Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒް ފުލުހަށް ހާޒިރުކުން

ޕޮލިހަށް ހާޒިރުކުރީ ސަރުކާރު މާފިއާ ގޭންގަކާ ހަވާލުކުރަން ބޭނުން ނުވާ ކަމަށް ބުނުމުން:ރިޔާޒު

ދިވެހި ޤައުމު މާފިއާ ގޭންގަކާ ހަވާލުކުރުމަށް އެއްވެސް ފަރާތަކުން ބޭނުން ނުވާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 28 މާރިޗު 2017 | އަންގާރަ 19:18
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިިޔާޒް: އޭނާގެ މައްޗަށް ދެ ތުހުމަތެއް ކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިިޔާޒް: އޭނާގެ މައްޗަށް ދެ ތުހުމަތެއް ކޮށްފައިވޭ

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އޭނާގެ މައްޗަށް ދެ ތުހުމަތެއްކޮށްފައިވާކަމަށް ކުރީ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު، ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު، ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކިނބިދޫ ދައިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ރިޔާޒް ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ތުހުމަތަކީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ސިޔާސީ ވާހަކައަކާ ގުޅިގެން ކަމަށެވެ. އެ ވާހަކައަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ޤައުމު މާފިއާ ގޭންގަކާއި ހަވާލުކުރަން ބޭނުން ނުވާކަމަށް ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރިޔާޒް ވިދާޅުވީ، އެއްވެސް ފަރާތަކުން ދިވެހި ޤައުމު މާފިއާ ގޭންގަކާއި ހަވާލުކުރުމަށް އެއްވެސް ފަރާތަކުން ބޭނުން ނުވާނެ ކަމަށާއި، ފުލުހުންވެސް އެގޮތް ބޭނުން ނުވާނެ ކަމަށެވެ. ހުރިހާ މުއައްސަސާއަކުންވެސް ކުރައްވަންޖެހޭނެ ކަމަކީ، ވެރިކަން ކުރާ ފަރާތުން ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރައްވާތޯ ޔަޤީންކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ވެރިޔަކަށް ހުންނަ ބޭފުޅަކީ އެންމެންނަށް ވުރެ މާ ބާރުގަދަ މީހެއް ކަމުގައި މުއައްސަސާތަކުން ވެސް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. މުއައްސަސާތަކުން ވެރިޔަކަށް ހުންނަވާ ބޭފުޅަކު ވިދާޅުވާ ކޮންމެ ކަމެއް ކުރައްވައިގެން ނުވާނެ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ސިޔާސީ ފޯރަމެއްގައި ދެކި ވާހަކައަކަށް ރައީސް ޔާމީން ހިތްޕުޅާ ހަމަނުވެގެން މިހާރު އެ އުޅެނީ. އަޅުގަނޑު ދެންނެވިން ދިވެހި ފުލުހުން އަޅުގަނޑު ސިޔާސީ ގޮތުން ދައްކަވާފައި ހުރި ވާހަކައެއް، އަޅުގަނޑެއް ނޫން އެއްވެސް މީހަކު ސިޔާސީ ގޮތުން ދައްކަވާފައިހުރި ވާހަކަތައް ބަލާ ސިޔާސީ މީހުން ފުލުހުންގެ މައައްސަސާއަށް ގެނެސް މިކަންކަން ކުރަންޖެހޭނެކަމަށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަމޭ،" އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްގެ މައްޗަށް ކޮށްފައިވާ ދެވަނަ ތުހުމަތަކީ، ސަރުކާރުގެ އިސްވެރިންގެ މައުލޫމާތުތައް ރިޔާޒަށް އެނވަޑައިގެންނެވުމުގެ ތުހުމަތެވެ. އެގޮތުން ރިޔާޒްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ގިނަ މައުލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގެން، ރަސްމީ ހައިސިއްޔަތުން ކުރާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ.

ރިޔާޒް ވިދާޅުވީ، އޭނާއަކީ ފުލުހުންގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، ފުލުހުންގެ މުއައްސަސާގެ އެކި ބޭފުޅުންވެސް އޭނާއަށް މައުލޫމާތު ހިއްސާކުރާ ކަމަށެވެ. ވަޒީރުންގެ ތެރެއިންވެސް ބޭފުޅުން އޭނާއަށް މައުލޫމާތު ހިއްސާކުރައްވަމުންގެންދަވާކަމަށް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައުލޫމާތެއް އެނގުމަކީ ކުށެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އެއީ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރައްވާ މަންދޫބަކަށްވާއިރު، މައުލޫމާތުތައް އަބަދުވެސް އެނގިވަޑައިގަންނަވާނެކަމަށް ރިޔާޒް ވިދާޅުވި އެވެ.

ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނުވެސް އަތުލައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ، އޭނާއަށް މައުލޫމާތުތައް ހިއްސާކުރެއްވި ބޭފުޅުން ފޯނު އަތުލައްވައިގެން ކުރައްވާ މަސައްކަތުން ރައީސް އަބްދުﷲ ޔާމީންނަށް އެނގިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު