Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަކުދިންނާ ބެހުން

ހޯރަ އިއްބެ ދޫކޮށްލުން: މައްސަލައަކަށް ވާންވީ ކީއްވެ؟

އިއްބެގެ މައްޗަށް ކުރީ ސިޔާސީ ދައުވާއެއްކަމަށް އާއިލާއިން ބުނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2018 | ބުދަ 20:04
ހޯރަ އިއްބެ 2012 ވަނަ އަހަރު ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފައިލް ފޮޓޯ

ހޯރަ އިއްބެ 2012 ވަނަ އަހަރު ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފައިލް ފޮޓޯ

ކުޑަކުދިންނަށް އަނިޔާކުރުމަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ މަދުބަޔަކުރާ އަނިޔާވެރި ފިނޑިއަމަލެކެވެ. އެއީ އެކުދިންނަށް ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ނުވަތަ ޖިންސީ ގޮތުން އަނިޔާކުރިނަމަވެސް މެއެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ 11 ވަނަ ޖަލްސާއަށް 23 ޖޫން 2009 ވަނަ އަހަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ހުށަހެޅުއްވި ޕެޓިޝަނަކީ މިކަމުގެ ހެއްކެއްކަމުގައި ފުދެއެވެ. އަޙްމަދު މަޙްލޫފު ޕެޓިޝަން ހުށަހެޅުއްވީ 11 ޖޫން 2009 ވަނަ ދުވަހު 8 މަހުގެ ތުއްތު ކުއްޖަކަށް ތޫނު އެއްޗަކުން ނުވަތަ ނިޔަފަތިން ކަރަށް ހަމަލާދީ އަދި އިތުރަށް އަނިޔާކޮށް ސިކުނޑިއާއި ލޮލަށް ލޭއަރުވާލައި، އެ މައުސޫމް ކުއްޖާއަށް ޖިންސީ ގޯނާކޮށް އެ ތުއްތު ކުއްޖާ އެއްވެސް ރަހުމެއް ނެތް ގޮތުގައި މަރާލާފާވާތީ އެނުބައި ނުލަފާ އިންސާނިއްޔަތާއި ޚިލާފް އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ޙާލު އެއަމަލު ހިންގި މީހުންނަށް ޤާނޫނުގައި ދެވެންއޮތް އެންމެ ހަރުކަށި އަދަބު ވީއެންމެ އަވަހަކަށް ދިނުމަށް ގޮވާލާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ބައްލަވާ ދެއްވުންއެދިއެވެ.

އޭގެފަހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމާއިބެހޭ ޤާނޫނުގެ ދެވަނަ ބަހުސްގެ މަރުހަލާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ހުށަހެޅުއްވި ދެއްކެވި ވާހަކަ ފުޅުގައި އެމެރިކާގައި 7 އަހަރުގެ އަންހެންކުއްޖެއް ރޭޕްކުރުމަށްފަހު މަރާލުމުން އެކުއްޖާ މަރާލި މީހާއަށް އަދަބުކަނޑައެޅި އޭނާގެ ނަން ޢާއްމުކޮށް މުޖްތަމަޢުގެ މީހުންނަށް އެނގޭނެ ގޮތަށް ބާރުއެޅުމުގެ ސަބަބުން އުފެދިގެން އައި މޭގަންސް ލޯއާއި ހަމަ މިފަދައިން އިގިރޭސި ވިލާތުގައިވެސް ސޭރާ ޕޭން ނަމަކަށް ކިޔާ 8 އަހަރުގެ އަންހެންކުއްޖެއް ހަމަ އެގޮތަށް ރޭޕްކޮށް މަރާލުމާއި ގުޅިގެން އެކަންކުރި ކުށްވެރިންގެ މަޢުލޫމާތު ޢާއްމުކުރުމަށް މަޖުބޫރުކުރުވާ ޤާނޫނެއްގެ ގޮތުގައި އައި ސާރާސް ލޯއާއި ބެހޭ ގޮތުން މަޖިލީހަށް މަޢުލޫމާތު ދެއްވިއެވެ. މަޖިލީހުގެ އިޒުނަ ދެއްވައިފި ނަމަ މިޤާނޫނަށް މަރުޙޫމް މުޙަންމަދު ނާފިޢުގެ ނަމުން ނަން ދިނުމަށް ހުށަހެޅުއްވިއެވެ. ކުޑަކުދިންގެ ކަރާމަތާއި ރައްކާތެރިކަމުގެ ހައްޤުގައެވެ.

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނަށް ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމާއި ބެހޭ ޤާނޫނު ކުޑަކުދިންނަށްޓަކައި ވުޖޫދުގައި އޮންނަންވާނެއެވެ. ހިމާޔަތާއި ރައްކާތެރިކަންވެސް އެކުދިންނަށް ދޭންވެސްޖެހޭނެއެވެ. އެކުދިންގެ ހުރުމަތް ކަނޑައިގެންނުވާނެއެވެ. ހަމައެފަދައިން އެޤާނޫނުގެ ބޭނުން ނުޙައްޤު ގޮތުގައި ހިފިގެން ނުވަތަ ހިފައިގެން ވެސް ނުވާނެއެވެ.

ޢާއިލާ އާއި ބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާ ގެ (ށ) ބުނާ ގޮތުން ވަކި ޙާއްސަ ޙާލަތްތަކެއްގައި މައިން ބަފައިންގެ ރުހުމާއި އެކު 18 އަހަރު ނުވާ ކުއްޖާގެ ކައިވެނި ކުރެވިދާނެއެވެ. ބައެއް ޙާލަތްތަކުގައި 18 އަހަރު ނުވި ނަމަވެސް ކުއްޖާގެ ހެދި ބޮޑުވުމުގައި ދިމާވާ ސިއްޚީ ސަބަބުތަކެއް ހުރުމުން ކައިވެނިކުރަން ސިއްޙީ ފަރާތްތަކުން ލަފާ ދެއްވާފައިވެސް ހުރެއެވެ. އާއިލާ އާއި ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އެ އަންހެން ކުއްޖާއާއި ކައިވެނި ކުރީ އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށެވެ. އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ. އަދި ވެސް ތިބީ އެ ކައިވެނި މަތީގައެވެ.

ކުޑަ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލާފައިވާ، އެމްޑީޕީގެ އެކްޓިވިސްޓް ހޯރަ އިއްބެގެ ހުކުމް ލުއިކޮށްދީ މިނިވަން ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ހޯރަ އިއްބެ 2012 ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ކޮޓަރިއެއްގައި ތިއްބަ އެވެ. އެ އަންހެން ކުއްޖައާ ހޯރަ އިއްބެ ފަހުން ކައިވެނިކޮށް އެ ކައިވެންޏަށް ވަނީ ދެ ދަރިން ވެސް ލިބިފަ އެވެ.

ހޯރަ އިއްބެ ދޫކުރާތީ ކަންބޮޑުވާ ބަޔަކު މި ދިވެހި މުޖްތަމަޢުގައި ވެސް އެބައުޅެއެވެ. ފަހަރެއްގައި އެބަޔަކީ އިއްބެގެ ސަބަބުން މުޖްތަމަޢަށް އަތުވެދާނެ ގެއްލުމަކާއިމެދު ފިކުރުބޮޑުވާ ބަޔަކަށްވެސް ވެދާނެއެވެ. ނުވަތަ އެއީ އިއްބެގެ ސިޔާސީ ހަތުރުންކަމަށްވެސް ވެދާނެއެވެ. އިއްބެއަކީ ކުޑަކުދިންނާ ބެހޭ މީހެކޭ! ގޮވަމުންއެބަދެއެވެ. ކަންހިނގީ ކިހިނެއްކަންވެސް ބެލުމެއްނެތިއެވެ. ޤާނޫނެއްގެ ބޭނުން ތަރުތީބުވެފައިވާ ސިސްޓަމެއްގެ ނުފުރަޖު ފުށުން ހިފައިގެން މީހެއްގެ އަނބުރާއި އޭނާގެ އަނބިދަރިންނާއި އާއިލާ ގެ އިއްޒަތާއި ކަރާމާތް ހިމެނޭގޮތުން ވެއްޔާ މޮޑެލެވުނުކަން ނުއެނގިތިބެ މީހެއްގެ އިއްޒަތުއް ނަފްސް ވެއްޔާ މޮޑެލުމަކީ އެންމެ ރަގަޅު ގޮތްބާއެވެ؟

ވަރަށް ބޮޑު ތެދެކެވެ. އިއްބެގެ މައްޗަށް ހުކުމެއް ކުރެވުނެވެ. ހަމަ މިފަދަ ހުކުމެއް، ތަފާތު ޤާނޫނެއްގެ ދަށުން ރައީސް ނަޝީދުގެ މައްޗަށްކުރެވުނެވެ. ބަޔަކު ދެކޭ ގޮތުގައި ނަޝީދާއި ޝެއިޚް އިމްރާން އަބްދުﷲ އަކީ ވެސް "ޓެރަޓިސްޓުން" ނެވެ. ކާނަލް ނާޒިމަކީ ވެސް "ޓެރަރިސްޓެ"ނެވެ. މިހުކުމްތައް ކުރެވެމުންދިޔައިރުވެސް އަދި ފަހުންވެސް އެނގުނުގޮތުގައި އެބޭފުޅުންނަކީ ޓެރަރިސްޓުންނެއް ނޫނެވެ. ތެދު ހަޤީޤަތަކީ ކޮބައިތޯ ބެލުމެއް ނެތި ހުކުމަށް ބަލައިގެން މީހަކު އެއީ ކުޑަކުދިންނާއި ދާއިމީކޮށް ބެހޭ މީހެއްކަމަށް ނިންމުމަކީ އެންމެ ރަގަޅު ގޮތްބާއެވެ؟ މިގޮވެނީ ހަމަ ވަގެކޭ ވަގެކޭ ނޫންބާއެވެ؟

ކަށަވަރުވާ އެއްކަމެއް އެބައޮތެވެ. އިއްބެ އަކީ ގަދަކަމުން ކުޑަކުދިންނާއި ޖިންސީ ގޯނާކުރާ މީހެއް ނަމަ މިއަދު އޭނާ އެބެހުނު ކުޑަކުއްޖާގެ ޢާއިލާގެ މީހުން އޭނާ ދެކެ ވަރަށް ރުޅި އަންނާނެއެވެ. ނަފްރަތު ކުރާނެއެވެ. އެކަމަކު ކަން ހިންގަނީ އެމަގުންނެއް ނޫނެވެ. އެބެހުނު ކުޑަކުއްޖާ ކޮންމެމަހަކު އިއްބެއާއި ބައްދަލުކުރަން ޖަލަށް ދެއެވެ. އިއްބެ ސަލާމަތް ކޮށްދެއްވުން އެދި އާދޭސް ދަންނަވާ ޖެންޑަރ މިނިސްޓްރީއަށް އާއިލާއިންލީ އެތަށް ސިޓީއެއް ވީހިސާބެއް ނޭނގެއެވެ؟ އެކުއްޖާގެ މައިން ބަފައިން އިއްބެ ނިކުންނާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. ދެ އާއިލާ ދެމެދުގައި ވަނީ ބަދަހި ގުޅުމެކެވެ. މިއީ ގަދަކަމުން ކުއްޖަކާ ބެހުނު ނަމަ ފެންނާނެ މަންޒަރު ތަކެއް ކަމާއި މެދު ޝައްކެވެ. އިއްބެގެ އަންހެނުން ޒުއްރިއްޔާ އަބުދުއްޝުކޫރު ބުދަ ދުވަހު ނެރުނު ނޫސް ބަޔާން މިކަމުގެ ހެއްކަކަށް ފުދެއެވެ.

ޒުއްރިއްޔާ އަބްދުއްޝުކޫރު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިއްބެއަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި ކަން ވީ ގޮތް އެ ބަޔާނުގައި އޭނާ ވަނީ ކިޔައި ވެސް ދީފަ އެވެ. ޒުއްރިއްޔާގެ ބަޔާނުގައި ބުނީ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އޭނާ އާއި އިއްބެ ހައްޔަރުކުރި އިރު ހިޖުރީ ގޮތުން އޭނާއަށް 18 އަހަރު ފުރިފައިވާ ކަމަށެވެ. ޒުއްރިއްޔާ ބުނާ ގޮތުގައި އެކަން ހިނގި އިރު ހިޖުރީ ގޮތުން އޭނާއަށް 18 އަހަރު ފުރިފައި ވުމުން ހޯރަ އިއްބެއަކީ ކުޑަކުދިންނާ ބެހޭ މީހެއް ނޫން ކަމަށެވެ.

އިސްލާމީ ޝަރީއަތުން އަޅުގަނޑުމެންނަށް ދޭންވީ އަދަބެއް ދޭންވީ ކަމަށް ޒުއްރިއްޔާ ބުނެއެވެ. އެކަމަކު އިއްބެއަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ވެސް ޒުއްރިއްޔާ ބުންޏެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީން، ކޯޓުތަކަށް ނުފޫޒު ފޯރުއްވައިގެން އެންމެ ފުރަތަމަ ހުކުމެއް އައި ސިޔާސީ މީހަކީ ވެސް އިއްބެ ކަމަށް ޒުއްރިއްޔާގެ ބަޔާނުގައިވެއެވެ. އަދި ޒުއްރިއްޔާ މާލެ އައީ 18 އަހަރު ވުމުން އިއްބެއާ ކައިވެނިކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.

ފުރާވަރު އުމުރުގެ ކުދިން އެކުދިން ގަޔާވާފަދަ ސިފަތައް ހުންނަ ކުދިންނާއި "ރައްޓެހިވެގެން" އުޅޭ ކަމީ އެންމެނަށް އެގޭ ބޮޑު ސިއްރެކެވެ. އަދި މިފަދަ މަންޒަރުތައް ލޮލަށް ފެނުނު ނަމަވެސް އެކަމާއި އަޅާނުލުމަކީ ބައެއް މީހުންނަށް އާކަމެއް ނޫނެވެ. މިއީ ކުޑަކުދިންނާ މެދު ކުރާ އިޚްމާލެއް ނޫންބާއެވެ؟

މިކަމުގެ ހެއްކަކަށް މާލޭގައި ހަދާފައިވާ މައިޒާން ތަކާއި ހުޅުމާލޭގައި ވާ ޕާކްތަކާއި، އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެންނަ ޖޯޑު، ޖޯޑުތައް ފުދެއެވެ. މިތަން ފެންނަ އެއްވެސް މީހަކު ތިކުދިން މިތާ އަދިރީގައި ތިކުރަނީ ކީއްތޯ ސުވާލުކުރިބާއެވެ؟ (ފުލުހުން ފިޔަވައެވެ.) މިޖޯޑުތަކުގެ ތެރޭގައި ހިމެނޭ ބައެއް ޖޯޑުތައް ސަތާރަ އަހަރުގެ ކުއްޖެއް ނަވާރަ އަހަރުގެ ކުއްޖަކާއި ރައްޓެހިވެގެން އުޅުމަކީވެސް ހަމަ ޤާނޫނީ ކުށަކަށް ހެދިދާނެއެވެ.

އެކަނި ކޮޓަރިއެއްގައި އިން މަހުޖަނެއް ގާތަށް ސަތާރަ އަހަރުގެ ކުއްޖަކު ވަދެ ބާރަށް ހަޅޭއްލެވުމަށް ފަހު މީހުން އެއްކޮށް އޭނާ ތިމަންނައާއި ބެހުނީއޭ ބުނެ މައްސަލަ ޖައްސައިފިނަމަ، އަދި އެބަހުގައި އެކުއްޖާ އާއި އޭނާގެ ޢާއިލާ ޤާއިމުވެ ހުރެއްޖެނަމަ އެއީ ވެސް ހަމަ އެޤާނޫނުގެ ދަށުން ސާބިތުވާނެ ކަމެކެވެ. ޤާނޫނު އޮތީ އެހެންނެވެ. އެއީ އެ ޤާނޫނުގައި އޮތް ބާނގަޑެއްކަމެއް ، ހޮރެއްކަމެއް ނުވަތަ ލޯވަޅެއްކަމެއް ނޭގެއެވެ. އެނގޭ އެއްޗަށްކީ މިހާރު ޤާނޫނު އޮތް ގޮތުން އެއީ ހަމަ ބޮޑުކުށެއްކަމެވެ.

އިއްބެގެ މައްޗަށް ހުކުމް ކުރެވިގެން ދިޔައިރު އަދި އަދަށްވެސް އިއްބެ ފަހަތުން ފާރަލަމުން ބަޔަކު އުޅުނުކަމާއި އޭނާގެ ފޯނު ކޯލްތައް އަޑުއަހަމުން ދިޔަކަމާއި ދާހާތަނަކަށް ބިސް މަޅި ދުއްވިކަން ފެންނަން އެބަހުއްޓެވެ.

ދެންއޮތީ މައާފު ކުރުމާއި އަދަބު ލުއިކުރުމުގެ ޤާނޫނުގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޚް އިއްބެ މިނިވަންކުރިތީ ދައްކަމުންދާ ސިޔާސީ ގޮތުން ދެއުޅިއެއް ނުވާ ވާހަކައެވެ. މާފުކުރުމާއި އަދަބު ލުއިކުރުމުގެ ޤާނޫނުގެ ދަށުން މައްސަލަތައް ބަލާ ރިވިއުކުރަނީ އެކަމަށް ކަނޑައެޅިފައިވާ ބައެކެވެ. އެކަމާއި މެދު މަޝްވަރާކުރެވެނީ ކޮންމެ މައްސަލައެއް ވަކިވަކިންނެވެ.

2016 ވަނަ އަހަރުވެސް ހަމަ އެގޮތުން ބަލައި ރިވިއުކުރުމަށް ފަހު އަދަބު ލުއިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަފާއަރުވާފައެވެ. އެލަފަޔަށް ބަލާ އިއްބެ މިނިވަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ ބެއްލެވުންތަކަކަށް ބައްލަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަކީ ބުއްދިއަށްވުރެ ކުރިއަށް އަމަލް އިސްކުރާ ބޭފުޅެއްނޫންކަން އަންނަނީ ސާބިތުކޮށްދެއްވަމުންނެވެ. އުސޫލާއި ހަމަ ހިފައްޓަވާކަން އަންނަނީ ފެންނަމުންނެވެ. އިއްބެއަކީ ހަމަ ތިބުނާ ޒާތުގެ ކުށްވެރިއެއް ނަމަ ރައީސުލްޖުމްހޫރިއްޔާ އެފަދައިން ނުނިންމަވާނެކަން ކަށަވަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

\"ސިޔާސީ ވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ޒާތީވުމެވެ!\"

"ސިޔާސީ ވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ޒާތީވުމެވެ!"

24 ޑިސެމްބަރު 2020
ރައްކާތެރިވޭ، މިވަގުތަކީ ހޭލުންތެރި ވާންވީ ވަގުތު!

ރައްކާތެރިވޭ، މިވަގުތަކީ ހޭލުންތެރި ވާންވީ ވަގުތު!

17 އޮކްޓޯބަރު 2020
އޭސީސީއާއި ފުލުހުންނަށް ކުރިން މައްސަލައަކަށް ނުވެއޮތުމަކީ، އެކައުންޓްގައި ހުރި ފައިސާ ހަލާލުވުންތޯ؟

އޭސީސީއާއި ފުލުހުންނަށް ކުރިން މައްސަލައަކަށް ނުވެއޮތުމަކީ، އެކައުންޓްގައި ހުރި ފައިސާ ހަލާލުވުންތޯ؟

23 ސެޕްޓެމްބަރު 2020
ޑޮލަރުގެ އަގު ބޮޑުވާންވީ ކީއްވެ؟ ޑޮލަރުގެ ޑިމާންޑް އުފުލެންޖެހޭ އެއްވެސް ސަބަބެއް ނެތް!

ޑޮލަރުގެ އަގު ބޮޑުވާންވީ ކީއްވެ؟ ޑޮލަރުގެ ޑިމާންޑް އުފުލެންޖެހޭ އެއްވެސް ސަބަބެއް ނެތް!

16 ސެޕްޓެމްބަރު 2020
ހޯރަފުށީ އެއަރޕޯޓް ރަންވޭގައި ތާރު އަޅަން ފަށައިފި، ރައްޔިތުން ފަރިވަޅު ކެއްކުމުގައި!

ހޯރަފުށީ އެއަރޕޯޓް ރަންވޭގައި ތާރު އަޅަން ފަށައިފި، ރައްޔިތުން ފަރިވަޅު ކެއްކުމުގައި!

29 އޯގަސްޓު 2020

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު