Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހޯރަފުށީ އެއަރޕޯޓު މަޝްރޫއު

ހޯރަފުށީ އެއަރޕޯޓް ރަންވޭގައި ތާރު އަޅަން ފަށައިފި، ރައްޔިތުން ފަރިވަޅު ކެއްކުމުގައި!

އެއަރޕޯޓެއް ތަރައްޤީ ކުރާނެ ކަމުގެ ހުވަފެން ރައްޔިތުން ދެކެމުންދާތާ އެތައް ޒަމާނެއް ވެއްޖެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އޯގަސްޓު 2020 | ހޮނިހިރު 13:33
ހޯރަފުށީ އެއަރޕޯޓް ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމާއެކު، ރައްޔިތުން ވަނީ ކުލަގަދަކޮށް އެކަން ފާހަގަ ކޮށްފައި

ހޯރަފުށީ އެއަރޕޯޓް ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމާއެކު، ރައްޔިތުން ވަނީ ކުލަގަދަކޮށް އެކަން ފާހަގަ ކޮށްފައި

މިއީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެ ގޮނޑިއަށް ވާދަ ކުރެއްވިއިރު، ރައްޔިތުންގެ ގާތުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މެމްބަރު ސަލީމް ވިދާޅުވި ފަދައިން، ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީ ކުރާނެ ކަމުގެ ހުވަފެން ރައްޔިތުން ދެކެމުންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުންވެސް 2018 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުގައި އެއަރޕޯޓެއް އެޅުމަށްޓަކައި، ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލު ކުރިއެވެ. އޭރު ބިން ހިއްކުމަށް "މަހާ ޖައްރާފު" ގެންގޮސް ކުރިހާވެސް ކަމަކީ މާފިނޮޅުގައި ހުރި ރުއްތައް ނެގުން ކަމަށް މިހާރުވެސް އަތޮޅުގެ ރައްޔިތުން ހެކިވެއެވެ. އޭރުވެސް އެންމެ ފަހުން އެ މަސައްކަތް ވީނުވީއެއް ނޭނގި ހުއްޓިގެން ދިޔައީ އެއީ ބައެއްގެ ކެމްޕެއިންނަށް ހަދާލި އުކުޅެއްކަން ރައްޔިތުންނަށް ސާފުކޮށްދެމުންނެވެ.

އޭގެ އިތުރުން، 2018 ވަނަ އަހަރުގެ ޖުލައި މަހު ހޯރަފުއްޓަށް ޒިޔާރަތް ކުރައްވައި އޭރުގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ އެ އަތޮޅުގެ ރައްޔިތުންނަށް އެތައް ހުވަފެންތަކެއް ދައްކަވާފައެވެ. ދެންމެ ދެންމެ އެއަރޕޯޓުގެ މަޝްރޫއު ފެށިގެންދާނެހެން ހީވާ މިންވަރަށް އެމަނިކުފާނު އެދުވަހުވެސް ވަނީ ރައްޔިތުންނަށް އުއްމީދު އާކޮށްދީފައެވެ.

ރައީސް ޔާމީން އެދުވަހު މިހެން ވިދާޅުވި ނަމަވެސް، ތިލަދުންމަތީ ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނު ބޮޑުތަނުން ފެއިލްވެވަޑައިގެންފައިވާކަން ސާބިތު ކޮށްދެނީ އެދުވަހު ވިދާޅުވި މަސައްކަތް ނުވެ، އެ މަސައްކަތް އަމަލީ ގޮތުން ފެއްޓެވީ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން ކަމަށް ވާތީއެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން މިވަނީ މި މަޝްރޫއުގެ މަސައްކަތް އަނެއްކާވެސް ފަށައި، ނިމުމަކާ ގާތް ކޮށްފައެވެ. އުއްމީދު ގެއްލިފައިވާ އެތައް ރައްޔިތުންނަކަށް އުއްމީދު އާކޮށްދީފައެވެ. އެންމެ ފަހުން ހޮނިހިރު ދުވަހު އެމްޓީސީސީން ވަނީ އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތްވެސް 35 ދުވަސް ތެރޭގައި ނިންމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް "ރާއްޖެއެމްވީ" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވިއެވެ.

ހއ އަތޮޅުގައި ތަރައްޤީކުރާ އެއަރޕޯޓު ހޯރަފުށީގައި ތަރައްޤީކޮށް، އެ މަޝްރޫއު ނިމުމަކާ ގާތްވެފައިވާއިރު، އެއަރޕޯޓް ތަރައްޤީ ކުރެވުމުން ކައިރީގައި ހުރި ރިސޯޓުތަކަށް ގޮސް އައުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހަމަ އެހެންމެ، އެއަރޕޯޓް ތަރައްޤީ ވެގެން ދިއުމަކީ އެ އަތޮޅުގެ ރަށްރަށުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ކޮށާލެވޭ މަގެއް ކަމަށް ރަށުން މައުލޫމާތުދިން ފަރާތްތަކުން ބުނެއެވެ.

އޭގެ އިތުރުން، ހޯރަފުށީގެ އެއާޕޯޓާ އެކު އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީ ކުރެވި، މި ސަރަހައްދުގައި ޓޫރިޒަމް ފުޅާވެ ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަމަށް ރައީސް ސޯލިޙްވެސް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ރާއްޖޭގެ ރަށްތަކުގައި ފުޅާވެގެން އަންނައިރު، ހއ އަތޮޅަށްވެސް އެއަރޕޯޓެއް ނުހަނު މުހިއްމު ކަމަށެވެ.

އޭގެ އިތުރުން، އެއަރޕޯޓް ތަރައްޤީ ވުމަކީ، އަތޮޅުގެ އެތެރޭގެ ދަތުރުފަތުރުތަކަށްވެސް ނުހަނު ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވަހީދު ވިދާޅުވިއެވެ. އެގޮތުން އެންމެ ގާތުގައި އޮންނަ ހަނިމާދޫ އެއަރޕޯޓަށް އެންމެ ބާރު ސްޕީޑުގައި ދިޔަ ނަމަވެސް 45 ވަރަކަށް މިނެޓް ހޭދަވާކަން ފާހަގަ ކުރައްވައި އޭނާ ވަނީ އެ ދޭތެރޭގައި އޮންނަ ގައްލަންދޫ ކަނޑު ހުރަސް ކުރަން ޖެހުމުން ދިމާވާ ބޮޑެތި ދަތިތައް ހިއްސާ ކުރައްވާފައެވެ.

ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، އެ އަތޮޅުގެ ރައްޔިތުންގެ އުފާވެރިކަންވެސް އިންތިހާއެވެ. އެގޮތުން ރަށުން މައުލޫމާތުދިން ފަރާތްތަކުން ބުނީ، ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުންވެސް ތާރު އެޅުމުގެ މަޝްރޫއު ފެށުން ފާހަގަ ކުރުމަށް ފަރިވަޅާއި، ކެއުންތަކާއި، ޖާފަތްތައް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނު ކަމަށެވެ. އަދި މުޅި ރަށުތެރެއިންވެސް މިކަމުގައި ފެނިގެން ދިޔައީ އެއްބައިވަންތަކަމާއި، އުފާވެރިކަން ކަމަށް ރައްޔިތުން ސިފަ ކުރެއެވެ. މި އުފަލުގައި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް ބަައިވެރިވިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިއީ އެ އަތޮޅުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ. އަތޮޅުގެ ތަރައްޤީއަށް އެމުނިގެން ދިޔަ މުހިއްމު ބޮޅެކެވެ.

ޤައުމަށް ދިމާވެފައި މި އޮތް ނާޒުކު ހާލަތުގައިވެސް ތަރައްޤީގެ މިފަދަ މަޝްރޫއުތައް ހުއްޓުވުމެއް ނެތި ކުރިއަށް ގެންދިއުމަށް މި ސަރުކާރާއި، އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މެދުކެނޑުމެއް ނެތި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެރަށު ރައްޔިތުންވެސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ \"ރަން ބިސް އަޅާ\" ކުކުޅެއްގެ ގޮތުގައި!

މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!

02 ޑިސެމްބަރު 2019
ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަދިވެސް ނުލިބޭ!

ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަދިވެސް ނުލިބޭ!

17 ޖޫން 2019
ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

22 ސެޕްޓެމްބަރު 2018
ކަރަށް ރާއަޅަން އުޅުމުންވެސް ދިވެހިން އިސްލާމް ދީނުގައި. ޔާމީނެއް ޝަހީމެއް ނެތް

ކަރަށް ރާއަޅަން އުޅުމުންވެސް ދިވެހިން އިސްލާމް ދީނުގައި. ޔާމީނެއް ޝަހީމެއް ނެތް

19 އޯގަސްޓު 2018
ރައީސް ޔާމީންގެ އެކުވެރި، ހުދުމުތާރު، ކޮރަޕްޓް ވެރީންގެ ވެރިކަންތައް ނިމުމަކަށް! ރައީސް ޔާމީންގެ ވެރިކަން ނިމޭނީ ކޮންގޮތަކަށް؟

ރައީސް ޔާމީންގެ އެކުވެރި، ހުދުމުތާރު، ކޮރަޕްޓް ވެރީންގެ ވެރިކަންތައް ނިމުމަކަށް! ރައީސް ޔާމީންގެ ވެރިކަން ނިމޭނީ ކޮންގޮތަކަށް؟

11 މެއި 2018

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު