Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިޚާބު 2019

އެމްޑީޕީއިން 87 ދާއިރާއަށް ވާދަކުރަން ނިއްމުމާ މެދު ގުޅިފައިވާ ޕާޓީތަކުން އެއްޗެއް ނުބުނި

2 ޑިސެމްބަރު 2018 | އާދީއްތަ 11:00

ޖުމްހޫރީ ޕާޓީ ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ރައީސް އާއި މަޝްވަރާ ކުރުމަށް ފަހު

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 2 ޑިސެމްބަރު 2018 | އާދީއްތަ 11:00
ގުޅިފައިވާ ހަތަރު ޕާޓީގެ ޅީޑަރުން، ރައީސް ސޯލިހު އަދި ނައިބު ރައީސް ފައިސަލް އާއި އެކު

ގުޅިފައިވާ ހަތަރު ޕާޓީގެ ޅީޑަރުން، ރައީސް ސޯލިހު އަދި ނައިބު ރައީސް ފައިސަލް އާއި އެކު

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން އެމްޑީޕީ އިން ނިންމުމާއި މެދު ގުޅިފައިވާ އިއްތިހާދު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކު އެއްވެސް ބަހެއް ބުނެފައެން ނުވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެން އެކަމާއި ދެކޮޅައްވެސް އަދި އެއްކޮޅަށްވެސް ގުޅިފައިވާ ޕާރޓީތަކުން ރަސްމީ ގޮތެއްގައި އެއްޗެއް ބުނެފައި ނުވާއިރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު ކަމަށާއި ޖޭޕީ އަބަދުވެސް އޮންނާނީ ރައީސް ސޯލިހާއި އެކު ކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ، އެމްޑީޕީގެ އެ ނިންމުމަކީ އެޕާޓީގެ ގައުމީ މަޖިލީހުގެ އެތެރޭގެ ނިންމުމެއް ކަމަށާއި އެހެން ކަމުން އެކަމާއި މެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުޤައްރިރު އަލީ ނަޒީރު ވިދާޅުވީ، އެމްޑީޕީގެ ނިންމުމާއި މެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އެއްބަސް ވެފައިވާ ކަންތައްތަކެއްގެ މައްޗަށް އެކުލެޥޭ އެއްބަސްވުމެއްގައި ޕާޓީތަކުގެ ލީޑަރުންގެ ފަރާތުން މަންދޫބުން ސޮއި ކޮށްފައިވާނެ ކަމަށެވެ. އަދި އެ އެއްބަސްވުމަށް ރައީސް ސޯލިހް އިހްތިރާމް ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޒީރު ވިދާޅުވިއިރު އާދިއްތަ ދުވަހު އެޕާޓީން ވަނީ މަޖިލީސް އިންތިޚާބުގައި 13 ދާއިރާއަކަށް ވާދަ ކުރާނެކަން އިއުލާން ކޮށްފައެވެ.

ކޯލިޝަންގެ ސަރުކާރު ދެމެހެއްޓުމުގައި ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ތިއްބަވާނެކަމަށް އެމްއާރުއެމްގެ ސެކެޓްރީޖެނެރަލް އަބްދުލް އަލީމް ވިދާޅުވެފައިވެއެވެ. އަދި މަޖިލީހުގެ އިންތިޚާބުގައި 17 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އެ މޫވްމަންޓަށް ލިބިފައިވާ ކަމަށާއި އެހެން ކަމުން އެ ދާއިރާތަކަށް ވާދަ ކުރައްވާނެ ކަމަށް އަލީމް ވިދާޅުވިއެވެ. އަދި އިތުރު ދާއިރާތަކަށް ވާދަކުރުމަށް ފުރުސަތު ލިބިއްޖެނަމަ އެ ދާއިރާތަކަށް ވާދަ ކުރައްވާނެ ކަމަށްވެސް އަލީމް ވިދާޅުވިއެވެ.

ކޯލިޝަން ބެހޭ ގޮތާއި ގުޅޭގޮތުން ވެފައިވާ އެއްބސްވުމެއް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާއިރު، އެމްޑީޕީން ސޮއިކޮށްފައިވާ ލިޔުމުގައިވާ ގޮތުން، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާއަކީ 40 އިންސައްތައެވެ. ޖުމްހޫރީ ޕާޓީއަށް ކޯލިޝަންގެ 25 އިންސައްތަ އަދި އަދާލަތު ޕާޓީއަށް 15 އިންސައްތަ ދިނުމަށް މި އެއްބަސްވުމުގައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓް ކަމަށް އެއްބަސްވުމުގައި ވެއެވެ.

އަދި އެ އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި އެމްއާތްއެމްއަށް ލިބޭނީ 17 ދާއިރާއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް