Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލިއްޔަތު ކޮމެޓީ

ގްރާންޓް ތޯންޓަންއަށް 10 މިލިޔަން ޑޮލަރު ދެއްކި ކަމަށް އޭސީސީގެ ރައީސް އެއްބަސްވެވަޑައިގެންފި

3 ޑިސެމްބަރު 2018 | ހޯމަ 12:52

ފާއިސާ ގްރޭންޑް ތޯޓަން އަށް ދެއްކީ އެ މީހުންނާއި އެކުވެވިފައިވާ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފާޢިސާއަށްވާތީ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 3 ޑިސެމްބަރު 2018 | ހޯމަ 12:52
ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ތަހުގީގުކުރުން ހުއްޓުވަން މަޝްހޫރު އޮޑިޓް ފަރމް ގްރާންޓް ތޯންޓަން އަށް 10 މިލިއަން ޑޮލަރު ދެއްކި ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އެއްބަސްވެވަޑައިގެންފިއެވެ.

ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ލުތުފީ ވިދާޅުވީ ގްރާންޓް ތޯންޓަން އަށް 10 މިލިޔަން ޑޮލަރު ދެއްކީ ގްރާންޓް ތޯންޓަން އާއި އެކީގައި ވެފައި އޮތް އެއްބަސްވުމެއްގެ ދަށުން އެ މީހުންނަށް ދޭންޖެހޭ ފައިސާއަށް ވާތީ ކަމަށެވެ. ލުތުފީ ވިދާޅުވީ ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުން 800 މިލިޔަން ޑޮލަރު ވަގު ވިޔަފާރީގެ އެއްވެސް ފާއިސާއެއް ހޯދިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން މިހާތަނަށް އެބޭފުޅުން ކުރައްވާފައި އޮތް މަސައްކަތް ބެލި ބެލުމުގައި އެ ބޭފުޅުންނަކަށް އެހާތަނަށް އެއްވެސް އެއްޗެއް ރިކަވަރކުރެވިފައި ނެތް. މި 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި އާއި ގުޅުން ހުރި މައްސަލަތަކުގެ. އަޅުގަނޑުމެން އެ މައްސަލައިގައި ސިންގަޕޯރ ދެ އޮފީހަށްވެސް ދިޔައިން. ގްރާންޓް ތޯންޓަން އިން ގެންގުޅުނު ހުރިހާ ފައިލްތަށް މިހާރުވެސް ވާނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. އެހެންވީމަ އެބޭފުޅުން މަސައްކަތް ކުރެއްވި ގޮތުގެ އެއްވެސް ރިޕޯރޓެއް ނެތް. އެހެންނަމަވެސް އެ ބޭފުޅުންނާއި އެކީގައި އޮތް އެއްބަސްވުމެއް އެއީ. އެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފާއިސާ ދޫކޮށްފައި އެ އޮތީ ވަހީދު ސަރުކާރުން" ލުތުފީ ވިދާޅުވިއެވެ.

ދިހަ މިލިއަން ޑޮލަރު ދެއްކި މައްސަލަ ނިންމި ނަމަވެސް، ރައީސް މައުމޫނުގެ ވެރިކަމުގައި، އެސްޓީއޯގެ ޗެއާމަނަކަށް ޔާމީން ހުންނެވި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އޭސީސީން ދަނީ ބަލަމުންނެވެ. ނަމަވެސް 10 މިލިއަން ޑޮލަރު ދެއްކި މައްސަލައިގެ ނިންމުމުގައި، ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީން ބައިވެރިވެގެން ތެލުގެ ވަގު ވިޔަފާރިއެއް ކޮށްފައިވާކަން ސާބިތުކުރަން އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށް ނިންމުމުން، މިހާރު ބަލަމުންދާ މައްސަލައާއި ފުށޫ އަރާނެ އެވެ.

ގްރާންޓް ތޯންޓަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ތަހްގީގު ހުއްޓާލަން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން 10 މިލިއަން ޑޮލަރު ދެއްކި މައްސަލަ ފައިލް ކުރަން ނިންމީ ރާއްޖެ.އެމްވީއަށް އެނގިފައިވާ ގޮތުގައި ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. ނަމަވެސް އެ ނިންމުން އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ވަހީދުގެ ސަރުކާރުން ގްރާންޓް ތޯންޓަން އަށް ފައިސާ ދެއްކީ، ރައީސް ޔާމީން ބާރު އަޅުއްވައިގެން ކަމަށް ރައީސް ވަހީދުގެ އެޑްވައިޒަރު ޑރ. ހަސަން ސައީދު 2013 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި، ރައީސް ޔާމީން އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި ދުވަސްވަރު އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިއްސާދާރުންނަށް ހަދައި މޯކަމްގެ ނަމުގައި ސިންގަޕޫރުގައި އުފެއްދި ކުންފުނިން ތެޔޮ ވިއްކީ، އޭރު ގިނަ ގައުމުތަކަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އަސްކަރީ ވެރިކަމެއް ހިންގަމުން ދިޔަ ބަރުމާއަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ނެޝަނަލް އިންކުއަރީ ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް 800 މިލިއަން ޑޮލަރުގެ ތެލުގެ މައްސަލަ ބަލަމުންދިޔަ އެވެ. އެ މައްސަލައިގައި އޭރު މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރަކަށް ހުންނެވި ޔާމީން ވިދާޅުވެފައި ވަނީ ތެލުގެ ވަގު ވިޔަފާރިކުރިކަން އެ މަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް