Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19 ހޭލުންތެރިކަން އިތުރުކުރަންޖެހޭ

ރައްކާތެރިވޭ، މިވަގުތަކީ ހޭލުންތެރި ވާންވީ ވަގުތު!

މިފަދަ ބަލިމަޑުކަމެއް ފެތުރިގެން އުޅޭއިރު ސާފުތާހިރުކަމަށް ވިސްނާލާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 އޮކްޓޯބަރު 2020 | ހޮނިހިރު 21:27
މިދަނޑިވަޅުގައި އެންމެންގެ ފަރުދީ ޒިންމާ އަދާކުރުން މުހިއްމު

މިދަނޑިވަޅުގައި އެންމެންގެ ފަރުދީ ޒިންމާ އަދާކުރުން މުހިއްމު

އަހަރެމެން އެންމެންނާ ކޮވިޑް–19 ގެ ބިރުވެރިކަން ކުރިމަތިވީ ނުވެސް އެނގި ތިއްބައެވެ. މިފަދަ ކަމަކަށް ތައްޔާރު ވެސް ނުވެ ތިއްބައެވެ. ކޮންމެއަކަސް މިއަދު މިވަނީ މި ވައިރަހާ އެކު އުޅެން ޖެހިފައެވެ. މި އައު އާންމު ހާލަތުގައި އުޅެން ދަސްކުރަން ޖެހިފައެވެ. މި ވަގުތަކީ ކޮންމެ މީހެއް ވެސް އެ މީހެއްގެ ފަރުދީ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރަންވީ ވަގުތެވެ.

އަމިއްލައަށް ހޭލުންތެރިވެ އަނެކާ ހޭލުންތެރި ކުރުވަންވީ ވަގުތެވެ. ތިމާއަށް ބަލި ޖެހިދާނެ ކަމަށް ރައްކާތެރިވާން ދޭ ސަމާލުކަމާއި އެއްވަރަށް، ތިމާގެ ފުށުން އެހެން މީހަކު މި ބަލީގެ ނުރައްކަލަށް ހުށަނޭޅޭނެހެން އަމަލުތައް ބަހައްޓަން އިސްކަން ދޭންވީއެވެ.

އެންމެ ފުރަތަމަ ކަމަކީ ތިމާ އަމިއްލައަށް ހޭލުންތެރި ވުމެވެ. އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. އަހަރެންނަށް މިއަދު މި ދުނިޔޭގައި ހިނގަމުންދާ ކަންކަމާ މެދު ފުދޭ މިންވަރަށް މައުލޫމާތު އިނގޭތޯއެވެ؟ ނުވަތަ އަދިވެސް މައުލޫމާތު ހޯދަން ވީތޯއެވެ؟ މި ދެ ސުވާލުގެ ޖަވާބު ލިބިއްޖެނަމަ ހަމަ ޔަގީނުންވެސް ދެން ކަންތައް ކުރަންވީގޮތް ސާފުވެގެން ދާނެއެވެ. އަދި ކޮންމެ ދުވަހު ކުރާ ކުދިކުދި ކަންކަމަށް ސަމާލުވެ ރައްކާތެރި ވެވިދާނެއެވެ.

ކޮންމެ ދުވަހަކު ގެއިން ނެރޭ ކުނިކޮތަޅު ހުރީ ރަނގަޅަށް ބަންދު ކޮށްފައިތޯ ޔަގީން ކުރާށެވެ. މަގުމަތީގައި މި ކޮތަޅުތައް ބަހައްޓާއިރު މީހުންނަށް ހިނގާބިނގާވެ އުޅެން އުނދަގޫ ނުވާނެހެން އެ ބަހައްޓާށެވެ. އަދި ގޭ ދޮރުމަތީގައި ކުނި ކޮތަޅު ނުބަހައްޓާށެވެ. މިއީ ވެސް ހަމަ ތިމާއާ އެހެން މީހުންގެ ރައްކާތެރިކަމަށް ކުރެވޭނެ ވަރަށް ކުޑަ ނަމަވެސް ވަރަށް މުހިއްމު ކަމެކެވެ.

މިފަދަ ބަލިމަޑުކަމެއް ފެތުރިގެން އުޅޭއިރު ސާފުތާހިރުކަމަށް ވިސްނާލާށެވެ. ގޭގައި ކިތަންމެ ވަރަކަށް އަތް ދޮވެ ސެނަޓައިޒަރ ބޭނުން ކުރި ކަމުގައި ވީނަމަވެސް މަގުމައްޗަށް ކުޅު ޖަހާނަމަ އެއީ އޭގެ ސަބަބުން އެހެން މީހުންނަށް އަދި ތިމާއަށް ވެސް އޭގެ ސަބަބުން ނުރައްކާތަކާ ކުރިމަތި ވެދާނެ ކަމެކެވެ.

ޖަރާސީމުތައް ފެތުރިގަތުމަށް ހުޅުވާލެވޭ ހުރިހާ އަމަލަކުން ދުރުހެލި ވުމަކީ އެންމެންނަށާއި އަމިއްލަ ނަފްސަށް ކޮށްދެވޭ ހިދުމަތެކެވެ. އަދި އެހެން މީހަކު މިފަދައިން ކަންތައް ކުރާތަން ފެނިއްޖެނަމަ އެކަން ހުއްޓުވާށެވެ. ނަސޭހަތްތެރި ވާށެވެ. އެހެން މީހުންނަށް ރަނގަޅު ގޮތް ބުނެދިނުމަކީވެސް ތިބާގެ ފަރުދީ ޒިންމާއެކެވެ.

މީގެ އިތުރުން ވެސް އެއްވެސް ބައްޔެެއްގެެ އަލާމަތް ފެންނަ ކަމުގައި ވާނަމަ ވީހާވެސް އަވަހަކަށް ސިއްހީ މާހިރެއްގެ އިރުޝާދެއް ހޯދަންވާނެއެވެ. ބައްޔެއްވުމުން އެކަން ފޮރުވަންވީ ކީއްވެގެންތޯއެވެ؟ ކޮންމެ އިންސާނަކީ ވެސް ބަލިވާނެ މީހެއްކަން ނޭންގޭ މީހެއް ނޫޅޭނެއެއް ނޫން ހެއްޔެވެ.

މިއީ އާދައިގެ ރޯގާ އެއްކަމަށް ދެކި އެކަން ފޮރުވުމުގެ ބޭނުމެއް ނެތެވެ. މިއީ މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ. މިކަމާ މެދު އަޅާނުލެވި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން ގިނަ ބަޔަކަށް ބަލި ޖެހުމުގެ ވުރުސަތު ބޮޑުވެގެން ދެއެވެ. ބަލި ޖެހުމަކީ ތިބާގެ ކުށެއް ނޫނެވެ.

މިހެން ގޮސް ރަނގަޅު ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ. ފަރުދީ ޒިންމާ އަދާކުރުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ. ތިމާގެ ކަންކަން ރަނގަޅު ކުރުމަށްފަހު އެހެން މީހުންނަށް ހެދޭ ގޯސްތައް ވެސް ރަނގަޅު ކުރުމަށް އެހީތެރި ވުމަކީ މީގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ކިތަންމެ ކުޑަކަމަކުން ވެސް ބޮޑު އަދި ހެޔޮ ބަދަލެއް ގެނެވިދާނެއެވެ. އައު އާންމު ހާލަތާއެކު އުޅެން ޖެހިފައިވާއިރު މިހުރިހާ ކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. އަދި އެހެން މީހުން ހޭލުންތެރި ކުރުވަން އެބަ ޖެހެއެވެ.

ދުވަހުން ދުވަހުން ފެންނަމުން އަންނަ ކޭސްތަކުގެ އަދަދު ކުރިން ހުރި އަދަދުތަކާ އަޅާކިޔާއިރު ބޮޑު ތަނުން ތިރި ކުރެވިފައިވާ އިރު، ފަރުވާ ކުޑަ ކުރެވިއްޖެ ހާލަތެއްގައި އަނެއްކާވެސް ކުރެވުނު ހުރިހާ މަސައްކަތެއް ވެއްޔާ މޮޑެވުނީއެވެ. ބަލި ކޮންޓްރޯލް ކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކަށް އެއްބާރުލުންދީ، އަމާޒު ހިފަންވީ މި ކޮމިއުނިޓީ ޓްރާންމިޝަނުން ސަލާމަތް ވުމަށެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2018

މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

17 އޯގަސްޓު 2018
މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!
24 ޖުލައި 2018

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

24 ޖުލައި 2018
އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު
21 މެއި 2018

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

21 މެއި 2018
އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟
14 މެއި 2018

ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

14 މެއި 2018
ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟
13 މާރިޗު 2018

މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

13 މާރިޗު 2018
މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!
08 ފެބުރުއަރީ 2018

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
28 ޖެނުއަރީ 2018

ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

28 ޖެނުއަރީ 2018
ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.
31 އޯގަސްޓު 2017

ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟

31 އޯގަސްޓު 2017
 ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު