Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ޤަދަރު ދެމެހެއްޓުމަށް ޚުތުބާގައި ގޮވާލައިފި

ޙައްޤުތައް ލިބިދިނުމުގައި ދެޖިންސު ވެސް ހަމަހަމަވާނެ ކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ނޮވެމްބަރު 2018 | ހުކުރު 13:35
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

އަންހެނުންނަކީ ވެސް ފިރިހެނުންނެކޭ އެއްފަދައިން މުޖުތަމައުގެ އެކިއެކި ކަންކަމުގައި ފައިތިލަ ސާބިތުކުރެވޭނެފަދަ ޤާބިލު ބައެއް ކަމަށާއި، އަންހެނުންނަށް އިސްލާމް ދީނުގައި ދީފައިވާ ގަދަރު އެގޮތުގައި ދެމެހެއްޓުމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ

"އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ދައުރު" ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްވި ހުކުރު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އަންހެނުންނަށް އިސްލާމް ދީނުގައި ދެވިފައިވާ މަތިވެރި ޤަދަރަށާއި، މުޖުތަމައު ބިނާކުރުމުގައި އަންހެނުންގެ މުހިއްމު ދައުރަށެވެ.

އިސްލާމްދީނުގައި ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ބަޔާން ކުރަމުން ޚުތުބާގައި ބުނެފައި ވަނީ ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ލިބެންޖެހޭ ޙައްޤުތައް ލިބިދިނުމުގައި ދެޖިންސު ވެސް ހަމަހަމަވާނެ ކަމަށެވެ. އަދި މީގެ އިތުރުން މުޖުތަމައު ބިނާ ކުރުމުގައި ލިބެންޖެހޭ ފުރުސަތުތައް ވެސް ދެ ޖިންސަށް ހަމަހަމައަށް ލިބެންޖެހޭނެ ކަމަށް ޚުތުބާގައި އަލިއަޅުވާލާފައި ވެއެވެ.

އަންހެނުންގެ ޤާބިލުކަމާއި މުޖުތަމައުގައި އަންހެނުންގެ ދައުރު ހަނދާންކޮށްދިނުމަށް ޚުތުބާގައި ވަނީ މުސްލިމް އުއްމަތުގެ ނަމޫނާ ބައެއް އަންހެން ބޭކަނބަލުންގެ ވާހަކަ ބަޔާންކުރައްވާފައެވެ. އެގޮތުން އުއްމު ސަލަމާ ކީރިތި ރަސޫލާއަށް ކަންކަމުގައި ދުރުވިސްނޭ ލަފަ އާއި އިރުޝާދު ދެއްވި ކަމާއި، އުހުދު ހަނގުރާމައިގައި ސަޙާބީ ބޭކަލުންނާއެކު ނުސައިބާ ޖިހާދު ކުރެއްވުމުގައި ދެމިހުންނެވި ކަމާއި، ބޭސްވެރިކަމުގެ ރޮނގުން އިސް ސަފުގައި ޢުއްމު ޢަޠިއްޔާފަދަ ބޭކަނބަލުން އުޅުއްވިކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި މިކަމުން އަންހެނުނަށް އިސްލާމް ދީނުގައި ދެވިފައިވާ މަތިވެރި ޤަދަރު ދޭހަވާކަން ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ ޚުތުބާގައި ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނާއި ދޭތެރޭގައި ކަންތައް ކޮށްފައިވާ ގޮތާއި، އިސްލާމް ދީން އައުމަށްފަހު އަންހެނުންނަށް ދެވިގެން ދިޔަ މަތިވެރި ޤަދަރުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފައެވެ. އަދި އެ ޤަދަރު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ޚުތުބާގައިވަނީ އިލްތިމާސް ކުރައްވާފައެވެ.

މުޖުތަމައުގައި އަންހެނުން އަދާކުރާ މުހިއްމު ދައުރުގެ ވާހަކަ ހުތުބާގައި ބަޔާންކޮށްފައިވާއިރު، މިފަހަކަށް އައިސް އަންހެނުންގެ ކަރާމާތަށް ގެއްލުންދީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

އެސްއެސްސީ އިމްތިހާންގެ އިސްލާމް ޕޭޕަރު ކިޔަދިން މައްސަލަ ފެމަތިކުރި ދެ މުދައްރިސަކަށް ފިޔަވަޅު އަޅައިފި

19 އޮކްޓޯބަރު 2017
އެސްއެސްސީ އިމްތިހާންގެ އިސްލާމް ޕޭޕަރު ކިޔަދިން މައްސަލަ ފެމަތިކުރި ދެ މުދައްރިސަކަށް ފިޔަވަޅު އަޅައިފި
31 ޖުލައި 2017

އަންހެނަކަަށް ސިޔާސީ އަދި ޝަރުއީ ދާއިރާގެ ހުރިހާ މަގާމެއް ވެސް އަދާކުރެވިދާނެ ކަމުގެ ބާރުގަދަ ދަލީލުތައް ދީނުގައި އެބަހުރި: ކުރީގެ ރައީސް މައުމޫން

31 ޖުލައި 2017
އަންހެނަކަަށް ސިޔާސީ އަދި ޝަރުއީ ދާއިރާގެ ހުރިހާ މަގާމެއް ވެސް އަދާކުރެވިދާނެ ކަމުގެ ބާރުގަދަ ދަލީލުތައް ދީނުގައި އެބަހުރި: ކުރީގެ ރައީސް މައުމޫން
21 ޖުލައި 2017

ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު

21 ޖުލައި 2017
ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު
21 ޖޫން 2017

އިސްލާމްދީނުގެ ހަގީގަތް ދެނެގަތުމަށް ސުވާލު ކުރަންޖެހޭ: ރައީސް މައުމޫން

21 ޖޫން 2017
އިސްލާމްދީނުގެ ހަގީގަތް ދެނެގަތުމަށް ސުވާލު ކުރަންޖެހޭ: ރައީސް މައުމޫން
24 މެއި 2017

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު