Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

އިންޑިއާގެ ބޭސްއެއް ރާއްޖެއަކު ނަހަދާނެ، ހަދަންޖެހޭ ސަބަބެއްވެސް ނެތް: ޑިފެންސް މިނިސްޓަރ

28 ނޮވެމްބަރު 2018 | ބުދަ 23:27

އެއްވެސް ޤައުމަކާއި ރުޅި ހަދައިގެން މަސައްކަތެއް ނުކުރާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 28 ނޮވެމްބަރު 2018 | ބުދަ 23:27
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ

އިންޑިއާ އަސްކަރިއްޔާގެ ބޭސްއެއް ރާއްޖޭގައި ނުހަދާނެކަމަށާއި، އަސްކަރީ ބޭސްއެއް ރާއްޖޭގައި ހަދަންޖެހޭ ސަބަބެއްވެސް ނެތްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބުދަ ދުވަހުގެރޭ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި އަސްކަރީ ބޭސްއެއް ޤާއިމްކުރަން އުޅޭކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ބޭސްއެއް ހަދަންޖެހޭ ސަބަބެއްވެސް ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement
"އަޅުގަނޑު މި ދަންނަވަނީ މިއޮތް ހުރިހާ ދުވަސްވީއިރުވެސް ނެތޭ އިންޑިއާގެ ބޭސްއެއް އަޅުގަނޑުމެންގެ ރާއްޖޭގައި ހަދާފައެއް. އަދި އިންޑިއާގެ ބޭސްއެއް ހަދަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް. އެއީ މި ދަންނަވާހެން އެ މީހުންގެ ޤައުމު އެ އޮތީ މިރާއްޖެ ތެރޭގަހެން ބުނާހާ ކައިރީގައި،" މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

ޗައިނާ އަސްކަރިއްޔާއާއެކު އަސްކަރީ ގުޅުންތައް ބާއްވާނަންތޯ ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ ހާރިޒީ ސިޔާސަތަކީ ހުރިހާ ޤައުމަކާއިވެސް ގުޅިގެން މަސައްކަތްކުރުންކަމަށެވެ. އެގޮތުން އެއްވެސް ޤައުމަކާއި ރުޅި ހަދައިގެން މަސައްކަތް ނުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް އަވަށްޓެރި ލަންކާ އަދި އިންޑިއާއާއެކު އަސްކަރީ ގާތް ގުޅުންތައް ބާއްވަނީ ތިން ޤައުމަކީ ކައިރިކައިރީގައިވާ ތިން ޤައުމަށްވެފައި، ގުޅިގެން ކުރެވޭނެ މަސައްކަތްތައް ގިނަވުމުންކަމަށް މާރިޔާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އެކަން އެގޮތަށް އޮތުމާއެކު ރާއްޖޭގެ އީއީޒެޑަށް ގަވައިދާ ހިލާފަށް އުޅަނދެއް ވަންނަ ކަމަށްވާނަމަ އެކަން ކުރީ ބައިގައި އިންޑިއާއިން ރާއްޖެއަށް އެލަރޓް ކުރާކަމަށެވެ. ނަމަވެސް ޗައިނާއަކީ ޕެސިފިކްގައި އޮންނަ ޤައުމަކަށްވެފައި، ޗައިނާއާއެކު އަސްކަރީ ގުޅުންތަކެއް ބާއްވާނަމަ ޗައިނާގެ އަސްކަރީ ބޭސްއެއް ރާއްޖޭގައި ހަދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ޕެސިފިކްގައި އޮވެގެންނެއް އެ މީހުންނަށް އަޅުގަނޑުމެންނަށް އަސްކަރީ އެހީތެރިކަމެއް ވެވޭކަށް ނޯންނާނެ. އެކަމަކު އިންޑިއާ، އިންޑިއާ ޤައުމެއްހެން، އިންޑިއާ މީހުން އިންޑިއާގައި ތިބެ އަޅުގަނޑުމެން އެހީތެރިކަން ބޭނުން ވަގުތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭގޮތަށް ތިބި ބައެއް އެއީ،" މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް