Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުމޫން ފައުންޑޭޝަން

އިސްލާމްދީނުގެ ހަގީގަތް ދެނެގަތުމަށް ސުވާލު ކުރަންޖެހޭ: ރައީސް މައުމޫން

21 ޖޫން 2017 | ބުދަ 17:42

އިސްލާމްދީނުގެ ހަގީގަތް އެނގޭނީ ސުވާލު ކޮށްގެން، ކުރާ ސުވާލަކުން މީހަކު ކާފަރު ނުވާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 ޖޫން 2017 | ބުދަ 17:42
މައުމޫން އަބްދުލް ގައްޔޫމް

މައުމޫން އަބްދުލް ގައްޔޫމް

އިސްލާމްދީނުގެ ހަގީގަތް ދެނެގަތުމަށް ސުވާލުކުރަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެއެވެ.

މައުމޫން ފައުންޑޭޝަނުން ބޭއްވި ރަމަޟާން މަސް އިހްޔާ ކުރުމުގެ ޕްރޮގްރާމުގައި ވާޙަކަ ދައްކަވަމުންރައީސް މައުމޫން ވިދާޅުވީ އިސްލާމްދީނުގެ ހަގީގަތް އެނގޭނީ ސުވާލު ކޮށްގެން ކަމަށާއި ކުރާ ސުވާލަކުން މީހަކު ކާފަރު ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

މިރޭގެ އިހްޔާ ޕްރޮގްރާމުގައި މައުޟޫއަކީ "ރަމަޟާން މަސް ޚާއްސަ މައްސަރަކަށްވި މާނައަކީ ކޮބާ" އެވެ.

ރަމަޟާންމަހުގެ ނަން ފިޔަވައި އެހެން މައްސަރެއްގެ ނަން ގުރުއާނުގައި އައިސްފައި ނުވާކަމަށް މައުމޫން ވިދާޅުވިއެވެ. އެ ސަބަބުތައް ރައީސް މައުމޫން ވިދާޅުވެދެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރަމަޟާން މަހުގެޚާއްސާ އެތައް ސަބަބެއް އެބަ ހުރި ކަމަށާއި، ކީރިތި ގުރުއާނުގައި އަހަރުގެ މަހެއްގެ ނަމަކަށް އޮތީ ހަމައެކަނި ރަމަޟާން މަހުގެ ނަން ކަމަށާއި ރަމަޟާން މަހަށް ހާއްސަ ނަމާދެއްގެ ގޮތުގައި ތަރާވީސް ނަމާދު ބާވާލައްވާފައިވާ ކަމަށެވެ. އެމަހުގައި ކުރާ ހެޔޮކަންތައްތަކުގެ ސަވާބު އެހެން މައްސަރެއްގައި ނުވާވަރަށް އެކުލެވިގެން ވާކަމަށާއި މީގެ އިތުރުން އެއްހާސް މައްސަރަށްވުރުރެ ހެޔޮކަން ބޮޑު ރެއެއް ކަމުގައިވާ ލައިލަތުލްގަދުރި ވިލޭރޭ އަންނަނީ ވެސް ރަމަޟާން މަހުގައި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. މި މިކަންތައްތަކުން ރަމަޟާން މަހުގެ ހެޔޮކަން އެނގިލައްވާކަމަށްރައީސް މައުމޫން ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ހާއްސަކަން ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ މާތް ރަސޫލާ(ސ) ރަމަޟާން މަހުގެ ފަހު ދިހައިގައި ރޭ އަޅުކަން ކުރެއްވުމަށް އަހަމިއްޔަތުކަމެއް ދެއްވި ކަމަށެވެ. އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ނިދިން ހޭލުއްވަވައި، ރޭއަޅުކަން ކުރައްވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން އެއް ރެއަކީ ލައިލަތުލް ގަދުރިވިލޭރޭ ކަމަށާއި އެއީ ކޮން ރެއެއްކަން ކަނޑައެޅިގެން ގުރުއާނުންވެސް ރަސޫލާ(ސ) ހަދީސުންވެސް އެގިފައިނުވާކަމަށެވެ. އެހެންނަމަވެސް ގިނަ އިލްމުވެރިން އިއްތިފާގު ވެވަޑައިގެންފައިވަނީ ލައިލަތުލް ގަދުރި ވިލޭރޭއަކީ 27 ވިލޭރޭ ކަމަށް މައުމޫން ވިދާޅުވިއެވެ.

ރަމަޟާން މަސް ނިމުނުކަމުގައި ވިއަސް ހެޔޮއަމަލު ކުރުން ހުއްޓިގެން ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މީގެ އިތުރުން ރަމަޟާން މަސް އެންމެހާ މުސްލިމުންނަށް ދަސްކޮށްދެނީ ތަގުވާވެރިކަންކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން ފައުންޑޭޝަން އުފެއްދީ 2010 ވަނަ އަހަރު ގައެވެ. މިއީ އިހްޔާ ކުރުމުގެ ޕްރޮގްރާމް އެ ފައުންޑޭޝަނުން ބާއްވާ 8 ވަނަ އަހަރެވެ. ރައީސް މައުމޫން އިހްޔާ ޕްރޮގްރާމް ފެއްޓެވީ އެ މަނިކުފާނުގެ ވެރިކަމުގައި 1980 ވަނަ އަހަރު އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް