Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

ރިޔާޒު ރަޝީދު ޖޭޕީއަށް ސޮއިކުރައްވައިފި

29 ނޮވެމްބަރު 2018 | ބުރާސްފަތި 19:58

ރިޔާޒު ޖޭޕީއާ ގުޅިވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެރޭ ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2018 | ބުރާސްފަތި 19:58
ރިޔާޒު ރަޝިދު ޖޭޕީއަށް ސޮއިކުރެއްވުން

ރިޔާޒު ރަޝިދު ޖޭޕީއަށް ސޮއިކުރެއްވުން

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ރިޔާޒު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެރޭ އެޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައެވެ. އަދި ޕާޓިއަށް ވަނުމަށް އެދޭ ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްއެވެ.

Advertisement - newsAdvertisement

ރިޔާޒު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައިވާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތ.މަޑިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ ގައުމީ މަސައްކަތުގައި ރިޔާޒް ރަޝީދު ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.

ރިޔާޒުގެ އިތުރުން އެ ޕާޓީއަށް ދާދި ފަހުން ސޮއި ކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިންއާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހިމެނިވަޑައިގަންނަވައެވެ.

މި ދުވަސްވަރު ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ގުޅިފައިވާ ޕާޓީތަކުގެ ބައްދަލުވުމެއް މިއަދު އެމްޑީޕީ އޮފީހުގައި ވަނީ ބާއްވާފައެވެ. އަދި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކޯލިޝަނުން ބައިވެރިވާނެ ގޮތަކާއި މެދު ވަނީ މަޝްވަރާތަކެއް ކުރައްވާފައެވެ.

ރިޔާޒް ރަޝީދު ޖޭޕީއަށް ސޮއެކުރެއްވުމުން އެޕާޓީއަކީ މިވަގުތު މަޖިލީހުގެ 2 ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ރައީސް ޔާމީނަކީ މައިނޯރިޓީ، ބަލިކުރާނަން: އަބްދުﷲ ރިޔާޒު

02 އެޕްރީލު 2017
ރައީސް ޔާމީނަކީ މައިނޯރިޓީ، ބަލިކުރާނަން: އަބްދުﷲ ރިޔާޒު
28 މާރިޗު 2017

ޕޮލިހަށް ހާޒިރުކުރީ ސަރުކާރު މާފިއާ ގޭންގަކާ ހަވާލުކުރަން ބޭނުން ނުވާ ކަމަށް ބުނުމުން:ރިޔާޒު

28 މާރިޗު 2017
 ޕޮލިހަށް ހާޒިރުކުރީ ސަރުކާރު މާފިއާ ގޭންގަކާ ހަވާލުކުރަން ބޭނުން ނުވާ ކަމަށް ބުނުމުން:ރިޔާޒު
27 މާރިޗު 2017

ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި

27 މާރިޗު 2017
ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
10 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު

10 ފެބުރުއަރީ 2017
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް