޓް ކަނޑާލައިފި

ހަ މަސް ދުވަހުގެ ބިލް ނުދައްކާ އެބަހުރި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 މެއި 2017 | އާދީއްތަ 13:20
ފ.ފީއަލި

ފ.ފީއަލި

ފ. ފީއަލީ ކައުންސިލް އިދާރާގެ ކަރަންޓް ބިލް ނުދެއްކައިގެން ކަރަންޓް ހިދުމަތް ކަނޑާލާއިފި އެވެ.

ފ. ފީއަލީގެ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވީ، ކައުންސިލްގެ ބިލް ނުދެއްކޭތާ ހަ މަސް ދުވަސް ވެދާނެ ކަމަށާއި މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެކި ދުވަސްވަރު މަތިން ބިލްތައް ދައްކާ ހަލާސްކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެހެންނަމަވެސް މިނިސްޓްރީގެ މާބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށް ޖަލީލު ވިދާލުވި އެވެ.

Advertisement - newsAdvertisement

ޖަލީލު ވިދާޅުވީ، އެ ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލާފައިވަނީ، މެންދުރު 12:10 ހާއިރު ކަމަށާއި ކަރަންޓް ހިދުމަތް ދޭނީ ހުރިހާ ބިލްތަކަށް ފައިސާ ދެއްކުމުން، ކަމަށް ފެނަކައިން ބުނެފައިވާ ކަމަށެވެ.

ކަރަންޓް ނެތިގެން ކައުންސިލް ގެ ހިދުމަތް އާދީއްތަ ދުވަހުގެ މެންދުރު 1:30 ހާއިރު މެދުކަނޑާލުމުން، ފެނަކައިން، ކައުންސިލް އިދާރާގެ އެއް ބަޔަކަށް ކަރަންޓް ދިން ކަމަށް ޖަލީލު ވިދާޅުވި އެވެ. އެހެން ނަމަވެސް ކައުންސިލްގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

" މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ބިލް ވެސް އިނީ ނުދައްކާ. މިއަހަރުވެސް އެއްވެސް ބިލެއް ދައްކާފަ އެއް ނުވޭ. އަޅުގަނޑުމެން އެކި ފަހަރު މަތިން ފިނޭންސް މިނިސްޓްރީއަށް ކޮންޓެކްޓް ކުރިން.އެ މިނިސްޓްރީން އެއްބާރުލުމެއް ނުލިބޭ." ޖަލީލު ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވީ، ކައުންސިލުން ކަރަންޓް ބިލްގެ އިތުރުން، ކައުންސިލުން ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތްތަކަށް ވެސް ފައިސާ ދެއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ތިން ލައްކަށް ވުރެ ގިނަ ރުފިޔާގެ ބިލް ނުދެއްކި އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު