Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަސް

ކައުންސިލަރުން ތިމާވެއްޓަށް އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފި

29 ނޮވެމްބަރު 2018 | ބުރާސްފަތި 10:40

މިއީ ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ފުރިހަމަ ކުރުމަށް ހިންގޭ ހަރަކާތެއް

އަމަން ހަލީމް
އަމަން ހަލީމް | 29 ނޮވެމްބަރު 2018 | ބުރާސްފަތި 10:40
ތިމާވެށި މައްތިނި ވޯކްޝޮޕްގެ ތެރެއިން

ތިމާވެށި މައްތިނި ވޯކްޝޮޕްގެ ތެރެއިން

ތިމާވެއްޓަށް ކައުންސިލަރުން އަހުލުވެރި ކުރުވުމުގެ ގޮތުން އެންވާރަމަންޓް މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ބާއްވާ "ތިމާވެށީ މައްތިނި" ވޯކްޝޮޕް ފަށައިފިއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން ރަށް ރަށުގެ ކައުންސިލަރުން އަހުލުވެރި ކުރުން ކަމުގައި އެންވާރަމަންޓް މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.

Advertisement - newsAdvertisement

ވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު، ޑރ. ހުސައިން ރަޝީދް ހަސަން ވިދާޅުވީ މި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަމަށެވެ. ކައުންސިލްތަކަށް ކުނީގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ އެކަން ކުރާނެ ވަސީލަތްތަކެއް ނެތުމުން ކަމަށް ގަބޫލުކުރާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ވިޔަސް ކުނި ނައްތާލަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުނި މެނޭޖް ކުރުމަށް ރިސޯސްތައް ދިނަސް، ތަކެތި ދިނަސް، އެތަކެތި ބޭނުން ނުކޮށް ދަބަރުޖަހާފަ އެބަހުރި. އެތަން ފެނިއްޖެ އަޅުގަނޑަށް. ތިމަންނަ މެންނަށް މިވެނި އެއްޗެއް ނުލިބޭތި ކުނިގޮނޑުގައި އެއްވެސް ހިދިމަތެއް ނުދޭ ތަންތަން ހުރިކަން ހިތާމަޔާއި އެކު އަޅުގަނޑު ފާހަގަކުރަން. ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ރަށްރަކުގެ ކުނި މަނޭޖު ކުރެވޭތޯ މަސައްކަތް ކޮށްދެއްވަން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ރަށްރަށުން ރިސޯޓުތަކަށް ބޭނުންވާ ގަސް ނަގާ މައްސަލައަށް އަލި އަޅުއްވާލާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިސޯޓުތަކަށް ރުއްގަސް ބޭނުންވާކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މި ގަސްތައް ވާން ޖެހޭނީ ޖަންގަލީގައި ހެދިފައި ހުރި ގަހަކަށް ނޫން ކަމަށާއި، އެ ގަސްތައް ވާންޖެހެނީ ރިސޯޓުތަކަށް ވިއްކުމުގެ ބޭނުމުގަ އެކަމަށް ހާއްސަ ކޮށްގެން އިންދައިގެން ހެއްދޭ ގަސްތަކެއް ކަމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ.ހުސައިން ވަނީ މި ވޯކްޝޮޕްގެ ބައިވެރިންނަށް ތިމާވެށީ ރައްކާކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ބާރު އަޅުއްވާފައެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި ކޮންމެ މީހަކުވެސް އެ މީހަކު އުފައްދާ ކުނީގެ ޒިންމާ ނަގަން ޖެހޭ ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާލުވެފައެވެ. މިކަން މިހެން ނުކުރެވިއްޖެ ހާލަތެއްގައި ދިވެހިރާއްޖެ ޖަޒީރާ ވަންތަ ގައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލް ނުކުރެވޭނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޖުމްލަ 60 ކައުންސިލަރުން ބައިވެރިވާ މި ވޯކްޝޮޕްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ޕްރޮގްރާމްތައް ފެށި، ދާއިމީ ގޮތެއްގައި ހިންގުމުގެ ވައުދު ފުރިހަމަ ކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް