Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަސް ލައްކަ ރުފިޔާގެ ޖޫރިމަނާ

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަށް ނިންމާލައިފި

5 ޑިސެމްބަރު 2018 | ބުދަ 10:06

ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރުމުގެ ޝަރީއަތުގެ މަޖިލީހެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 5 ޑިސެމްބަރު 2018 | ބުދަ 10:06
ޖޫރިމަނާގެ ފާއިސާ ދެއްކުމުގެ ކުރިން ރާއްޖެޓީވީގެ މުވައްޒިފުން ފޮޓޯއަކަށް ހުއްޓިލައިގެން

ޖޫރިމަނާގެ ފާއިސާ ދެއްކުމުގެ ކުރިން ރާއްޖެޓީވީގެ މުވައްޒިފުން ފޮޓޯއަކަށް ހުއްޓިލައިގެން

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ބްރޯޑްކާސްޓިން ކޮމިޝަނުން ޖޫރިމަނާކުރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަށް ނިންމާލައިފިއެވެ. ބުދަދުވަހު ސިވިލްކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށާއި، ބްރޯޑްކާސްޓިން ކޮމިޝަނަށްވަނީ ދީފައެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވަނީ މި މައްސަލައަކީ އެހެން ފަރާތަކުން ބްރޯޑްކާސްޓިން ކޮމިޝަނަށްހުށަހަޅައިގެން އެ ކޮމިޝަނުން ބަލާފައިވާ މައްސަލައެއް ކަމަށާއި، އަދި އެ މައްސަލަ އެ ކޮމިޝަނުން ބަލާފައިވަނީ ރަނގަޅަށް ކަމަށެވެ. އޭރު އެ ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުފާއަށް ގޮވާލާ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ރާއްޖެޓީވީން އެ ކޮންޓެންޓް ބްރޮޑްކާސްޓް ކުރުމުން ކަމަށެވެ.

Advertisement - newsAdvertisement

ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްދުދެއްވަމުން ޝަރީއަތުގެ މަޖިލީހުގައި ރާއްޖެޓީވީގެ ގާނޫނީވަކީލް ނިޝާން އިބްރާހިމް ވިދާޅުވެފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވަނީ އަބުރުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ ދަށުން ބްރޯޑްކޮމްއަށް ލިބޭ ބާރަކުން ނޫން ކަމަށެވެ. އަދި ތަހްގީގް ކުރުމުގެ ހަމައެއް އެ ކޮމިޝަންގައި ނެތް ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި ނިޝާން ބުނެފައިވަނީ އެކަން ކުރަން އޮންނަ އިޖްރާއަތު ގާނޫނުގައި އޮންނަ ކަމަށާއި، މި ކަމަކީ އަބަރުގެ ގާނޫނު މަނާ ކުރުމުގެ ގާނޫނާއި ގާނޫނު އަސާސީ އާއި ރާއްޖެ ބައިވެރިވުމާއި ބައިނަލް އަގްވާމީ ގާނޫނު ޔޫޑީއެޗްއާރް އާއި އައިސީސީޕީއާރްގެ މަފްހޫމް އާއި ހިލާފް ކަމެއް ކަމަށެވެ.

ރާއްޖެޓީވީން އެދިފައިވާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނިންމުން ބާތިލްކޮށްދިނުމަށް ރާއްޖެޓީވީން ވަނީ ބުދަދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ. ޝަރިއަތުންވަނީ އަބުރުގެ ގާނޫނު މިހާރު އުވާލާފައިވާތީ މައްސަލަތަށް އަލުން މުރާޖައާކުރުމުގެ ގޮތުން އެކަމާއި ބްރޮޑްއިން ބުނަނީ ކީކޭތޯ އެ ކޮމިޝަނާއި ޝަރީއަތުގެ މަޖިލީހުގައި ސުވާލުކޮށްފައެވެ. އަބުރުގެ ގާނޫނު އުވާލާފައިވިޔަސް އެ ފުރުސަތުގެ ބޭނުން ހިފުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ. ބުދަދުވަހުގެ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ މީހުން ނިންމާފައިވާ ނިންމުން ޝަރީއަތުގެ މަޖިލީހުގައި ދިފާއުކޮށްފައެވެ. ބުދަދުވަހު އޮތް ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވެފައިވަނީ ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރުން ކަމަށެވެ.

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުން ރާއްޖެޓީވީންވަނީ ބްރޯޑްކާސްޓިންގް ކޮމިޝަނަށް އެ ފާއިސާ ދައްކާފައެވެ. ޖޫރިމަނާ ފާއިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކާފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ފަސްވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން ރާއްޖެ ޓީވީން 2017 ވަނަ އަހަރުގެ އޮކްޓޯބަރ 8 ވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ފިޔަވަޅަކީ ރާއްޖެ ޓީވީ އަށް އަނިޔާވެރިވުމަށް ގާނޫނީ އިމުގެ ބޭރުން ޒާތީވެ ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއަށް އިތުރުވި ބޮޅެއްކަމަށް ދެކޭ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަން އިންސާފުގެ ހަމައިން ނެއްޓިފައިވާ ކަމާއި، މައްސަލަތައް ބެލުމުގެ ގާބިލްކަމެއް ކޮމިޝަންގައި ނެތްކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ހާމަވާ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

5 ލައްކަ ރުފިޔާގެ ޖޫރިމަނާގެ އިތުރުން އޭގެ ކުރިން 1 މިލިއަން ރުފިޔާ އާއި 2 ލައްކަ ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކުރި މައްސަލަ ވެސް ރާއްޖެ ޓީވީއިން ވަނީ މީގެ ކުރިން ކޯޓަށް ހުށަހަޅާފައެވެ.

ރާއްޖެޓީވީ ޖޫރިމަނާކުރި ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަލީމް ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް ނިންމީ ރާއްޖެޓީވީ ޖޫރިމަނާ ކުރި ކޮންމެ ފަހަރަކު މިފައިސާ ދެއްކުމަށް ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑަށް ލިބިފައި ވާތީ، އަނެއްކާ ވެސް އެހީތެރިކަމެއް ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފައިސާ ހަދިޔާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވޭތީ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް